Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލްގެ އޭޓީއެމްތަކުން ކާޑު ބޭނުންކުރަން ޖެހޭ ގޮތް ބަދަލު ބަދަލުކޮށްފި

ބަދަލު ގެނެސްފައި ވަނީ ޖުލައި 20 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ޖުލައި 2018 | ބުރާސްފަތި 14:56
ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މީހަކު ބޭނުންކު ރަނީ

ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް މީހަކު ބޭނުންކު ރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްތަކުގައި ކޭޝް ކާޑު ބޭނުންކުރަން ޖެހޭ ގޮތް ބަދަލު ބަދަލުކޮށްފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ ޖުލައި 20 ވަނަ ދުވަހުން ފެށިގެންނެވެ.

ކުރިން އޭޓީއެމް އިން ކާޑު ބޭނުންކޮށް މުއާމަލާތު ކުރާއިރު ފުރަތަމަ ޖެހެނީ ކާޑު އޭޓީއެމް އަށް ލައްވާފައި ވަގުތުން ނަގާށެވެ. އެހެންނަމަ ވެސް މިހާރު ގެނެވުނު ބަދަލާއެކު ކާޑު އޭޓީއެމަށް ލެއްވުމަށް ފަހު އަނބުރާ ނެގޭނީ އެ މުއާމަލާތެއް ނިމުމުންނެވެ.

ބީއެމްއެލުން ބުނީ މި ބަދަލު އެ ކުންފުނިން ގެންނަން ނިންމީ ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން ކަމަށާއި، އަދި މާލެ ސީޓީގައި އެކަނި މި ބަދަލު ގެނެވުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ރަށްރަށުގައި ބަހައްޓާފައި ހުރި އޭޓީއެމްތަކަށް ވެސް ވަރަށް އަވަހަށް އެ ބަދަލު ގެންނާނެ ކަމަށެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގެނައި ބަދަލެއް ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގގެ ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އިތުރަށް ކިޔާލަން

12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
22 އެޕްރީލު 2017

ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟

22 އެޕްރީލު 2017
ކާޑުގެ ބާވަތްތައް އަގު ހެޔޮ ކުރުން – ރައްޔިތުން ގުނބޯ ހެއްދުން؟
13 އެޕްރީލު 2017

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު