Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާ 'ބާރަތު' ދޫކޮށްލާ، ނިކްއާ އެންގޭޖް ކޮށްފި

27 ޖުލައި 2018 | ހުކުރު 10:06

ބާރަތު ދޫކޮށްލިކަން ފިލްމްގެ ޑައިރެކްޓަރ ވަނީ ޔަގީން ކޮށްދީފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 27 ޖުލައި 2018 | ހުކުރު 10:06
ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް

ޕްރިޔަންކާ ޗޯޕްޅާ އާއި ނިކް ޖޯނަސް

ފިލްމް "ބާރަތު" ގައި ސަލްމާން ޚާނާ އެކު ލީޑްރޯލު ކުޅުމަށް ހަމަޖައްސާފައިވާ ޕްރިޔަންކާ ޗޯޕްޅާ އެ ފިލްމް ދޫކޮށްލައިފިއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ މިފިލްމް ޕްރިޔަންކާ ދޫކޮށްލިކަން އޭނާ ވަނީ ޔަގީން ކޮށްދީފައެވެ.

އަލީ އައްބާސް ޒަފަރު ކޮށްފައިވާ ޓްވީޓެއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. 'ބާރަތު'ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.

ފާއިތުވެ ދިޔަ މަސްތަކުގައި ޕްރިޔަންކާ އާއި ނިކްގެ ލޯބީގެ ވާހަކަ ވަނީ މުޅި އިންޓަނެޓްގައި ފެތުރިގެން ގޮސްފައެވެ. ޕްރިޔަންކާ އާއި ނިކް ޖޯނަސް އެންގޭޖްކޮށްފައިވާ ކަމަށް އިންޓަނޭޝަނަލް ސައިޓްތައް ކަމަށްވާ "ޕީޕަލް" އަދި "އީ ރިޕޯޓް" ގައި ވެސް ވަނީ ބުނެފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ނިއު ޔޯކްގައި ބޭއްވި މެޓްގާލާ 2017 އިން ދިމާވި މި ދެ މީހުންގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސްފައި ވަނީ މި ހުސްވި ހަފްތާގައި ލަންޑަންގައި ޕްރިޔަންކާގެ 36 އުފަންދުވަސް ފާހަގަކުރި ހަފްލާގައެވެ. މި ހަފްލާގައި ނިކް 25، އާއި އޭނާގެ ބޭބެ ޖޯއީ އާއި އޭނާގެ ގާލްފްރެންޑް އެކްޓްރެސް ސޯފީ ވަނީ ބައިވެރި ވެފައެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ނިކް ވަނީ އިންޑިއާއަށް ގޮސްފައެވެ. އެދަތުރުގައި ޕްރިޔަންކާގެ ކޮއްކޮ ސިދާތު އާއި ކަޒިން ޕްރިނީތީ ޗޯޕްޅާއާ އެކު ޕްރިޔަންކާ އާއި ނިކް ވަނީ ގޯއާގައި ޗުއްޓީ ހޭދަކޮށްފައެވެ. އެދަތުރުގައި ޕްރިޔަންކާ ވަނީ އޭނާގެ މަންމަ މަދޫ ޗޯޕްޅާ އަށް ނިކް ތައާރަފްކޮށްދީފައެވެ. ނަމަވެސް އޭރު މަދޫ ބުނެފައި ވަނީ ނިކްއާ ބެހޭ ގޮތުން އެއްޗެއް ބުނަން މާ އަވަސް ކަމަށެވެ. ނިކްއާއި ދިމާވެފައި ވަނީ ރޭގަނޑުގެ ކެއުމެއްގެ ތެރެއިން ކަމަށާއި އެތަނުގައި އޭނާ ނުދަންނަ ގިނަ މީހުން ތިބުމުގެ ސަބަބުން ނިކްއާ ވާހަކަދައްކަން ފުރުސަތު ނުލިބުނު ކަމަށް މަދޫ ވަނީ ބުނެފައެވެ.

ދާދި ފަހުން ނިކް އާއި ޕްރިޔަންކާ އެއްވަތަރުގެ އަނގޮނޓިއެއް އަޅައިގެން އުޅެނިކޮށް ވަނީ ފެނިފައެވެ.

ޕްރިޔަންކާ މިވަގުތު ހުރީ އިންޑިއާގައި ކަމަށް ޚަބަރުތައް ބުނެއެވެ. އޭނާ ކުޅޭ ސޮނާލީ ބޯސްގެ ފިލްމް "ސްކައި އިޒް ޕިންކް"ގެ ގެ ޝޫޓިން ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމްގައި ޕްރިޔަންކާއާ އެކު ލީޑް ރޯލުން ފެނިގެން ދާނީ ފަރްޚާން އަޚްތަރެވެ.

"ބާރަތު" ގައި ޕްރިޔަންކާ ފެނިގެންދިޔަ ނަމަ މި ފިލްމް ވެގެންދާނީ ސަލްމާން ޚާނާ އެކު އޭނާ ކުޅޭ ހަތަރު ވަނަ ފިލްމަށެވެ. މި ދެތަރިން އެކުގައި އެންމެ ފަހުން ފެނިފައި ވަނީ މީގެ 11 އަހަރު ކުރިން ކުޅުނު ފިލްމް "ގޯޑް ތުސީ ގްރޭޓް ހޯ" އިންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
11 މެއި 2017

ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ

11 މެއި 2017
ބޭވޮޗް ބަލައިފިން، އެ ފިލްމު ވަރަށް މަޖާވާނެ: ޕްރިޔަންކާ
02 މެއި 2017

"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި

02 މެއި 2017
"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
23 މާރިޗު 2017

"ފިފްޓީ ޝޭޑްސް ޑާރކާ" ގެ ބަތަލާ އެންގޭޖް ވެއްޖެ

23 މާރިޗު 2017
"ފިފްޓީ ޝޭޑްސް ޑާރކާ" ގެ ބަތަލާ އެންގޭޖް ވެއްޖެ
21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް