Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިބޫ މަސްލަހަތު ހޯއްދަވާނީ އިދިކޮޅު މީހާއާ ވެސް މަޝްވަރާކޮށްގެން: ކަމާލުއްދީން

28 ޖުލައި 2018 | ހޮނިހިރު 18:33

މޮޅުކަން ދައްކާލެވޭނީ ހަމައިސްކޮޅަށް ދެމިލައިގެން ކަމަށް ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 28 ޖުލައި 2018 | ހޮނިހިރު 18:33
ތުޅާދޫ ޖަލްސާގައި ކަމާލުއްދީން ވާހަކަފުޅު ދައްކަވަނީ

ތުޅާދޫ ޖަލްސާގައި ކަމާލުއްދީން ވާހަކަފުޅު ދައްކަވަނީ

ގައުމަށް މަސްލަހަތު ގެނައުމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) މަސައްކަތްޕުޅު ކުރައްވާނީ އިދިކޮޅު މީހާގެ އަޑު އަހައި މަޝްވަރާކޮށްގެން ކަމަށް, ރައީސް މައުމޫން ވެރިކަމުގައި ވަޒީރުކަން ކުރެއްވި އަބުދުﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުން، ބ. ތުޅާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކަމާލުއްދީން ވިދާޅުވީ ގައުމަށް މަސްލަހަތު ގެނައުމަށް އިބޫ މަސައްކަތްޕުޅު ކުރައްވާނީ މަޑުމައިތިރި ކަމާއި ސުލްހަވެރިކަމާ އެކު ކަމަށެވެ. އެގޮތުން އިދިކޮޅު މީހާގެ އަޑު ވެސް އިބޫ އަޑު އައްސަވާނެ ކަމަށާއި އެކަން ކުރައްވާނީ ބުރަކަށީގައި ފިރުމާލައްވަމުން ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އިބްރާހިމް މުހައްމަދު ސާލިހުގެ މިޒާޖުފުޅާއި ކަންކަން ގެންދަވާ ގޮތުން، އެ މަޑުމައިތިރި ކަމާއި އެ ސުލްހަވެރިކަމާ އެކު، އިދިކޮޅު މީހާއާ ވެސް ކުރިމަތިލައްވާނެ. އަދި އިދިކޮޅު މީހާގެ ވެސް ބުރަކަށީގައި ފިރުމާލައްވާފަ، އޭނާ އެ ބުނާ އެއްޗެއް ވެސް އަޑު އައްސަވާފަ، އޭނާއާ އެކީގައި މަޝްވަރާ ކުރައްވައިގެން، ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް، ހޯއްދަވާނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނެތް،" ކަމާލުއްދީން ވިދާޅުވިއެވެ.

ބ. ތުޅާދޫގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޖަލްސާގެ ތެރެއިން-- ފޮޓޯ/ ރާއްޖެއެމްވީ

ކަމާލުއްދީން ވިދާޅުވީ އިސްލާހީ މަސައްކަތުގެ އެންމެ މުހިއްމު ބަޔަކީ ފަރުދީ ފެންވަރެއްގައި މިނިވަންކަން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކަމަށެވެ. އެގޮތުން ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގުތައް ހޯދަން މަސައްކަތް ކުރަންޖެހޭނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ހަމައިސްކޮޅަށް ދެމިލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި ހަށިފޮޅާލާފަ ނުކުމެ، އަޅުގަނޑުމެންގެ ހުރި މޮޅުކަން، ރައްޔިތު މީހާގެ ހުރި މޮޅުކަން ދައްކާލާފަ، ރައީސް ނަޝީދު ވިދާޅުވާ އިބާރާތެއް އެއީ ހަމަ އިސްކޮޅަށް ދެމިލާފަ، އެ މީހާ ބޭނުންވާ ކަންތައް ކޮށްލެވޭނެ މަގު އަޅުގަނޑުމެންނަށް ފެނިގެން ނޫން ގޮތަކަށް އަޅުގަނޑުމެންގެ ހުރި މޮޅުކަން ރައްޔިތުންގެ ހުރި މޮޅުކަން ރައްޔިތުންނަށް ދައްކާ ދެވޭނެ އެއްވެސް ގޮތެއް ނެތް،" ކަމާލުއްދީން ވިދާޅުވިއެވެ.

ރައީސް މައުމޫންނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަފުޅު ދައްކަވަމުން، ކަމާލުއްދީން ވިދާޅުވީ އިބޫއަކީ ގައުމަށް ހެޔޮ ބަދަލު ގެނެސްދެވޭނެ ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކުރީގެ ނާއިބު ލީޑަރުކަން ކުރެއްވި ކަމާލުއްދީން ވަނީ، އެ ޕާޓީން ވަކިވެވަޑައިގެން، އިސްލާހީ މަސައްކަތުގައި ރައީސް މައުމޫންނަށް ތާއީދު ކުރައްވާ ބޭފުޅުންނާއެކު މަސައްކަތްޕުޅު ކުރައްވަން ފައްޓަވާފައެވެ. ރައީސް މައުމޫންގެ އިސްލާހީ މަސައްކަތަށް ދީފައިވާ ނަމަކީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
06 މާރިޗު 2017

އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން

06 މާރިޗު 2017
އިދިކޮޅު ހުރިހާ ލީޑަރުން ވެސް ބޭނުންވަނީ ރައީސްކަން، އެބޭފުޅުންނަށް އެއްގަލަކަށް ނޭރޭނެ: ރައީސް ޔާމީން
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
22 ފެބުރުއަރީ 2017

ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ

22 ފެބުރުއަރީ 2017
ދަޢުލަތުން ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރަންޖެހޭ: އަދާލަތު ޕާޓީ
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
09 ފެބުރުއަރީ 2017

ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު

09 ފެބުރުއަރީ 2017
ޑިމޮކްރަސީއެއްގައި ވޯޓް ލަނީ ކިހިއްނެތޯ އިދިކޮޅު ފަރާތްތަކަށް ދަސްކޮށްދޭން ބޭނުން :އިބްރާހިމް މަނިކު
04 ފެބުރުއަރީ 2017

ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!

04 ފެބުރުއަރީ 2017
ކާނަލް ޒިޔާދުގެ މަސްލަހަތު އޮންނަ ކުންފުންޏަކުން އެނބޫދޫ ފަޅުގައި 10 ރިސޯޓް ހަދަނީ!
24 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު

24 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރުން މި ވަގުތު މުހިންމެއް ނޫން: ސަރުކާރު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް