Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެމްއެމްއޭ

ޑިޖިޓަލް ޕޭމަންޓް ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް އޮތް ހަތަރު އަހަރު މަސައްކަތްކުރާނެ: އެމްއެމްއޭ

22 ޖުލައި 2018 | އާދީއްތަ 16:27

މުހިއްމު 6 ލަނޑުދަނޑިއެއް ހިމެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 ޖުލައި 2018 | އާދީއްތަ 16:27
ސްޓްރެޓީޖިކް ޕްލޭން ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސްޓްރެޓީޖިކް ޕްލޭން ނެރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމު ވީހާވެސް ބޮޑަކަށް ނަގުދު ފައިސާ އަށް ބަރޯސާނުވެ، ޑިޖިޓަލް ޕޭމެންޓްތަކާއި ހަމައަށް ގެންދިއުމުގެ އަމާޒާއި އެކު މަރުކާޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ނެރެފިއެވެ.

އެމްއެމްއޭ. ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ސްޓްރެޓީޖިކް ޕްލޭން އިފްތިތާހް ކޮށްދެއްވީ ފަތުރުވެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު އަހުމަދު މުނައްވަރެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސްޓްރެޓީޖިކް ޕްލޭން އެކުލަވާލުމުގައި އެމްއެމްއޭގެ މުވައްޒަފުންގެ މަޝްވަރާ އާއި، ބައިނަލްއަޤްވާމީ މާލީ އިދާރާ، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް.)ގެ ފަންނީ ލަފާ ހިމަނާފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން ސަރުކާރުގެ ކަމާއި ގުޅޭ ހުރިހާ މުއައްސަސާތަކުގެ ފަންނީ އަދި ޕޮލިސީ ލެވެލްގެ ބޭފުޅުންގެ ލަފަޔާއި އަދި ރާއްޖޭގެ ހަރަކާތްތެރިވާ މާލީ ޚިދުމަތްދޭ ހުރިހާ އިދާރާތަކެއްގެ ފަންނީ އަދި ޕޮލިސީ ލެވެލްގެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވި، އެކަންކަމަށް ރިއާޔަތް ކުރެވިފައި ވާނެކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ މަރުކަޒީ ބޭންކުގެ އެންމެ މުހިއްމު އެއް ލަނޑުދަނޑިއަކީ ވީހާ ވެސް ގިނަ ބަޔަކަށް މާލީ ގޮތުން ބައިވެރިވެވޭ، އަދި ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަކަމާއިއެކު މާލީ ހިދުމަތްތައް ލިބޭނެ ގޮތަކަށް މާލީ ދާއިރާ ބައްޓަން ކުރުންކަމަށެވެ. އެގޮތުން ކޮންމެ ރަށެއްގައި ތިބި ކަމުގައި ވިޔަސް ބޭންކިންގެ ހިދުމަތާއި އިންޝުއަރެންސްގެ ހިދުމަތާއި އެހެނިހެން މާލީ ހިދުމަތްތައް ލިބިގެން ދިއުމަކީ ބޭންކްގެ އެއް އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލެވިގެން ވަނީ މައިގަނޑު ހަ ލަނޑުދަނޑިއެއްގެ މައްޗަށެވެ. އެއީ:

  1. މަނިޓަރީ ސިޔާސަތު ހިންގުން ހަރުދަނާކުރުން
  2. މާލީ ދާއިރާގެ ސްޓެބިލިޓީ ދެމެހެއްޓުން
  3. ރައްކާތެރި އަދި ފަސޭހަ ޕޭމެންޓް ސިސްޓަމެއް ގާއިމުކުރުމާއި، އެމްއެމްއޭ. އިން ސަރުކާރަށް ދޭ ބޭންކިން ހިދުމަތް އިތުރަށް ތަރައްގީކުރުން
  4. އެމްއެމްއޭގެ އުފެއްދުންތެރިކަމާއި ގަވަރނެންސް ހަރުދަނާކުރުން
  5. އިގްތިސާދީ ދިރާސާތަކާއި ތަފާސްހިސާބު ހަރުދަނާކުރުން
  6. މާލީ ދާއިރާ ތަރައްގީކުރުމާއި މާލީ ނިޒާމުގައި އެންމެންގެ ބައިވެރިވުން އިތުރުކުރުން

މި ރަސްމިއްޔާތުގައި ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ހޯދޭނީ ދިވެހިންނަށް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާގައި މުޅި ދުނިޔެއަށް ވެސް ރާއްޖެ އިން ދަނީ މިސާލު ދައްކަމުންކަމަށާއި، ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލު ހޯދުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި އެބަހުރި ކަމަށް ވެސް ގަވަރުނަރު ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ މައްސަލަތަކަށް ހައްލު ހޯދޭނީ ދިވެހިންނަށްކަމަށް ގަވަރުނަރު ވިދާޅުވެފައިވާއިރު، މިހާރުގެ ސަރުކާރުގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތަށް ބައިނަލްއަޤްވާމީ މާލީ އިދާރާ އާއި ވާރލްޑް ބޭންކާއި، ދުނިޔޭގެ އެހެން ޤައުމުތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި ވަކިން ޚާއްސަކޮށް ދިވެހިރާއްޖެ، ޗައިނާއަށް ދަރަނިވެރިވަމުންދާ މިންވަރު އިތުރުވެފައިވާއިރު، އެކަމަށް އެކަށީގެންވާ ހައްލުތަކެއް ސަރުކާރަށް ހޯދިފައެއް ނުވެއެވެ. އަދި މީގެ އިތުރުން ސަރުކާރުން އަދި ވެސް ގެންދަނީ ހިފެހެއްޓުމެއް ނެތި ޗައިނާ އިންނާއި ޢަރަބި ޤައުމުތަކުން ލޯނު ނަގަމުންނެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ޖޫން 2018

ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ

24 ޖޫން 2018
ގެޓްސެޓް ލޯނުގެ ފޯމު ހުށަހެޅުން މިއަދުން ފެށިގެން ކުރިއަށްދަނީ
02 ޖޫން 2018

ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ

02 ޖޫން 2018
ކަނބަލުންގެ ލޯނު ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ދޫކުރަން ފަށާނެ: އިކޮނޮމިކް މިނިސްޓްރީ
17 މެއި 2018

ސައުދީ އާއި ޔޫއޭއީ ގުޅިގެން ޑިޖިޓަލް ފައިސާ ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި

17 މެއި 2018
ސައުދީ އާއި ޔޫއޭއީ ގުޅިގެން ޑިޖިޓަލް ފައިސާ ތައާރަފް ކުރުމުގެ މަސައްކަތް ފަށައިފި
03 މާރިޗު 2018

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފި

03 މާރިޗު 2018
އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ކަސްޓަމަރ އެކްސްޕީރިއަންސް ސޮލިއުޝަންތައް ދައްކާލައިފި
21 ފެބުރުއަރީ 2018

ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ

21 ފެބުރުއަރީ 2018
ޤަތަރު އެއަރވޭސްގެ އެހީގައި އެއަރ އިޓަލީ ކުރިއަށް ޖެހިލަނީ
04 ޖެނުއަރީ 2018

ޕޭމަންޓް ސިސްޓަމާގުޅޭ ސަރވޭ ކުރަނީ

04 ޖެނުއަރީ 2018
ޕޭމަންޓް ސިސްޓަމާގުޅޭ ސަރވޭ ކުރަނީ
01 ނޮވެމްބަރު 2017

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

01 ނޮވެމްބަރު 2017
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!
02 އޯގަސްޓު 2017

އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި

02 އޯގަސްޓު 2017
 އައްޑޫސިޓީގެ މަގުމަތީ ބާޒާރު އޮގަސްޓު 3 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ނިންމައިފި
10 ޖޫން 2017

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!

10 ޖޫން 2017
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި އާރުއޯއެލްގެ އިންޓަނެޓްގެ ހިދުމަތަށް ކުރިއެރުންތަކެއް ލިބޭނެ!
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް