Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
12 މެމްބަރުންގެ ގޮނޑި

12 މެމްބަރުންގެ މައްސަލައިގެ ހުކުމް ކުރުން މިއަދު 11 ޖަހާއިރު

މިމައްސަލައިގެ ފަހު ފަޑު އެހުން ބާއްވާފައި ވަނީ މިމަހުގެ 5 ވަނަ ދުވަހު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 25 ޖުލައި 2018 | ބުދަ 06:12
12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެން

12 މެމްބަރުންގެ ގޮނޑީގެ މައްސަލާގައި މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގެން

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުމަށް ބާއްވާ ޝަރީއަތް އަނެއްކާ ވެސް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކޮށްފައިވާ ހުކުމް ބާތިލް ކުރަން ބަންޑާރަ ނާއިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައިގައި ހުކުމް ކުރުން މިމަހުގެ 19 ވަނަ ދުވަހަށް ތާވަލު ކުރިނަމަ ވެސް، ހަމަ އެދުވަހު އެ މައްސަލަ ވަނީ ކެންސަލް ކޮށްފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި އަޑުއެހުންތައް ނިމިފައި ވަނިކޮށް ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރުން އައްޔަންކޮށް ބެންޗަށް ބަދަލު އައިސްފައި ވާތީ އިތުރު އަޑުއެހުމެއް މި މަހުގެ ފަސް ވަނަ ދުވަހު ބޭއްވި އެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މަޖިލީހުގައި އިންނެވި އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު ޢަބްދުﷲ ދީދީ އެދުވަހު ވިދާޅުވީ ދެން އޮންނާނީ މައްސަލަ ނިންމުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 13.30 ގައި ބާއްވަން ތާވަލު ކުރި އަޑުއެހުން ފަހު ވަގުތުގައި ކެންސަލް ކުރި ސަބަބެއް ކޯޓުން ހާމައެއް ނުކުރެ އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން މިހާރު ބާތިލް ނުކޮށް އޮތީ 12 މެމްބަރުންނަށް ރައްޔިތުންގެ މަޖިލީހަށް ވަދެވޭނެ ކަމަށް ކަނޑައަޅާފައިވާ ބަޔާއި ކޯޓުތަކަށް އިސް ފަނޑިޔާރުންނާއި ފަނޑިޔާރުން އައްޔަން ކުރުމުގައި ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައަޅާފައިވާ ބައެވެ. އެހެން ކަމުން އެ ދެބައި ވެސް ބާތިލް ކޮށްދޭން މި މައްސަލައިގެ ތެރޭގައި އެދިފައިވެ އެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައިވާ އެހެން ބައިތައް އެ އަމުރު ނެރުއްވި ތިން ފަނޑިޔާރުން ފަހުން ވަނީ ބަދަލު ކުރައްވާފަ އެވެ. މެމްބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން، ފްލޯ ކްރޮސިންގއާ ބެހޭ ގާނޫނު ހެދިފައި ނުވާތީ ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލް ކަމަށާއި އަދި އެ ހުކުމުގެ ދަށުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް، އެ ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގައި ނެރެފައިވާ އަމުރުގައި ކަނޑައަޅާފައިވާ ނުކުތާ ބާތިލް ކޮށްދޭން ދައުލަތުން ހުށަހެޅި މި މައްސަލައިގައި ކޯޓަށް ވަޑައިގަންނަ ވަނީ ބަންޑާރަ ނާއިބު އޮފީހުގެ ވަކީލާ މާޝާ ލުތުފީ އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމުގެ ދަށުން އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް 1 ފެބްރުއަރީގައި ނެރުނު އަމުރުގައި ކަނޑައެޅި ނަމަވެސް، މިދިޔަ މަރޗް މަހު މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނު ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލާ މާޝާ ވަނީ ވިދާޅުވެފަ އެވެ. އަދި އެހުކުމުގައި މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ހުރި ކަން ކަމަށް ރިއާޔަތް ކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ޖުލައި މަހު ކުރި ހުކުމަކީ ރަނގަޅު ހުކުމެއް ކަމަށް ބަލަން ޖެހޭ ކަމަށް ދައުލަތުން މި މައްސަލައިގައި ވަނީ ބުނެފަ އެވެ. އަދި އެކެއް ފެބްރުއަރީގެ އަމުރުގައި އެ ހުކުމް ބާތިލް ކަމަށް ކަނޑައެޅީ އެ ހުކުމުގައި ގާނޫނީ މައްސަލަތަކެއް ހުރުމުން ނޫން ކަން އެންޓި ޑިފެކްޝަން ގާނޫނުގެ ސައްހަކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުގެ ނިންމުމުން އެނގޭ ކަމަށް ވަކީލާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. އެ އަމުރަށް ފަސް މަސް ވެގެންދާއިރު، ސުޕްރީމް ކޯޓުން މިހާތަނަށް ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ.

ސަރުކާރު ހިންގާ ޕާޓީން ވަކިވެވަޑައިގެންނެވި އެ 12 މެމްބަރުން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުން ހުއްޓުވާފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކޮށްފައިވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް، އެކަން އިއުލާންކޮށްފައިވާ ކަމަށާއި އެހެންވުމުން މަޖިލީހުގެ އެ 12 މެމްބަރުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާތީ، އެ ފަރާތްތަކަށް މަޖިލީހުގެ މެމްބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި އެހެން ބުނެފައިވާ ބައިތައް ބާތިލު ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި ގޮތެއް ނިންމައި، ހުކުމް ކުރުމަށް ބުދަ ދުވަހުގެ 11:00 އަށް ސުޕްރީމް ކޯޓުގައި މިވަނީ ތާވަލްކޮށްފަ އެވެ. ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. ބާރަ މެމްބަރުންގެ ގޮނޑިއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ 12 މެމްބަރުން ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. ނަމަވެސް އެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު