Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބުދު ބެހެއްޓުން

ސިއްރު ފެންފުށީގެ މޫދު އަޑީގެ މިއުޒިއަމްއާ މެދު ބަހުސް އުފެދުނީ ކީއްވެ؟

27 ޖުލައި 2018 | ހުކުރު 10:17

ދިވެހިންގެ ދީނީ ކެތްތެރިކަން ވަރުގަދަ ކުރަންޖެހޭ

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 27 ޖުލައި 2018 | ހުކުރު 10:17
ސިއްރު ފެންފުށީގެ މޫދު އަޑީގައި ހަދާފައިވާ އާޓް މިއުޒިއަމްގައި ބަހައްޓާފައިވާ ސްކަލްޕްޗަރތައް

ސިއްރު ފެންފުށީގެ މޫދު އަޑީގައި ހަދާފައިވާ އާޓް މިއުޒިއަމްގައި ބަހައްޓާފައިވާ ސްކަލްޕްޗަރތައް

ށ. ގާކޮށިބީގައި ހަދާފައިވާ ފެއާމޮންޓް ސިއްރު ފެންފުއްޓަކީ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓެކެވެ. ދުއިސްތަ މީޓަރު ދިގު އިންފިނިޓީ ޕޫލުގެ ހާއްސަ ކަމުގެ އިތުރުން، ހިތްގައިމުކަމުން ފުރިގެންވާ މި ރިސޯޓްގެ ހާއްސަ ކަމުގެ ލިސްޓަށް އަނެއްކާ ވެސް ތަފާތުކަމެއް އިތުރުވެއްޖެއެވެ. އެއީ ރާއްޖޭގައި އަލަށް ހެދި މޫދު އަޑީގެ މިއުޒިއަމްއެވެ. "ކޮރަލޭރިއަމް"ގެ ނަން ދީފައިވާ މިތަނަކީ އިންސާނުންގެ ސޫރަ ގޮތަށް ހަދައިވާ ސްކަލްޕަޗަރތަކެއް ބަހައްޓާފައިވާ ތަނެކެވެ. މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކައިދޭ މި ތަނަކީ ކަނޑުއަޑީގެ އާޓް މިއުޒިއަމެކެވެ. އިނގިރޭސިވިލާތުގެ އާޓިސްޓެއް ކަމަށްވާ ޖޭސަން ޑިކެއާސްގެ ހިޔާލަށް ހަދާފައިވާ މިތަނުގައި 14 ސްކަލްޕްޗަރ އެބަހުއްޓެވެ.

ވަށައިގެންވާ ކަނޑާއި، މުރަކައިގެ ބަގީޗާތަކުން އުފެދިފައިވާ މި ރާއްޖޭގައި ހެދި މި މިއުޒިއަމްގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، އާންމު ދިވެހިން އާދަވެފައިވާ އުސޫލުން ފާޑުކިޔުމާއި ތައުރީފު އޮހެން ފެށިއެވެ.

އެއްބަޔަކަށް މިތަނަކީ ވަރަށް ފުރިހަމަ އާރޓް މިއުޒިއަމެކެވެ. އަނެއް ބަޔަކަށް މިތަން ސިފަކުރެވުނީ، ނުވަތަ ސިފަކުރަން ބޭނުންވީ ބުދު ފައްޅިއެއްގެ ގޮތުގައެވެ. މައްސަލައަކަށް މިވީ ހަގީގަތުގައި ސިއްރު ފެންފުއްޓެއް އަދި އެ ރަށުގެ މޫދު އަޑީގައި ހަދާފައިވާ މިއުޒިއަމެއް ނޫނެވެ. "ބުދޭ" ބުނުމުން ވިސްނޭ ގޮތެވެ. ދިވެހި ބަހުގެ ރަދީފުގައި "ބުދު" މި ބަހުގެ މާނައަކީ ދިރޭ އެއްޗެއްގެ ސިފައިގައި ހަދާފައި ހުންނަ ސޫރައެވެ. އެހެންވެ، މިފަދަ ކޮންމެ އެއްޗަކާ ވެސް ދިވެހިންގެ ގިނަ ބަޔަކު ދެކޮޅެވެ.

އައްޑޫގައި ބެހެއްޓި ޕާކިސްތާނުގެ މޮނިއުމެންޓް ހަލާކުކޮށްލައި، ހުޅުޖަހާފައި

ހަނދާނުގެ ތެރެއިން 2011 ވަނަ އަހަރުގެ ސޮފުހާއަށް އެއްލާށެވެ. ސާކް ސަމިޓަށް އައްޑޫ ސިޓީ ތައްޔާރުކުމަށް، އަދި ޒީނަތްތެރިކުރުމަށްޓަކައި ސާކްގެ އަށް ގައުމު ރަމްޒުކޮށްދޭ އަށް މޮނިއުމެންޓް ބެހެއްޓި އެވެ. އެ މޮނިއުމެންޓް ހަދިޔާކުރީ އެ ގައުމުތަކުންނެވެ. އެ ތަކެތި ރަމްޒުކޮށް ދިނީ އެ ގައުމެއްގެ ތާރީޚާއި ސަގާފަތާއި ގައުމިއްޔަތެވެ. ނަމަވެސް، އެފަދަ މޮނިއުމެންޓްތަކެއް ބެހެއްޓުމަކީ ބައެއް މީހުންނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. ދީނީ އިލްމުވެރިންނާއި އޭރުގެ އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެކްޓިވިސްޓުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔައެވެ. އެކަމުން އެނގިގެން ދަނީ، އާރޓްގެ ޒަރިއްޔާއިން ނަމަވެސް، މިފަދަ ކަމެއް ކުރުމަކީ، ދިވެހިންގެ ގިނަ ބަޔަކު ނުރުހޭނެ ކަމެއް ކަމެވެ.

އައްޑޫގެ މޮނިއުމެންޓްތަކަށް ދީނީ އިލްމުވެރިންނާއި ސިޔާސީ ލީޑަރުން ފާޑުކިޔުން ވެގެން ދިޔައީ "އަލިފާނަށް ތެޔޮ އެޅުން" ފަދަ ކަމަކަށެވެ. ރައްޔިތުންގެ ކަންބޮޑުވުން އިތުރުވެ، ރުޅިވެރިކަން ގަދަވިއެވެ. ނަތީޖާއަކަށްވީ، އެއް މޮނިއުމަންޓަކަށް ގެއްލުން ދިނުމެވެ. ރޯކޮށްލި ވެ. ބައެއް މޮނިއުމެންޓް ނަގައި އެއްލައިލިއެވެ. މައްސަލަ ހުށަހެޅުމުން މޮނިއުމެންޓްތައް ނެގުމަށް އަމުރުކުރުމުން އެ ތަކެތި ނެގިއެވެ. އެއްބަޔަކަށް މިކަންކަން ފާހަގަކުރީ ކާމިޔާބީއެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ދެކުނީ ދިވެހިންގެ ދީނީ ކެތްތެރިކަން ނެތުމާއި، ހައްދުފަހަނަ އަޅައިދިއުމުގެ ވިސްނުން ވަރުގަދަވެގެންދާ ދިއުމުގެ ގޮތުގައެވެ. އަދި އޭރާއި މިހާރުގެ ކަންކަމާ އަޅައިކިޔާލާއިރު ފާހަގަ ވަނީ ބައެއްގެ ނުބައި ނިޔަތާއި ދެފުށް ދެގޮތްކަމެވެ.

ސިއްރު ފެންފުށީގެ ކޮލަރޭލިއަމް

ސިއްރު ފެންފުށީގައި ސްކަލްޕްޗަރ ބެހެއްޓީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ނަމަ، ކަންކަން ވެދާނެ ގޮތް ސިފަކުރާށެވެ. ކެބިނެޓް ބައްދަލުވުން ބޭއްވީ ވެސް ކަނޑު އަޑީގައޭ، މިހާރު ބުދު ފައްޅި އެ އެޅީ ކަނޑުއަޑީގައޭ ބުނެ މުޒާހަރާކުރާނެއެވެ. ކަނޑުރޯދި ހުއްޓިއްޖެއޭ، އެންވެރިކަމާއި މަސްވެރިކަން ގެއްލިއްޖެއޭ ބުނެ، ދިވެހިންގެ ޖަޒުބާތާ ކުޅެލަން މަސައްކަތްކުރާނެއެވެ.

އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކާއި، މިހާރު ބައެއް މީހުންނަށް ބޮޑު މައްސަލައަކަށް ވެފައިވާ ސިއްރު ފެންފުށީގައި އިންސާނުންގެ ސޫރަ ހުރި ބުދުތައް ހިމެނޭ އާރޓް މިއުޒިއަމް ހެދީ އެތަކެއްޗަށް އަޅުކަންކުރުމުގެ އެއްވެސް ނިޔަތެއްގައެއް ނޫނެވެ. އެއީ އެފަދަ ޒާތެއްގެ ތަކެއްޗެއް ނޫނެވެ. އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކާ ދެކޮޅަށް އޭރު ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ހަގީގަތަށް ވާސިލުވެ ވާހަކަ ދެއްކުމުގެ ބަދަލުގައި، އާންމު ދިވެހިރައްޔިތުންގެ ޖަޒުބާތާއި، ދީނީ އަގީދާއާ ކުޅެލައިގެން ހޯދީ ސިޔާސީ މަންފާ ކަމަށް ގަބޫލުކުރަން މަޖުބޫރުކުރުވަނީ ހަމަ އެބޭފުޅުންގެ އަމަލުތައް މިހާރު ހުރި ގޮތެވެ.

އައްޑޫގައި ބެހެއްޓި އިންޑިއާގެ މޮނިއުމެންޓް: މިއިން ރަމްޒުކޮށްދެނީ އިންޑިއާގެ ގައުމީ ނިޝާން

އޭރު އައްޑޫގެ ބުދުތަކަށް ފާޑުކީ ބައެއް މީހުން މިހާރު މި ސަރުކާރުގައި ތިބިއިރު، ސިއްރު ފެންފުށީގެ މޫދު އަޑީގައި އިންސާނުންގެ ސޫރައިގައި އިސްކޮޅު ސައިޒަށް ހަދާފައިވާ 14 ބުދެއް އެ ބޭފުޅުންނަށް ނުފެނެއެވެ. އޭރުގެ ފަށުއިގެ ބަސްތަކުންނާއި ޖަޒުބާތީ ބަސްތަކުން ވިރުވައި އަޅަމުންދިޔަ އިލްމުވެރިންނާއި ސިޔާސީ ލީޑަރުން މިހާރު ތިބީ ބުދު ތަކެއް ފަދައިން ގަބުވެފައެވެ. ކުރިން ގަބޫލުކޮށް ވާހަކަ ދެއްކެވި އަސާސްތައް ހަނދާނަކު ނެތެވެ. އެތަން ފޫބައްދަން ވާހަކަ ދައްކާ މީހުން ދައްކަނީ ފިހާރަތަކުގައި އަންނައުނު އަޅުވާފައި ހުންނަ މެނިކުއީންތަކެވެ. މިއީ ދެފުށް ދެގޮތް ކަމާއި، މުނާފިގު ކަމުގެ ލާމަސީލުކަމެވެ. އޭރު ވެސް އަދި މިހާރު ވެސް އަސްލު މައްސަލައަކީ މަވަންތަ ބޭފުޅުން ގިނަވުމެވެ.

ދީނީ އަދި ގައުމީ ނަޒަރަކުން ވިސްނާލާއިރު، މިހުންނާނީ ހާދަހާވާ ބޮޑެތި މައްސަލައެވެ. އޭރު އަޅުކަންކުރަން ބުދު ބެހެއްޓި ކަމަށް ބުނެ، ގައުމުގައި ބޮޑެތި ހަމަނުޖެހުން ހިންގަން ހިތްވަރު ދޭގޮތަށް ވާހަކަ ދެއްކެވި ބައެއް ބޭފުޅުން މިހާރު "ބީރު"ވެ، ދެލޯ ކަނުވެ، މަންމަންވެފައި ތިބުމުން، ގައުމުގެ ހާލަތާއި އެ ފަދަ ބޭފުޅުންގެ ޝަހްސިއްޔަތުގެ ބަލިކަށިކަމާ މެދު ވިސްނާ ފިކުރުކުރާން ނުޖެހޭތޯއެވެ. ވިސްނާ ފިކުރުނުކުރާ ނަމަ، ޖާހިލުކަން ވަދެ، އެބަޔަކާއި އެތަނެއް ހަލާކުވެގެން ދާނެއެވެ. އެހެންވުމުން ވިސްނާށެވެ. ހަގީގަތުގައި ވެސް މައްސަލައަކީ މޮނިއުމަންޓެއް، ސްކަލްޕްޗަރެއް ނޫނެވެ. ދީން ހަތިޔާރަކަށް ހަދައި، މުނާފިގު ވިސްނުމުގައި އަމިއްލަ އެދުމަށް މަސައްކަތްކުރުމެވެ. ގައުމީ ވަންތަ ނުވެ މަވަންތަވުމެވެ. ދީނީވަންތަ ނުވެ، މަވަންތަ ވުމެވެ.

އިތުރަށް ކިޔާލަން

23 އެޕްރީލު 2021

ސްކައިފޯލް ރެސްޓޯރަންޓް- ހާމަ އުޑާއި، ވަށައިގެންވާ މޫދު އަދި ރާޅުގެ އަޑާއެކު

23 އެޕްރީލު 2021
ސްކައިފޯލް ރެސްޓޯރަންޓް- ހާމަ އުޑާއި، ވަށައިގެންވާ މޫދު އަދި ރާޅުގެ އަޑާއެކު
01 މާރިޗު 2021

އުތުރު ތިލަފަޅުގެ މަޝްރޫއު ވަޅުޖެހުމުގެ ފަހަތުގައިވާ ސިއްރު

01 މާރިޗު 2021
އުތުރު ތިލަފަޅުގެ މަޝްރޫއު ވަޅުޖެހުމުގެ ފަހަތުގައިވާ ސިއްރު
06 ޖުލައި 2020

ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!

06 ޖުލައި 2020
ބޮޑެތި މަރުތަކުގައި ހެކިބަސް ދޭން އިންކާރު ކުރަނީ ސިއްރު ހެކިވެރިންގެ މައުލޫމާތު ލީކު ވާތީ، މަރުގެ އިންޒާރު ދޭތީ!
20 ޖުލައި 2019

މޫދު ގޮއްޔެތަކާއެކު ކުރެވުނު ތަފާތު ދަތުރު

20 ޖުލައި 2019
މޫދު ގޮއްޔެތަކާއެކު ކުރެވުނު ތަފާތު ދަތުރު
19 ޖުލައި 2019

19 ވަނަ މަޖިލީސްވެސް ސިއްރުވެރިވަނީތަ؟

19 ޖުލައި 2019
19 ވަނަ މަޖިލީސްވެސް ސިއްރުވެރިވަނީތަ؟
20 މެއި 2019

މުރަނގަބަތުގެ ބޮޑު ސިއްރު

20 މެއި 2019
މުރަނގަބަތުގެ ބޮޑު ސިއްރު
08 ނޮވެމްބަރު 2018

ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު "މޫދު އަލުވި"!

08 ނޮވެމްބަރު 2018
ގޮނޑުދޮށުން ފެނުނު އާދަޔާ ހިލާފު "މޫދު އަލުވި"!
22 އެޕްރީލު 2018

ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް

22 އެޕްރީލު 2018
ޔާމިން ރަޝީދުގެ މަރުގެ ޝަރީއަތް ސިއްރު ކުރަންވީ ސަބަބެއް ނެތް
26 އޯގަސްޓު 2017

ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!

26 އޯގަސްޓު 2017
 ރަށްގިރުމުގެ މައްސަލަ: ރަށުގެ 50 މީޓަރު މޫދު އަޑީގައި، ބޭނުންވަނީ އަވަސް ހައްލު!
31 މެއި 2017

އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟

31 މެއި 2017
އިންޑިއާގައި ޒިކާ ވައިރަސް އަސްލު އޮތް މިންވަރު ސިއްރު ކުރަން އުޅެނީ ބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް