Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރިޓަޔަރމަންޓް އުމުރު

ރިޓަޔަރމެންޓް އުމުރު މަތިކުރާތީ ރަޝިއާގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި

ފިރެހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 60 އަހަރުގެ ބަދަލުގައި 65 އަހަރު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 29 ޖުލައި 2018 | އާދީއްތަ 03:43
މޮސްކޯއާއި ސެއިންޓް ޕީޓަރސް ބަރގްގެ އިތުރުން އެތައް ސިޓީއެއްގައި މުޒާހަރާ ކޮށްފައިވޭ

މޮސްކޯއާއި ސެއިންޓް ޕީޓަރސް ބަރގްގެ އިތުރުން އެތައް ސިޓީއެއްގައި މުޒާހަރާ ކޮށްފައިވޭ

ރިޓަޔަރމަންޓް އޭޖް މަތިކުރުމަށް ރަޝިއާގެ ސަރުކާރުން ނިންމާފައިވާ ނިންމުމާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ރަޝިއާގެ އެތައް ސިޓީތަކެއްގައި ކުރިޔަށް ގެންދިޔަ އެއްވުންތަކުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެއެވެ.

ވެރިރަށް މޮސްކޯގައި ހޮނިހިރު ދުވަހު ބޭއްވި އެއްވުމުގައި 10،000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

މި ހަރަކާތަކީ ހުއްދަ ހޯދައިގެން ރަޝިއާގެ ކޮމިއުނިސްޓް ޕާޓީން ބޭއްވި އެއްވުންތަކުގެ ތެރެއިން އެއް އެއްވުމެވެ. މޮސްކޯގެ އިތުރުން ރަޝިއާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓަސްބަރގްއާއި އެހެނިހެން ބޮޑެތި ސިޓީތަކުގައި އެއްވުންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.

ސަރުކާރުންވަނީ ފިރެހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 60 އަހަރުގެ ބަދަލުގައި 65 އަހަރު ކަމުގައި ހަމަޖައްސައި އަންހެނުންނަށް ޕެންޝަން ލިބޭ އުމުރަކީ 55 އަހަރުގެ ބަދަލުގައި 63 އަހަރުވުމުން ކަމަށް ކަނޑައެޅުމަށް ހުށަހަޅާފައެވެ.

މި ބަދަލާއިއެކު ދއުލަތުންދޭ ރިޓަޔަރމެންޓް ޕެންޝަން ލިބޭ ގޮތަށް ވެސް ބަދަލު އަންނާނެއެވެ.

މުޒާހަރާކުރި ފަރާތްތަކުންވަނީ " އަހަރެެމެން ބޭނުމީ ޕެންޝަނާއިއެކު ދިރިއުޅެން، މަސައްކަތުގަ މަރުވެދާކަށް ނޫން" ރޭޑިއޯ ފްރީ ޔޫރަޕާއި ރޭޑިއޯ ލިބަރޓީ އިން ރިޕޯޓްކޮށްފައިވެއެވެ.

ކޮމިއުނިސްޓް ޕާޓީގެ ލީޑަރ ގެނަޑީ ޒިޔުގަނޯވް ވިދާޅުވީ ހުށަހަޅާފައިވާ އިސްލާހަކީ "ކޮންމެ ރައްޔިތަކަށް ލިބޭ ދެރައެއް" ކަމަށެވެ. މީގެ އިތުރުން އޭނާވަނީ ރައީސް ވްލާޑިމިއަރ ޕޫޓިންގެ ޔުނައިޓެޑް ރަޝިއާ ޕާޓީން ރައްޔިތުން ނުގަބޫލު ނިންމުމެއް ނިންމަން އުޅޭކަމަށް ތުހުމަތު ކުރައްވާފައެވެ.

"އެއްވުމުގެ އެއްމެ މުހިއްމު ބޭނުމަކީ އެ އިސްލާހަކީ ރަނގަޅު އިސްލާހެއް ނޫންކަން ބުނެދިނުން، އެއަށް ރައްޔިތުންގެ ތާއީދު ނެތްކަން، އެހެނިހެން ގޮތްތައް އިޚްތިޔާރުކުރެވިދާނެކަން ބުނެދިނުމަށް ބާރުއެޅުން"

ޔޫނިއަންތަކާއި އެކްޓިވިސްޓުން ކަންބޮޑުވުން ފާޅުކުރަމުންދިޔައީ ހުށަހަޅާފައިވާ އުމުރަށް، ޕެންޝަނަށް އެދުމަށް ގިނަބަޔަކު ދުނިޔޭގައި ނުތިބޭނެ ކަމަށް ބުނެއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ރަޝިއާގައި އެވްރެޖްކޮށް ފިރެހެނުން ދުނިޔޭގައި ތިބޭ އުމުރަކީ 66 އަހަރު ކަމަށްވާއިރު އަންހެނުން އެވްރެޖްކޮށް ދުނިޔޭގައި ތިބެނީ 77 އަހަރުއެވެ.

އިތުރަށް ކިޔާލަން

23 މެއި 2017

މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ

23 މެއި 2017
މެންޗެސްޓަރ އެރީނާގައި ދިން ހަމަލާގައި 19 މީހުންް މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ
13 މެއި 2017

އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!

13 މެއި 2017
އެންމެފަހުން ވެނުޒުއެލާގެ އުމުރުން ދުވަސްވީ މީހުންވެސް މަގުމައްޗަށް ނުކުމެއްޖެ!
04 މެއި 2017

ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ

04 މެއި 2017
ސައުދީގެ އަމީރު މިޝާލް އުމުރުފުޅުން 93 އަހަރުގައި އަވަހާރަ ވެއްޖެ
01 މެއި 2017

އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ

01 މެއި 2017
އައިއެސް އިން ރަހީނުކޮށްގެން އުޅުނު ޔަޒީދީންގެ އެތައް ބަޔަކު މިނިވަންވެއްޖެ
28 އެޕްރީލު 2017

ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް

28 އެޕްރީލު 2017
ސައުދީ ހިމާޔަތް ކުރުމުގައި އެތައް ބައިވަރު ފައިސާއެއް އެބަ ގެއްލޭ: ރައީސް ޓަރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު