Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ޔާމީންގެ ނަމަ ނަމަ...

ރައީސް މައުމޫން ފޯނުދެއްވިނަމަ ޖަލުގައި އޮންނަވަންޖެހިވަޑައިނުގެންނެވީސްކަމަށް ރައީސް ޔާމީން ވިދާޅުވި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 20 ޖުލައި 2018 | ހުކުރު 14:10
ކެމްޕޭން ހަރަކާތަކަށްފަހު، ރައީސް ޔާމީން އެމަނިކުފާނުގެ ކާރަށް އަރައިވަޑައިގަންނަވަނީ

ކެމްޕޭން ހަރަކާތަކަށްފަހު، ރައީސް ޔާމީން އެމަނިކުފާނުގެ ކާރަށް އަރައިވަޑައިގަންނަވަނީ

ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކެވިނަމަ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދެވޭނެ ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސްވެރިން ވިދާޅުވި އެވެ. އެންމެ ފަހުން ރައީސް ޔާމީން ވިދާޅުވި މިފަދަ ވާހަކަފުޅަކީ، ކުރީގެ ރައީސް މައުމޫން ފޯނު ދެއްވި ނަމަ އެ މަނިކުފާނު ޖަލުގައި ނުހުންނަވާނެ ކަމަށް ވިދާޅުވި ވާހަކަފުޅެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން، ކޯޓު އަމުރު ނުނެރުއްވިނަމަ، އެ ބޭފުޅުންނަށް އިތުބާރު ކުރެއްވޭނެކަމާއި، ޖަލަށް ވަޑައިގަންނަވަންވެސް ޖެހިވަޑައިނުގަންނަވާނެ ފަދަ މޭރުމުން ވާހަކަފުޅުދެއްކެވީވެސް ރައީސް ޔާމީނެވެ.

މިފަދަ ލިސްޓު ކިޔާކަމުގައިވާނަމަ މިގޮތަށްގޮސް އެތައް ނަމައެއްގެ ވާހަކައެއް ދެއްކިދާނެ އެވެ. އެވެނިކަމެއް، މިވެނިގޮތަކަށްވިނަމަ އެކަމެއް ނުވާނެކަމާއި، އެވެނި ބޭފުޅަކު ތިމަން މަނިކުފާނު ވިދާޅުވިގޮތަށް މިވެނިކަމެއް ކުރެއްވިނަމަ، އެވެނިކަމެއް ނުވާނެކަމަށް ވިދާޅުވާ ވާހަކަތަކެވެ.

ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ރައީސް ޔާމީން އީދު ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ބުރާސްފަތި ދުވަހު، ހދ. ހަނިމާދޫގެ ނަރުދަމާ ނިޒާމްގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އެންމެ އިހުތިރާމްކުރައްވާ ބޭފުޅަކީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށެވެ. ނަމަވެސް އެމަނިކުފާނު ޖަލުގައި އިންވަންޖެހިވަޑައިގެންނެވީ ފޯނު ނުދެއްވުމުގެ ސަބަބުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފޯނު ދެއްވިނަމަ، އެކަހެރިކޮށް ޖަލުގައި އިންނަވަންޖެހިވަޑައިނުގަންނަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެންމެފަހުން، އުމުރުފުޅުން 83 އަހަރުވެފައިވާ ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ލިބިވަޑައިގަންނަވަމުންގެންދަވާ އަނިޔާވެސް ރައީސް ޔާމީން ނިންމަވާލެއްވީ ނަމައަކުންނެވެ. ރައީސް ޔާމީންގެ ބޮޑު "ނަމަ" އިންނެވެ. އެވެސް ވަރަށް ރައީސް މައުމޫނަށް ވަރަށް އިހުތިރާމްކުރައްވާކަމަށް ވިދާޅުވުމަށްފަހުގަ އެވެ.

ހދ. ހަނިމާދޫ ނަރުދަމާ ނިޒާމްގެ ހިދުމަތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ކޮންމެކަމަކުންވެސް ރެކިވަޑައިގަތުމަށް ބޭނުންކުރާ ބޮޑު ބަހަކަށް "ނަމަ" ރައީސް ޔާމީން އެ ވަނީ ހައްދަވާފަ އެވެ.

ޑީލަށް އޯކޭވިނަމަ ޝެއިހު އިމްރާން އަބްދުﷲ ވެސް އޮންނަވާނީ ގޭގައިކަމަށް މާދަމާ ވިދާޅުވެދާނެ އެވެ. ވެރިކަމުގެ ކަންތައްތަކާއި ފާޑުނުކިޔައި، ވެރިކަމާ ނޫޅުއްވިނަމަ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޤާސިމް އިބްރާހިމްގެ މައްޗަށް ޖަލު ހުމެއް ނައީސްކަމަށްވެސް ރައީސް ޔާމީން ވިދާޅުވެދާނެ އެވެ. ހުކުމް ނުނެރުއްވިނަމަ ސުޕްރީމް ކޯޓުގެ ފަނޑިޔަރުންނަށް ޖަލުގައި އޮންނަވަންޖެހިވަޑައިނުގަންނަވާނެކަމާއި، ސަނާ ކިޔުމުގައި ދެމިތިބިނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިވެސް ނުގެއްލޭނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވުމަކީ ހަމަ ގާތުގައިވާކަމެކެވެ.

އަނިޔާވެރި ރަހުމުކުޑަގޮތަކަށް، މަރާލެވުނު އަނަސް މަރާލެވުނީ ލައިގެން ހުރި ޓީޝާޓެއްގެ ސަބަބުންކަމަށް ވިދާޅުވެފައިވާއިރު، އެހެން ޓީޝާޓެއްލައިގެންހުރިނަމަ އަނަސްވެސް މަރާނުލާނެކަމަށްވެސް ރައީސް ޔާމީން ހަމަވިދާޅުވެދާނެ އެވެ.

އިސްލާމިކް ބޭންކުން 1 މިލިއަން ޑޮލަރު ޖަމާނުކޮށްދިންނަމަ، އަމިއްލަ ފުޅު އެކައުންޓުގައި 1 މިލިއަން ޑޮލަރު ނޯންނާނެކަމާއި، އެމްއެމްޕީއާރުސީއަކީ ވުޖޫދުގައި ނެތް ކުންފުންޏެއްނަމަ އެ ކުންފުނީގެ ހަލާލުނޫން ފައިސާ އެމަނިކުފާނުގެ ގެކޮޅަށް ނުވަނީސްކަމަށްވެސް މާދަމާ ރައީސް ޔާމީން ވިދާޅުވެދާނެ އެވެ.

ދެން ރައްޔިތުންވީ އެ ހުރިހާ ވާހަކައެއް ގަބޫލުކޮށް، ރައީސް ޔާމީނަށް ސަނާ ކިޔައި، އަތްޖަހަން ހެއްޔެވެ.

ރައީސް ޔާމީނެވެ. މިނިވަން ފަނޑިޔާރުގެޔެއް އޮތް ތަނެއް ނަމަ، ފޯނު ދެއްވިނަމަވެސް، ފޯނު ނުދެއްވިނަމަވެސް ރައީސް މައުމޫނު މިނިވަންކުރުމަކީ މަނިކުފާނަށް ކުރެއްވޭނެކަމެއް ނޫނެވެ. މިނިވަން ފަނޑިޔާރު ގެޔެއް އޮތް ތަނެއް ނަމަ، މައްސަލަ ތަހުޤީޤްކޮށް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާ ހިސާބުން ސަރުކާރުގެ ބާރުވެރިކަން އެ މައްސަލައަކުން އެއްކޮށް ގެއްލިގެންދިޔައީ އެވެ. ދެން އެ މައްސަލައެއްގައި ގޮތެއް ނިންމައި، މީހަކު މިނިވަންކުރާނީތޯ ބަންދުކުރާނީތޯ ނިންމާނީ ޕީޖީ އާއި ކޯޓުތަކުގެ ފަނޑިޔާރުންނެވެ. މިނިވަން ފަނޑިޔާރުގެޔެއްް، އަދި ސަރުކާރުގެ ނުފޫޒެއް ނެތި ހިނގާ ޖުޑީޝަރީތައް ހިނގަނީ މި ދެންނެވި އުސޫލުންނެވެ. އެއީ އަޅުގަނޑުމެންގެ ދުސްތޫރުގައި އެކަން ކުރަން އަންގާގޮތެވެ.

އެވެނިކަމެއް، މިވެނިގޮތަކަށްވިނަމަ، މިވެނިކަމެއް ނުވީސްކަމަށް ރައީސް ޔާމީން ވިދާޅުވާއިރު، ރައީސް ޔާމީން ވެރިކަމަށް ވަަޑައިނުގެންނެވިނަމަ، މިއިން އެއްވެސްކަމެއް ނުވީސް ދެއްތޯ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

ކިތަންމެ އަނިޔާއެއް ކުރިނަމަވެސް ރާއްޖޭޓީވީގެ ނޫސްވެރިން ފަހަތަކަށް ނުޖެހޭނެ

23 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު