Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ޔާމީން 2018

ރައީސް ސަމާލުކަން ދެއްވީ ހިތާބަކަށް ނޫން، ޗުއިންގަމް ކޮޅަކާއި ސްޕީކަރަކަށް!

ބޫޓުގައި ހަރުލި ޗުއިންކަމްކޮޅު ނައްޓާލެއްވީ އަމިއްލަފުޅަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 27 ޖުލައި 2018 | ހުކުރު 08:56
ބޫޓުގެ ދަށްފުށުގައި ހަރުލާފައި އިން ޗުއިންގަމްކޮޅެއް ނައްޓާލައްވަނީ: ހިތާބު ދެއްވީ ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގެން ހުންނަވައިކަން ފާހަގަކުރެވޭ--

ބޫޓުގެ ދަށްފުށުގައި ހަރުލާފައި އިން ޗުއިންގަމްކޮޅެއް ނައްޓާލައްވަނީ: ހިތާބު ދެއްވީ ވަރަށް ބޮޑަށް ޖެހިލުންވެވަޑައިގެން ހުންނަވައިކަން ފާހަގަކުރެވޭ--

އިއްޔެއަކީ މި ހިނގާ ރިޔާސީ ދައުރުގެ، އެންމެ ފަހު މިނިވަން ދުވަހެވެ. އެ ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ގައުމާ މުހާތަބު ކުރެއްވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ރައީސް ދެއްވި ހިތާބުގައި ގިނަ ބަޔަކު އަޅައިގެން ކަންތައްތަކެއް ހިނގައިދިއެވެ. ފުރަތަމަ ކަމަކީ ޕޯޑިއަމަށް ރައީސް ހުއްޓިވަޑައިގެން ހުންނަވައި، ބޫޓުގެ ދަށްފުށުން އެއްޗެއް ނައްޓަވާލެއްވުމެވެ. ދެ ވަނަ ކަމަކީ ހިތާބު މެދުކަނޑުއްވާލެއްވުމަށްފަހު، ރައީސް ޔާމީން ސިފައިންނަށް އަމުރެއް ކުރެއްވުމެވެ.

ފަރިތަކަމާ އެކު ވާހަކަފުޅު ދައްކަވާ ބޭފުޅަކަށް ރައީސް ޔާމީން ވެވަޑައިގެންނެވި ނަމަވެސް، މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި އެމަނިކުފާނު ހިތާބު ދެއްވީ ޕޯޑިއަމް މަތީގައި ބާއްވާފައިވާ ކަރުދާހަށް ބައްލަވައިގެންނެވެ. އަދި ޖެހިލުންވެވަޑައިގެން ހުންނަވައި، ފަރިތަކަމެއް ނެތި، ވާހަކަފުޅު ދައްކަވަމުން ގެންދެވި ވަގުތު އިރުއިރުކޮޅާ ވާހަކަފުޅު މެދުކަނޑުއްވާލެއްވިއެވެ. އަދި އިލެކްޓްރޯނިކް ޑިވަސްއަކުން އަޑެއް ގޮވުމުން، ރައީސް ޔާމީން އެކަމަށް ސަމާލުކަންދެއްވި ތަން އެ ރަސްމިއްޔާތުން ފެނިގެންދިޔައެވެ.

ހިތާބު ދެއްވަން ޕޯޑިއަމަށް ވަޑައިގަތުމުގެ ކުރިން، އެމަނިކުފާނުގެ ބޫޓުގެ ދަށްފުށުގައި ހަރުލާފައިވާ ޗުއިންގަމްކޮޅެއް ނައްޓާލާ މަންޒަރު ފެންނަ ފޮޓޯއެއް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުން، ކަނާއަތް ފަރާތު ބޫޓުގެ ދަށްފުށުގައި ހަރުލާފައި އިން ޗުއިންގަމް ކޮޅެއް ނައްޓާލެއްވުމަށް ރައީސް މަސައްކަތްޕުޅު ކުރައްވާ ތަން ފެނެއެވެ. އަރިހުގައި ސިފައިންގެ އޮފިސަރަކު ވެސް ހުއްޓިގެން ހުރެއެވެ.

ބޫޓުގައި ހަރުލާފައި އިން ޗުއިމްގަމް ރައީސް ޔާމީން ނައްޓާލައްވަނީ-- ފޮޓޯ/ ރާއްޖެއެމްވީ

ހިތާބު ދެއްވަން ފެއްޓެވުމަށް ފަހު، ހިތާބުގެ ވަކި ހިސާބަކުން، ވާހަކަފުޅު ދެއްކެވުން މެދުކަނޑާލައްވައި، ފަސް އެނބުރި ބެއްލެވިތަން އެ ރަސްމިއްޔާތުގެ ވީޑިއޯތަކުން ފެނެއެވެ. އެ އަށް ފަހު ސްޓޭޖު މަތީގައި އޮތް އެއްޗެއް ނެންގެމަށް ބަޔަކަށް އިޝާރާތް ކުރެއްވިތަން ވެސް ވަގުތުން ފޮނުވަމުންދިޔަ އެ ރަސްމިއްޔާތުގެ ވީޑިއޯތަކުން ފެނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީންގެ ހިތާބުގެ މެދުތެރެއިން އެމަނިކުފާނު، ސިފައިންނަށް އަމުރު ކުރެއްވީ ޕޯޑިއަމް ކައިރީގައި ބަހައްޓާފައިވާ ސްޕީކަރެއް ނެގުމަށެވެ. އެ ސްޕީކަރު އެތަނުގައި ބަހައްޓާފައި ހުރުމުން ވާހަކަފުޅު ދައްކަވަން އުނދަގޫވި ކަމަށް ރައީސް ޔާމީން ވިދާޅުވި އަޑު، އެ ރަސްމިއްޔާތަށް ގޮސް ތިބި ބައެއް މީހުންނަށް އިވިފައިވެއެވެ.

ރައީސް ޔާމީން އެތަނުން ނެގުމަށް އެންގެވި ސްޕީކަރު ޕޯޑިއަމް ކައިރީގައި: އެ ސްޕީކަރުން އަޑެއް ގޮވާތީ، ރައީސް ޔާމީން ހިތާބު މެދުކަނޑުއްވާލެއްވި-- ފޮޓޯ/ ރާއްޖެއެމްވީ

ހިތާބުގެ މެދުތެރެއިން ރައީސް ޔާމީން އެގޮތަށް ސިފައިންނަށް އަމުރު ކުރެއްވުމާ ގުޅިގެން، ސިފައިންގެ ބަޔަކާއި އިތުރު އެހެން ބަޔަކު ސްޓޭޖު ކައިރިއަށް ގޮސް، ހަރަކާތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނިގެންދެދިޔައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ދެއްވި ހިތާބާ ގުޅިގެން ފާޑު ކިޔަމުންދާ ފަރާތްތަކުން ބުނެފައި ވަނީ ރައީސް ޔާމީން އެ ރަސްމިއްޔާތަށް އެކަށީގެންވާ ވަރަށް ތައްޔާރުވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރަސްމިއްޔާތުގެ ކުރިން ހިތާބު ބެއްލެވި ނަމަ އެހާ ކޮށިނުވާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މީގެ އިތުރުން ރައީސް ނަޝީދުގެ އާންމު ބަހުރުވައިގައި ގެންގުޅޭ ބައެއް ބަސްތައް އެ ހިތާބުގައި ބޭނުންކޮށްފައިވުމުން، ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން "ހަމަ އިސްކޮޅަށް ތެދުވެލާ" ވާހަކަ ރައީސް ޔާމީންގެ ހިތާބުގައި ބޭނުންކޮށްފައިވުމުން، އެ ލަފްޒުތަކަކީ ރައީސް ނަޝީދުގެ އާންމު ހިތާބުތަކުގައި ބޭނުންކޮށްފައިވާ އިބާރާތްތަކެކެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެފައި ވަނިކޮށް، މުހިއްމު ބޮޑު ރަސްމިއްޔާތަކުން ރައީސް ޔާމީންނަށް ލިބެންޖެހޭ މަގުބޫލުކަން ނުލިބި، އެ ޝައުގުވެރިކަން ހުއްޓުނީޗުއިންގަމް ކޮޅަކަށެވެ. އަދި ސްޕީކަރަށް ހުއްޓުނު ޝައުގުވެރިކަމާ އެކު، އޭގެ އަޑު ވެސް އެ ވަނީ ރައީސް ޔާމީނަށް ވުރެ ގަދަވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017
ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

ޗެސް އަކީ ސަމާލުކަން ދިނުން އިތުރުވެ، ވިސްނުން ރަނގަޅުކޮށްދޭ ކުޅިވަރެއް: ސާރާ ޚާދިމް

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު