Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއުކާލާ ހެދުން

ބޭނުން ނެތިގެން އުކާލާ އަންނައުނަށް ހަދާ ގޮތް އިނގޭތަ؟

29 ޖުލައި 2018 | އާދީއްތަ 06:19

ބޭނުން ނެތިގެން އުކާލާ އަންނައުނުތައް އިންޑިއާ އަށް ފޮނުވަނީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 ޖުލައި 2018 | އާދީއްތަ 06:19
ބޭނުންނެތިގެން އުކާލާފައިވާ އަންނައުނު

ބޭނުންނެތިގެން އުކާލާފައިވާ އަންނައުނު

ހުޅަނގުގެ ޤައުމުތަކުގައި އާންމު ގޮތެއްގައި ބޭނުން ނު ކުރާ އަންނައުނު އެކި ޗެރިޓީތަކަށް ހަދިޔާ ކުރެއެވެ. އަދި އެ ޗެރިޓީތަކުގައި ހަރަކާތްތެރިވާ މީހުން ފަޤީރުންނަށް އެ އަންނައުނުތައް ބަހައެވެ.

އެހެން ނަމަވެސް އެ ޤައުމުތަކުން ބޭނުން ނެތިގެން އުކާލާ އަންނައުނުތައް އިންޑިއާ އަށް ފޮނުވައެވެ. އެންމެ ގިނައިން އެކަހަލަ އަންނައުނުތައް ފޮނުވަނީ އިންޑިއާގެ ސިޓީއެއް ކަމަށްވާ ޕަނީފަތު އަށެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ހާސް ޓަނުގެ ހެދުން އެމެރިކާ އާއި އިނގިރޭސިވިލާތުން އެ ސިޓީއަށް ފޮނުވައެވެ.

އިންޑިއާއަށް އިމްޕޯޓް ކުރާ އަންނައުނުތައް ދެ ކެޓަގަރީއެއްގެ ދަށުން އިމްޕޯޓް ކުރެވިގެންދެއެވެ. އެއީ "މިއުޓިލޭޓަޑް" އާއި "ވެއާރަބަލް" ކެޓަގަރީއެވެ. "ވެއާރަބަލް" ކެޓަގަރީގެ ދަށުން އަންނައުނު އިމްޕޯޓް ކުރާ ފަރާތްތަކުން އިންޑިއާގެ ސަރުކާރުން ލައިސެންސް ބޭނުންވެއެވެ. އަދި އެ ޤައުމުގެ ސަރުކާރުން ލައިސެންސް ދޫކުރަނީ އަންނައުނުތައް ގެންނަ ފަރާތްތަކުން އިންޑިއާގައި އެ އަންނައުނުތައް ނުވިއްކާ ރީއެކްސްޕޯޓް ކުރާނެ ކަމުގެ ޔަޤީންކަން ދިނުމުންނެވެ.

އެހެން ނަމަވެސް "މިއުޓިލޭޓަޑް" ކެޓަގަރީގެ ދަށުން އަންނައުނު އިމްޕޯޓްކުރާ ފަރާތްތަކަށް ލައިސެންސްއެއް ބޭނުމެއް ނުވާނެއެވެ. އެ ކެޓަގަރީގެ ދަށުން އަންނައުނު ގެންނަ ފަރާތަކުން ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ފުރަތަމަ އެ ތަނަށް އަންނައުނުތައް ގެނައުމުން، އެ ކުންފުނީގައި މަސައްކަތް ކުރާ ލޭބަރުން އަންނައުނުތަކުގައި ހުންނަ ގޮށްތަކާއި ޒިބުތަކާއި ލޭބަލްތަކާ އެއްޗެހި ނައްޓާ ހަދާ ކަމަށެވެ. އަދި އެއަށް ފަހު އެ އަންނައުނުތަކުގެ ކުލަތައް ވަކިކޮށް ތަރުތީބު ކުރާ ކަމަށެވެ. .

ކުޑަ މެޝިނަކަށް ލުމަށް ފަހު އެ އަންނައުނުތައް ކުދި ކުރާ ކަމަށާއި އޭގެ ފަހުން ބޮޑު މެޝިނަކަށް އެ އަންނައުނުތައް ލުމަށް ފަހު ވޫލް، ސިލްކް، އަދި ކަފަ މެޝިނަށް ލުމަށް ފަހު ޕްރޮސެސް ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ މެޝިންތަކުގެ ޒަރިއްޔާ އިން ރަޖާތައް އުފައްދައެވެ.

އެ ރަޖާތައް ކުޑަ އަގުގައި ވިއްކަމުންދާއިރު ދިމާވާ އެކި ކާރިޘާތަކުގައި އެ ރަޖާތައް ބޭނުން ކުރުމުންދާ ކަމަށް ވެސް އެ މީހާ ބުންޏެވެ.

ދުނިޔޭގެ ނިސްބަތަށް ބަލާއިރު ބޭނުންކޮށްފައިވާ އަންނައުނުތައް އިމްޕޯޓް ކުރުމުގައި ޕާކިސްތާން އަދި ރަޝިއާއަށް ވުރެ ވެސް ކުރީގައި އުޅޭނީ އިންޑިއާއެވެ.

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

5

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

އިތުރަށް ކިޔާލަން

08 އެޕްރީލު 2018

ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި

08 އެޕްރީލު 2018
ފޭސްބުކް ބޭނުންކުރާ މީހުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކެނެޑާގެ ކުންފުންޏެއް ފޭސްބުކްއިން ސަސްޕެންޑްކޮށްފި
28 ފެބުރުއަރީ 2018

ބީއެމްއެލް ގިފްޓް ކާޑް ކަސްޓަމަރުން ބޭނުން ގޮތަކަށް ޑިޒައިން ކޮށްލުމުގެ ފުރުސަތު!

28 ފެބުރުއަރީ 2018
ބީއެމްއެލް ގިފްޓް ކާޑް ކަސްޓަމަރުން ބޭނުން ގޮތަކަށް ޑިޒައިން ކޮށްލުމުގެ ފުރުސަތު!
21 ޑިސެމްބަރު 2017

އެނބޫދޫ ފަޅުގައި ހަދާ ހާޑްރޮކް ހޮޓެލް އަންނަ އަހަރު ހުޅުވަނީ

21 ޑިސެމްބަރު 2017
އެނބޫދޫ ފަޅުގައި ހަދާ ހާޑްރޮކް ހޮޓެލް އަންނަ އަހަރު ހުޅުވަނީ
30 އޮކްޓޯބަރު 2017

ފޭސްބުކް ބޭނުންކުރާ މީހުން ދައްކާ ވާހަކަ އަޑެއް ނާހަން: ފޭސްބުކް

30 އޮކްޓޯބަރު 2017
 ފޭސްބުކް ބޭނުންކުރާ މީހުން ދައްކާ ވާހަކަ އަޑެއް ނާހަން: ފޭސްބުކް
16 ޖޫން 2017

ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް

16 ޖޫން 2017
ހުކުރު ދުވަހުގެ ބާޒާރު: އެންމެ ތަދީ ސަޓަނިހަދަން ބޭނުންކުރާ ފަތް
07 ޖޫން 2017

އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ

07 ޖޫން 2017
އިސްލާމިކް ބޭންކުގެ ބޭނުން ނުކުރާ އެކައުންޓްތައް އުވާލަނީ
23 މާރިޗު 2017

އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް އެކުލަވާލަނީ

23 މާރިޗު 2017
އެމް.ޓީ.ސީ.ސީ ގެ ފެރީ ނިޒާމުގައި ބޭނުންކުރަމަށް ފެރީ ކުއްޔަށްދޭނެ ފަރާތްތަކުގެ ރެޖިސްޓްރީއެއް  އެކުލަވާލަނީ
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް