Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ސާބަހޭ މުގާބޭ، ސާބަހޭ މުގާބޭ

މިހެން ގޮވީ ރައީސް ޔާމީންގެ ސަޕޯޓަރުން

އާމިރު ސަލީމް
އާމިރު ސަލީމް | 23 ޖުލައި 2018 | ހޯމަ 07:40
ހޯރަފުއްޓަށް ރައީސް ޔާމީން ވަޑައިގެން ބޭއްވި ޖަލްސާ

ހޯރަފުއްޓަށް ރައީސް ޔާމީން ވަޑައިގެން ބޭއްވި ޖަލްސާ

މިވާހަކަ އަޑު އިވުމާއެކު އަޅުގަނޑުގެ ގާތަށްވެސް ފުރަތަމަ އައީ ހިންޏެވެ. އެންމެ ފުރަތަމަ ޤަބޫލު ކުރަންވެސް ދަތިވިއެވެ. ހީކުރީ ބަޔަކު ހަދަ ހަދައިގެން ދައްކާ ވާހަކައެއް ކަމަށެވެ. އެހެންކަމުން އެރަށުގެ ދެތިން މީހަކަށް ގުޅާލައިގެން މިކަން ކަށަވަރުވޭތޯ ބަލާލީމެވެ. އެއީ ހަމަ ތެދެކެވެ. ހަމަ ހަޤީޤަތުގައިވެސް ހިނގި ކަމެކެވެ. ބަޔަކަސް އޮޅުނީ އެވެ. އެހެން ވެދާނެ ނޫންތޯއެވެ.

މިފަހަކަށް އައިސް ރައީސް އަބްދުﷲ ޔާމީން އުތުރުގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ. އެއީ އުތުރުގެ ބޮޑު ރަށެކެވެ. އާބާދީވެސް ބޮޑު ރަށެކެވެ. ރައީސް އެރަށަށް ވަޑައިގަތީ ބޮޑު މަޝްރޫޢު އެއް ފައްޓަވައި ދެއްވާށެވެ. ޖަލްސާ ފެށި ރައީސް ޔާމިން ވާހަކަފުޅު ދައްކަވަން ފައްޓަވައިފިއެވެ. ބައެއް ފަހަރު ރައީސް ވިދާޅުވާ އެއްޗެއްސަށް މީހުން އަތްޖަހައެވެ. އަނެއްބައި ފަހަރު މީހުން ހީ ހަދައެވެ. މިކަންތައް ގަނޑުގެ ތެރޭގައި ރައީސް ވިދާޅުވާ ކޮންމެ އެއްޗެކަށް މާ ގަދައަށް ސަޕޯޓްކުރާ އަންހެނުންތަކެއްގެ އަޑު އިވެއެވެ. އެމީހުން ރައީސް ކޮންމެ އެއްޗެއް ވިދާޅުވުމުން ބާރަށް އަތް ޖަހާފައި ކިޔާތީ އިވެނީ "ސާބަހޭ މުގާބޭ، ސާބަހޭ މުގާބޭ" މިހެންނެވެ. އެމީހުން މިހެން ކިޔަން ފެށުމުން ބައެއް މީހުން އެމީހުންނާ ދިމާލަށް ހައިރާން ކަމާއެކު ބަލައި ހަދައެވެ. އަދި އަނެއް ބަޔަކު ވަރަށް ވަގު ވަގަށް އަތުން އިޝާރަތްކޮށް އެމީހުން ގާތު އެހެން ނުކިޔާށޭ ވެސް ބުނާތީ ފެނެއެވެ. ނަމަވެސް އެކަމާ އެމީހުން އަޅައެއް ނުލައެވެ. "ސާބަހޭ މުގާބޭ" އޭ ގޮވާ އަތް ޖެހުމުގައި އެމީހުން ފޯރިއާއެކު އުޅެއެވެ.

ހޯރަފުށީގައި ބޭއްވި ޖަލްސާގައި ބައިވެރިވި އެރަށުގެ ބައެއް މީހުން

ކޮންމެއަކަސް ޖަލްސާ ނިމިއްޖެ އެވެ. ރައީސް ވެސް އެރަށުން ފުރައިވަޑައިގެންފިއެވެ. އެއާއެކު ޖަލްސާ ތެރޭގައި މި ހިނގި ކަންތައްތަކުގެ ވާހަކަ ފަތުއަޑު ކިޔާފައި ރަށުތެރޭގައި ފެތުރިގެންފިއެވެ. އެހެން ގޮވި މީހުން ދެކެ ބައެއް މީހުން ރުޅި އައިސްގެން ވެސް އުޅެއެވެ. އިސާހިތަކު އެމީހުން އެޕާޓީގެ ބޮޑެތި މީހުން ކައިރިއަށް ހާޒިރުކޮށްފިއެވެ. އެމީހުން ބުނި ގޮތުން އެމީހުން އެހެން ގޮވީ ރައީސް އަށް ތާއީދު ކުރުމުގެ ގޮތުން ނެވެ. އެމީހުންނަށް އެހެން މީހުން އެހެން ކިޔާ އަޑު މާކުރިންސުރެ އިވެއެވެ. މަގު ކުނި ކަހަން ނުކުމެ އުޅޭއިރު ބަނދަރު ޖޯލީގައި ތިބޭ މީހުން ކޮންމެ ދުވަހަކު ކިޔާތީ އިވޭކަމަށް އެމީހުން ބުނީ ރައީސް ޔާމީނަކީ ހާދަހާ ވަރުގަދަ މީހެކޭ ހަމަ މުގާބޭ ކަހަލަ އެވެ. ރައީސް ޔާމިނަކީ ހާދަހާ ބޯ ރަނގަޅު މީހެކެވެ. މުގާބޭ ކަހަލަ އެވެ. ރައީސް ޔާމިނަކީ ހާދަހާ މޮޅު މީހެކެވެ. ހަމަ މުގާބޭ ކަހަލަ އެވެ. މި އަޑުތައް އިވި އިވި އެމީހުންނަށް ދަސްވީ ކަމަށާ، އެމީހުން ހީކުރީ މުގާބޭ އަކީ މާ ރަނަގަޅު މާ މޮޅު މީހެއް ކަމަށެވެ. އެހެންވެ، ރައީސްގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ރައީސް އަށް މުޚާތަބު ކުރަނީ މުގާބޭ ކިޔައިގެންނޭވެސް އެމީހުން ބުންޏެވެ.

ކޮންމެއަކަސް އޮޅުމެއްގެ ތެރޭގައި ތިބެގެން ނަމަވެސް ރައީސް ޔާމިންގެ ސަޕޯޓަރުންވެސް ރައީސް ޔާމިންއަށް މުގާބޭ ކިޔަން ފަށައިފިއެވެ. އެހެންވެދާނެ ނޫންތޯއެވެ. ބަޔަކަށް ހަމަ ހަޤިޤަތުގައިވެސް އޮޅިދާނެ ނޫންތޯއެވެ.

އިތުރަށް ކިޔާލަން

01 ސެޕްޓެމްބަރު 2025

މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟

01 ސެޕްޓެމްބަރު 2025
މަނިކުފާނަކީ ގަދަ ބޭފުޅެއް، ސާބަހޭ ނުދަންނަވާ ހުންނާނީ ކިހިނެތޯއޭ؟
29 ޖޫން 2025

ސާބަހޭ ރައީސް، ދަތުރުކޮށްފައި ބަހައްޓާތި!

29 ޖޫން 2025
ސާބަހޭ ރައީސް، ދަތުރުކޮށްފައި ބަހައްޓާތި!
30 ސެޕްޓެމްބަރު 2024

ދިވެހި ބަހުން ވައުދުވެފައި، އިނގިރޭސި ބަހުން އުވާލުން، ސާބަހޭ ރައީސް!

30 ސެޕްޓެމްބަރު 2024
ދިވެހި ބަހުން ވައުދުވެފައި، އިނގިރޭސި ބަހުން އުވާލުން، ސާބަހޭ ރައީސް!
16 ނޮވެމްބަރު 2017

ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން

16 ނޮވެމްބަރު 2017
ރޮބަރޓް މުގާބޭ: އަނިޔާވެރި ވެރިއެއްގެ ދިގު ވެރިކަމުގެ ނިމުން
27 ސެޕްޓެމްބަރު 2017

ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟

27 ސެޕްޓެމްބަރު 2017
ރައީސް މުގާބޭގެ ވެރިކަމާ ވައްތަރީ ކޮންވެރިކަމެއް؟
07 ޖުލައި 2017

ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!

07 ޖުލައި 2017
ސާއިދު އަކީ ހަމަ ރާއްޖޭގެ އުސެއިން ބޮލްޓް، ސާބަހޭ ދަރިޔާ!
12 މެއި 2017

ކޮންފަރެންސްތަކުގައި މުގާބޭ އަވަހާރަފުޅެއް ނުލައްޕަވާ. ލޯފުޅު ރައްކާތެރި ކުރައްވަނީ: ތަރުޖަމާނު

12 މެއި 2017
ކޮންފަރެންސްތަކުގައި މުގާބޭ އަވަހާރަފުޅެއް ނުލައްޕަވާ. ލޯފުޅު ރައްކާތެރި ކުރައްވަނީ: ތަރުޖަމާނު
05 މާރިޗު 2017

މެޑަމް ގްރޭސް މުގާބޭ!

05 މާރިޗު 2017
މެޑަމް ގްރޭސް މުގާބޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު