Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ކުރި މުޒާހަރާ ރޫޅާލައިފި

23 ޖުލައި 2018 | ހޯމަ 14:24

މުޒާހަރާގައި ތިން މީހަކު ހުއްޓުވި، ފަހުން ވަނީ ދޫކޮށްލާފައި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 ޖުލައި 2018 | ހޯމަ 14:24
މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރަނީ

މުޒާހަރާ ރޫޅާލުމަށް އެސްއޯ ފުލުހުން މަސައްކަތް ކުރަނީ

މިނިވަން އިންސާފުވެރި އިންތިހާބަކަށް ގޮވާލައި، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރިމަތީގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލައިފިއެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓަރުންނާ އެކު، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރިމަތީގައި މުޒާހަރާ ފެށީ ހޯމަ ދުވަހުގެ މެންދުރުފަހުއެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި އެ ކޮމިޝަންގެ މެމްބަރުންގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާ ރޫޅާލުމުގެ މަސައްކަތް ފުލުހުން ފެށީ ސުލްހަވެރިކަމާ އެކު މުޒާހަރާގެ ބައިވެރިން އަޑު އުފުލަމުން ދަނިކޮށެވެ.

Advertisement - newsAdvertisement

އީސީގެ ކުރިމައްޗަށް އެއްވި މީހުން، ޑިމާންޑުކޮށްފައި ވަނީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި ޝަރީފު އިސްތިއުފާ ދެއްވުމަށެވެ. އަދި އިންތިހާބާ ގުޅިގެން ކެމްޕެއިން ކުރުމަށް ހުރިހާ ޕާޓީތަކަށް ވެސް ހަމަހަމަ ފުރުސަތު ދިނުމަށާއި އޮޅުވާލުމުގެ ތެރެއިން އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދިއުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރިމަތީގައި ކުރިއަށް ދިޔަ މުޒާހަރާ-- ފޮޓޯ/ މުހައްމަދު ޝަރުހާން

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ކުރި މުޒާހަރާ ފުލުހުން ރޫޅާލާފައި ވަނީ މުޒާހަރަ ކުރަން ފެށިތާ ގަޑިއެއްހާ އިރު ވެސް ނުވަނީއެވެ. އަޑުގަދަ ކުރާއިން އިންޒާރު ދިނުމަށްފަހު މުޒާހަރާގެ ބައިވެރިން، އިލެކްޝަންސް ކޮމިޝަން ހުންނަ ސަރަހައްދުން ދުރަށް ޖައްސަން ފުލުހުން މަސައްކަތް ފެށި ވަގުތުގައި ވެސް މުޒާހަރާގެ ބައިވެރިންގެ އަޑުއުފުލުންތަކަށް ބަދަލެއް ނާދެއެވެ.

ރާއްޖެޓީވީ. އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޒާހަރާގެ ތެރޭގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ލީޑަރު ރޮޒައިނާ އާދަމް ވަނީ އިންތިހާބާއި ގުޅިގެން އޮތް ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކަށް ވޯޓުލުމަށް ހުރި ފުރުސަތުތައް އިލެކްޝަންސް ކޮމިޝަނުން ފަހިކޮށް ދޭންޖެހޭނެއެވެ.

މުޒާހަރާ ކުރިއަށްދިޔަ ވަގުތު، އެ ސަރަހައްދަށް ގުޅިފައިވާ ޕާޓީތަކުގެ ލީޑާޝިޕްގެ އިސް ބޭފުޅުން ވެސް ވަޑައިގެން، މުޒާހަރާގެ ބައިވެރިންނާއެކު އަޑުއުފުލާފައިވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑުތަކާ އެކު، ޕާޓީޓަކުން އިންތިހާބާ ގުޅިގެން އޮތް ކަންބޮޑުވުންތައް ވަނީ ހިއްސާކޮށްފައެވެ.

ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދިޔަ މުޒާހަރާ-- ފޮޓޯ/ މުހައްމަދު ޝަރުހާން

މުޒާހަރާ ރޫޅާލައި، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދުން ދުރަށް ޖައްސައި، ފުލުހުންނަށް މަގުމަތި "ސާފު" ކުރެވުނީ މުޒަހަރާ ކުރަން ފެށިތާ ގަޑިއެއްހާއިރު ފަހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ކުރިމަތީގައި ގުޅިފައިވާ ޕާޓީތަކުން ކުރި މުޒާހަރާގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ނިހާދާއި އަދާލަތު ޕާޓީގެ ޤައުމީ މަޖިލީހުގެ މެމްބަރު އަދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ މެމްބަރު ތޫބާ ރަޝީދުގެ އިތުރުން އެމްޑީޕީ ޒުވާނުން ހިތްވަރުގެ މެމްބަރު އަހުމަދު މައިމޫން މުހައްމަދު ވަނީ ހުއްޓުވާފައެވެ.

އެ މީހުން ހުއްޓުވައި، އެހެން ސަރަހައްދަކަށް ގެންދިއުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ ދޫކޮށްލާފައެވެ.

މުޒާހަރާ ނިންމާލަމުން ގުޅިފައިވާ ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ނާއިބު އިދާރީ އަލީ ނިޔާޒު ވަނީ ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމުގެ އިޝާރާތެއްކޮށްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
28 ޖެނުއަރީ 2017

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް