Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާ ބާރަތް ދޫކޮށްލުމުން ސަލްމާން މާޔޫސް އެއް ނުވޭ!

30 ޖުލައި 2018 | ހޯމަ 06:11

އެ ރޯލަށް އެހެން ތަރިއަކު ވަރަށް އަވަހަށް ހަމަޖައްސާނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 30 ޖުލައި 2018 | ހޯމަ 06:11
ސަލްމާން ޚާން

ސަލްމާން ޚާން

ސަލްމާން ޚާން އާއި ޕްރިޔަންކާ ޗޯޕްރާ ލީޑް ރޯލް ކުޅުމަށް ހަމަޖައްސާފައިވާ ފިލްމު "ބާރަތް" ޕްރިޔަންކާ ދޫކޮށްލުމުން އެކަމާ ސަލްމާން މާޔޫސް ނުވާ ކަމަށް އޭނާގެ ބައްޕަ ސާލިމްޚާން ބުނެފިއެވެ.

ޕްރިޔަންކާ މި ފިލްމް ދޫކޮށްލުމުން އެކަމާއި ގުޅިގެން އެކިގޮތްގޮތަށް މީޑިއާގައި ވާހަކަ ދެކެވެމުންދަނިކޮށް ސަލްމާން ޚާންގެ ބައްޕަ ސަލިމްޚާން ބުނެފައިވަނީ ސަލްމާން އެކަމާއި މާޔޫސް ވެ ރުޅިނާންނަ ކަމަށާއި އެ ރޯލަށް އެހެން ތަރިއަކު ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށެވެ.

"ޕްރޮޖެކްޓްތައް ދޫކޮށްލުމާއި ޕްރޮޖެކްތަކާއި ގުޅުން އެއީ އާކަމެއް ނޫން. ހިނގިކަމެއް ހިނގާދިޔައީ އެކަމާ އެއްވެސް މައްސަލައެއްނެތް. ޕްރިޔަންކާ "ބާރަތް" އެއް ނުކުޅޭނެ. އޭނާ ބޭނުންވާ ގޮތަށް ދޫކޮށްލާ. އަހަރުމެންގެ މި އިންޑަސްޓްރީގައި އެފަދަ ކަންކަން ހިނގާ" ސަލީމް ވަނީ ބުނެފައެވެ.

ފިލްމްގެ ޝޫޓިން ފެށެން ތައްޔާރުވެފައި ވަނިކޮށް ފިލްމް ދޫކޮށްލުމުން އެކަމާ "ބާރަތް" ޓީމުން ތިބީ ހިތްހަމަ ނުޖެހިތޯ މީޑިއާއިން ސުވާލު ކުރުމުން ސަލިމް ބުނެފައިވަނީ އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ.

ސަލީމް ބުނެފައިވަނީ އެފަދަ ކަންކަން ދިމާވަނީ ބައެއް ފަހަރަށް ފިލްމް ސޫޓްކުރަން ހަމަޖައްސާ ތާރީޚުންނާއި، ކުޅެން ލިބޭ ރޯލް ނޫނީ ތަރިން ބޭނުންވާ އަގަށް ފިލްމް އުފައްދާ ފަރާތުން އެއްބަސް ނުވުމުން ކަމަށެވެ.

ޕްރިޔަންކާ މި ފިލްމް ދޫކޮށްލީ ކީއްވެގެންކަމުގެ ތަފްސީލް އަދި ނުލިބޭ ކަމަށް ސަލީމް ވަނީ ބުނެފައެވެ. އެހެން ތަރިއަކު އެރޯލަށް ވަރަށްއަވަހަށް ހަމަޖައްސާނެ ކަމަށާއި އެކަމާއި ސަލްމާން ވެސް އަދި އެހެން މީހުން ވެސް ރުޅި ނާންނަ ކަމަށް ސަލީމް ވަނީ ބުނެފައެވެ.

ޕްރިޔަންކާ އެ ފިލްމްގައި އަދާކުރަން ހަމަޖެހިފައިވާ ރޯލް ކޮންމެ ތަރިއަކަށް ވެސް އަދާކުރެވޭނެ ކަމަށާއި ބައިވަރު ތަރިން އެ ރޯލަށް އެބަތިބި ކަމަށް ސަލީމް ވަނީބުނެފައެވެ.

ރީލް ލައިފް ޕްރޮޑަކްޝަންގެ ސީއީއޯ ނިކިލް ނަމިތް ވަނީ ޕްރިޔަންކާ "ބާރަތް" ގެ ޝޫޓިންތައް ފެށުމަށް އެހާ ކުޑަދުވަސް ކޮޅަކަށް ވެފައިވަނިކޮށް އެ ފިލްމް ދޫކޮށްލުމުން އެނިންމުމާއި ދޭތެރޭ ނުރުހުން ފާޅުކޮށްފައެވެ. ނިކިލް ބުނެފައިވަނީ ޕްރިޔަންކާ އޭނާގެ އެންގޭޖްމަންޓާއި ގުޅިގެން ފިލްމް ދޫކޮށްލިކަން އަންގާފައިވަނީ މީގެ ދެދުވަސް ކުރިން ކަމަށާއި ޕްރިޔަންކާގެ ކުއްލި ނިންމުމަކީ އަންޕްރޮފެޝަނަލް ކަމެއް ކަމަށެވެ.

" ބާރަތް" ގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓުއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. 'ބާރަތު'ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.

" ބާރަތް" ދޫކޮށްލި ނަމަވެސް ސޮނާލީ ބޯސްގެ ފިލްމް "ދަ ސްކައި އިޒް ޕިންކް" ގައި ޕްރިޔަންކާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. ފަރްޚާން އަޚްތަރު އަދި ޒައިރާ ވަސިމް ފެނިގެންދާ މި ފިލްމްގައި ޕްރިޔަންކާ ފެނިގެންދާނީ މަންމަ އެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
15 މާރިޗު 2017

އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން

15 މާރިޗު 2017
އަކްޝޭއާ އެކު ފިލްމްގައި މަސައްކަތް ކުރަން ތައްޔާރު: ސަލްމާން
06 މާރިޗު 2017

ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!

06 މާރިޗު 2017
 ސަލްމާންގެ "ދަބަންގް" ޓުއާ ގެ ޝޯތައް މިފަހަރު އޮސްޓްރޭލިޔާ އަދި ނިއުޒިލެންޑްގައި!
23 ފެބުރުއަރީ 2017

ސަލްމާން ހާންގެ "ޓިޔުބްލައިޓް" ފުރަތަމަ ޓްރައިލާ އެޕްރީލް މަހު

23 ފެބުރުއަރީ 2017
ސަލްމާން ހާންގެ "ޓިޔުބްލައިޓް"  ފުރަތަމަ ޓްރައިލާ އެޕްރީލް މަހު
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
17 ޖެނުއަރީ 2017

ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟

17 ޖެނުއަރީ 2017
ސަންޖޭ ދަތުގެ މައްޗަށް އުފައްދާ ބަޔޮޕިކާއި ސަލްމާން ޚާންގެ ފިލްމު "ޓައިގަރ ޒިންދާ ހޭ" އާ އެއްދުވަހެއްގައި ރިލީޒްކުރަނީބާ؟
09 ޖެނުއަރީ 2017

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް