Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާންް

ނަވާޒް ޝަރީފު ބަލި ގަބޫލު ކުރައްވައިފި

ޕާކިސްތާނުގެ އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވީ އިމްރާން ޚާން ގެ ޕާޓީ، ޕާކިސްތާން ތަހްރީކީ އިންސާފް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 27 ޖުލައި 2018 | ހުކުރު 18:52
ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް

ޕާކިސްތާނުގައި ބުދަ ދުވަހު ބޭއްވި އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި އިމްރާން ޚާން އާ އެންމެ ގާތުން ވާދަކުރެއްވި، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕާޓީން ބަލި ގަބޫލުކޮށްފިއެވެ.

އިމްރާން ހާންގެ ޕާޓީއާ އެންމެ ވާދަ ކުރި ޕާޓީއަކީ މަގާމުން ދުރުކުރެވިފައިވާ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ކަމަށްވާއިރު، ނަވާޒް ޝަރީފް ވިދާޅުވީ ޕާކިސްތާނުގައި އެކުލަވާލާ އާ ގާނޫނު ހަދާ މަޖިލިސް އެމަނިކުފާނު ގަބޫލުފުޅުކުރައްވާނެ ކަމަށާއި އެހެންނަމަވެސް އިންތިޚާބުގެ ނަތީޖާއާ މެދު ރިޒަވޭޝަންތަކެއް އެބަހުރި ކަމަށެވެ.

ނަވާޒް ޝަރީފްގެ ޕީއެމްއެލް-ޕާޓީގެ އިސް އޮފިޝަލަކު ބަލި ގަބޫލުކުރައްވިކަން ހާމަކުރައްވާ ވިދާޅުވީ އާއްުމު އިންތިޚާބުގެ ނަތީޖާ ގައުމުގެ ޑިމޮކްރަސީ އަށްޓަކާ ގަބޫލު ކުރައްވާ ކަމަށެވެ.

ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި)އަށް މިހާތަނަށް ގުނާ ނިމިފައިވާ ވޯޓުތަކުން، ބޮޑު ކުރިއެރުމެއް ލިބިފައިވާއިރު، އެ ޕާޓީ އިން ވަނީ ކާމިޔާބީ އިއުލާންކޮށްފައެވެ. ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ ބުނަމުން ދަނީ އިންތިޚާބުގައި ވޯޓު އޮޅުވާލި ކަމަށެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާ އަށް ބަލާއިރު، އިމްރާން ޚާން ގެ ޕާޓީ އިން ގާނޫނު ހަދާ މަޖިލީހުގެ 114 ގޮނޑި ހޯދައިފައިވާއިރު، ނަވާޒް ޝަރީފުގެ ޕާޓީ އިން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 65 ގޮނޑި ހޯދާފައެވެ. އަދި ތިން ވަނާގައި އޮތީ އަވާހަރަކޮށްލެވިފައިވާ ޕީޕީޕީ، ނުވަތަ ކުރީގެ ބޮޑު ވަޒީރު ބޭނަޒީރު ބުއްޓޫގެ ޕާޓީއެވެ.

ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި މަޖިލީހުގެ މެޖޯރިޓީ ހޯދާ، އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމާޓަކާ 137 ގޮނޑި ބޭނުންވެއެވެ. ނަމަވެސް އިމްރާން ޚާންގެ ޕާޓީއަށް އަދި ގުނާނިމިފައިވާ ވޯޓުތަކުން ލިބިފައި ވަނީ 114 ގޮނޑިކަމަށްވާއިރު އެ ޕާޓީ ޖެހޭނީ ކޯލިޝަން ސަރުކާރެއް އުފައްދަން ކަމަށް ބެލެވެއެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި

08 ފެބުރުއަރީ 2017
މުސްލިމުން އެތެރެވުން މަނާކުރުމަކީ ތަފަތުކުރުމެއްތޯ ފަނޑިޔާރު ސުވާލުކުރައްވައިފި
07 ފެބުރުއަރީ 2017

ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި

07 ފެބުރުއަރީ 2017
ނައިޖީރިއާ ރައީސް ބުހާރީގެ ބޭސްފަރުވާގެ މުއްދަތު އިިތުރު ކުރައްވައިފި
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
31 ޖެނުއަރީ 2017

ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި

31 ޖެނުއަރީ 2017
ޓްރަމްޕަށް ފާޑުވިދާޅުވި އޭޖީ މަގާމުން ދުރުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު