ކ. މާލެ
|
30 ޖުލައި 2018 | ހޯމަ 10:30
ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް
މުހައްމަދު ޝަރުހާން
ރިޔާޒް ހައްޔަރުކުރުން
ރިޔާޒް ޖަލުގައި 150 ދުވަސް، ހިތްވަރާއި އަޒުމަށް ބަދަލެއް ނާދޭ: ގާނޫނީ ވަކީލުން
ރިޔާޒްގެ ޝަރީއަތް ކުރިއަށްގެންގޮސްފައިވަނީ އިންސާފުން ބޭރުން

ޖަލުގައި 150 ދުވަސް ވީ އިރު ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުންނެވީ ހިނުތުންވުމާއެކު ހިތްވަރާއި އަޒުމާއި އެކުގައި ކަމަށް އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒް ޖަލުގައި ބަންދުކޮށްފައި ހުރި ހުރުމާ ގުޅޭ ގޮތުން އޭނާގެ ގާނޫނީ ވަކީލުން ވިދާޅުވީ، ހައިކޯޓުން ރިޔާޒް ޖަލަށް ލުމަށް ހުކުމް ކުރި މުއްދަތުގެ 3 ބައި ކުޅަ ދެ ބައި މިހާރު ތަންފީޒުކޮށްފައިވާ އިރު ސުޕްރީމް ކޯޓުން ރިޔާޒްގެ ފަރާތުން ހުށަހެޅި އެ ހުކުމުގެ އިސްތިއުނާފާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުދާ ކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

އިސްތިއުނާފީ މަރުހަލާތަކުގައި ކުށުން ބަރީއަވުމުގެ ހައްގު ނު ލިބޭ ގޮތަށް، ޖަލު ހުކުމެއް ތަންފީޒުވެ ނިމިގެންދިއުމާއި، ޤާނޫނުއަސާސީން ލިބިދީފައިވާ އިސްތިއުނާފުކުރުމުގެ ހައްގު އެއްގޮތަކަށް ލިބިދީފައި ނުވުމާއި،  އެ ދެކަމުގައި، އޮތީ ކޮން ތަފާތެއްތޯ ގާނޫނީ ވަކީލުން ވަނީ ސުވާލު އުފައްދާފައެވެ.

މިއަހަރުގެ މާޗު މަހުގެ ދެ ވަނަ ދުވަހުގެ ހަވީރު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމުގައި ހުންނަވަނިކޮށް ފުލުހުން ރިޔާޒު ހައްޔަކޮށްފައިވާ އިރު ހައްޔަރުކުރީ ކީއްވެ ކޮން ތުހުމަތެއްގައިކަން ވެސް އެންގުމެއް ނެތި ކަމަށް ގާނޫނީ ވަކީލުން ފާހަގަކުރެއެވެ.

މިދިޔަ އަހަރު ކޯޓަށް ހުށަހެޅިފައިވާ މުޅިން އެހެން ދައުވާއަކާ ގުޅުވައިގެން މަރޗް މަހުގެ 18 ވަނަ ދުވަހު، ރިޔާޒު ކުއްލިއަކަށް ކޯޓަށް ހާޒިރުކޮށް އެމައްސަލައިގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކަނޑައެޅި ކަމަށާއި ނަމަވެސް އެމައްސަލައަކީ އެމައްސަލައިގެ ތަހުގީގާއި، ކޯޓަށް ހުށަހެޅުނު ފަހުން ވެސް ރިޔާޒު ބަންދުގައި ނު ބެހެއްޓުމަށް ކުރިން ނިންމާފައި އޮތް މައްސަލައެއްކަން ގާނޫނީ ވަކީލުން ފާހަގަކުރެއްވިއެވެ.

ރިޔާޒްގެ ޝަރީއަތްތައް އެއްވެސް ހަމައެއް ލަމައެއް ނެތި އިންސާފުން ބޭރުން ހިންގަމުންދާކަން ފާހަގަކުރައްވައި، ގާނޫނީ ވަކީލުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އެޕީލްކުރި އިޖުރާއީ ނުކުތާއާ ގުޅިގެން ބޭއްވުނު އެއްވެސް އަޑުއެހުމެއްގައި އެމައްސަލައިގެ މައުޟޫއީ އެއްވެސް ކަމަކަށް ދައުލަތުން ވެސް ވާހަކަދައްކާފައި ނުވާކަމަށް ހާމަކޮށްފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް