Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ސަރުކާރުގެ ޚާރިޖީ ސިޔާސަތު

ފައިސާއާއި އެއްޗެހި ދެންޏާ 'ޓެރަރިސްޓުން'ވެސް އޯކޭ؟

އުރީދޫއިން ވަނީ ސީ އެމްބިއުލާންސެއް ހަދިޔާކޮށް، އެއަރ އެމްބިއުލާންސެއް ދޭނެކަމަށް ބުނެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 20 ޖުލައި 2018 | ހުކުރު 14:45
ރާއްޖެއިން ޤަތަރާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލީ އެޤައުމުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ

ރާއްޖެއިން ޤަތަރާއިއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލީ އެޤައުމުން ޓެރަރިޒަމަށް ވާގިވެރިވާކަމަށް ބުނެ

މިދިޔަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ހެނދުނު މުޅި ދުނިޔެއަށް ސިހުން ގެނައީ ސަޢޫދީ ޢަރަބިއްޔާ އިސްވެ އޮވެ، ގަލްފުގެ ޤައުމުތަކުން އެސަރަހައްދުގެ އެހެން ޤައުމެއްކަމަށްވާ ޤަތަރާއިއެކު ގުޅުން ކަނޑާލި ވާހަކައެވެ. އަދި އެޤައުމުތަކުގައި ތިބި ޤަތަރުގެ ރައްޔިތުން އެޤައުމުތަކުން ފައިބާ، ޤަތަރުގައި ތިބި އެޤައުމުތަކުގެ ރައްޔިތުން އަވަހަށް ޤައުމަށް އެނބުރި އައުމަށް އެންގިއެވެ.

ޤަތަރާއިއެކު ގުޅުން ކަނޑާލީ ސަޢޫދީއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިތުރުން ބަޙްރައިންއާއި މިސްރުންނެވެ. މީގެ އިތުރުން ސައޫދީއިން މަދަދުވެރިވާ ޔަމަނުގެ ސަރުކާރުންވެސް ގުޅުން ކަނޑާލިއެވެ. އެހެންނަމަވެސް ދިވެހިންނަށް ހައިރާންކަން ގެނުވީ ކުއްލިއަކަށް މާދުރުގައި އޮތް ދިވެހިރާއްޖެއިންވެސް ޤަތަރާއިއެކު ގުޅުން ކަނޑާލި ވާހަކައިންނެވެ. މެދުއިރުމަތީގެ ޤައުމުތަކުން އެކި ބަހަނާ ދައްކާފައި ޤަތަރާއިއެކު ގުޅުން ކަނޑާލީ އެސަރަހައްދުގައި އުފެދިފައިވާ ސިޔާސީ އަދި އިޤްތިޞާދީ ހަލަބޮލިކަމެއްގެ ތެރެއިންނެވެ. އެހެންނަމަވެސް ސަޢޫދީއިން ބުނީތީ ރައީސް ޔާމީންގެ ސަރުކާރަށް ޤަތަރު ފެނުނީ ޓެރަރިޒަމަށް ވާގިވެރިވާ ޤައުމެއްގެ ގޮތުގައެވެ.

ސަޢޫދީއިން ޤަތަރަށް ވާގިވެރިވާން ކުރީ ކީއްކަމެއް ދިވެހި ސަރުކާރަށް އެނގިފައި އޮންނާނެކަމާއިމެދު ޝައްކެވެ. ސިޔާސީ ފަރާތްތައް ޖަލަށްލާން މާމޮޅެތި އިންޓެލިޖެންސް ރިޕޯޓް ހެދިޔަސް، ޤަތަރުން ޓެރަރިޒަމަށް ވާގިވެރިވެގެން ކުރި ކަމެއް އެއިން އިންޓެލިޖެންސް ރިޕޯޓަކުން ފެންނަން އޮންނާނެކަމާއިމެދު ޝައްކެވެ. އެހެންނަމަވެސް ސަޢޫދީއިން ބުނީތީ ދިވެހި ސަރުކާރަށް ޤަތަރު ސަރުކާރު ވަރުގެ ނުބައި ނުލަފާ ސަރުކާރެއް ނެތެވެ. ޔަހޫދީ ދައުލަތް އިސްރާއީލަށްވުރެ ޤަތަރުގެ ނުބައިކަން ބޮޑުކަމަށް ރައީސް ޔާމީންގެ ސަރުކާރަށް ފެނިއްޖެއެވެ.

އެއާއިއެކު ދެން ފެނިގެން ދިޔައީ ޓެރަރިސްޓް ހަރަކާތްތަކަށް ވާގިވެރިވާ ދައުލަތަކާއި ގުޅުން ނުބާއްވަންވެގެން ރައީސް ޔާމީންގެ ސަރުކާރުން ގުޅުން ކަނޑާލި ދެވަނަ އިސްލާމީ ޤައުމާއިއެކު ގުޅުން ކަނޑާލިތަނެވެ. ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލުމަށް ވަޒީރުންގެ މަޖިލީހުގެ ރުހުމާއިއެކު ރައީސް ޔާމީން ނިންމެވިކަން ދިވެހި ސަރުކާރުގެ ގިނަ ބޭފުޅުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި މީޑިއާއަށް އެނގުމުގެ ކުރިން ސަޢޫދީގެ މީޑިއާއަށް އެނގުނެވެ. ކެބިނެޓް ބައްދަލުވުން ނިމިގެން ނިކުމެވަޑައިގެންނެވިއިރު ކެބިނެޓް ވަޒީރުންނަށް މިވީ އަދި ކިހިނެއްކަމެއް ނޭނގުނެވެ.

އެހެންނަމަވެސް މިފިޔަވަޅަކީ ހަމަހަޤީގަތުގައިވެސް ބައެއްގެ ނުފޫޒުން ކުރި ކަމެއްކަން ވަރަށް ރަނގަޅަށް ސާބިތުވިއެވެ. ޤަތަރާއިއިއެކު އޮންނަ ގުޅުން ކަނޑާލަމުން ޤަތަރުގެ މަތިންދާބޯޓުތައް އެޤައުމުތަކުގެ މަތިން ދަތުރުކުރުންވެސް ގަލްފުގެ ޤައުމުތަކުން މަނާކުރިއެވެ. އެހެންނަމަވެސް ޤަތަރުގެ ސަރުކާރުގެ އެއަރލައިން ޤަތަރު އެއަރވޭސްގެ ފްލައިޓްތައް ރާއްޖެއަށް ކެންސަލް ކުރާކަށް ދިވެހި ސަރުކާރަށް ނުކެރުނެވެ. އެވަރުގެ ބޮޑު ޓެރަރިސްޓް ޤައުމެއްގެ އެއަރލައިނަކުން ރާއްޖެއަށްކުރާ ދަތުރުތައް ކެންސަލްނުކުރީ ކީއްވެބާއޭ އޭރުވެސް ސުވާލު އުފެދުނެވެ. ޤަތަރު އެއަރވޭސްއަކީ ޤަތަރުގެ ޝާހީ އާއިލާގެ ފުރިހަމަ ކޮންޓްރޯލް އޮންނަ، ޤަތަރު ސަރުކާރުގެ ކުންފުންޏެކެވެ.

ޤަތަރުން ރާއްޖޭގައި ކޮށްފައިވާ އެންމެ ބޮޑު އިންވެސްޓްމަންޓަކީ އުރީދޫ ކުންފުންޏެވެ. އުރީދޫ ކުންފުނި ޤަތަރުގެ ޝާހީ އާއިލާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފައިވާއިރު، އެކުންފުނިން ވަނީ ރާއްޖޭގެ މުވާޞަލާތީ ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް، އެދާއިރާގައި އެއް ކުންފުންޏަކުން ގެންގުޅެމުން އައި މޮނޮޕޮލީ ނިމުމަކަށް ގެނެސް، ވާދަވެރި މާހައުލެއް ޤާއިމްކުރިއެވެ. އުރީދޫއަކީ ރާއްޖޭގެ އިޖްތިމާޢީ ދާއިރާއަށްވެސް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ، އަދި ކުރަމުން އަންނަ ނަމޫނާ ކުންފުންޏެކެވެ. ދާދި ފަހުން އިވިގެން ދިޔައީ އުރީދޫއިން ރާއްޖެއަށް ސީއެމްބިއުލާންސެއް ހަދިޔާކޮށް، އެއަރ އެމްބިއުލާންސެއް ހަދިޔާކުރަން ނިންމި ވާހަކައެވެ. ބަޔަކު ހެޔޮ ވާނީ އެހާ ވަރަކަށެވެ. އެކަމަކު އެއީ ހަމަ އެއްކަލަ ޓެރަރިސްޓުންނަށް ވެގެން އެބަޔަކާއި ދިވެހި ސަރުކާރުން ގުޅުން ކަނޑާލި ޤަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެކެވެ.

ދިވެހި ސަރުކާރުގެ އަމާޒު އެހެރީ ލިބޭތާ ލިބިގަނެ، ނުލިބޭތާ ޖަހައިގަންނަ އުޞޫލުންނެވެ. ހަކުރު ދެންޏާ ބޮޑު ބޭބެ އުޞޫލުންނެވެ. ފެންކައްކާ ބޮލީގެ އިއްޒަތް ދިވެހި ރައްޔިތުންނަށާއި ބޭރު ޤައުމުތަކަށްވެސް އެދަނީ އަރުވަމުންނެވެ. މިއިން ކޮންމެ ކަމަކުން ފެނިގެންދަނީ ސަރުކާރުގެ ދޯހަޅިކަމެވެ. ތާކުންކުރެ ތާކުޖެހޭ ސިޔާސަތެއް ނެތްކަމެވެ. އެއްކޮޅުން އިސްލާމް ދީނޭ ޤައުމިއްޔަތޭ ކިޔާއިރު، އަނެއްކޮޅުިން އެދަނީ އިސްލާމީ ޤައުމުތަކާއި ގުޅުން ކަނޑައި، ޤައުމުގެ އިސްތިޤްލާލު ނީލަން ކިޔަމުންނެވެ. އިންތިޚާބެއް ބޯމަތީގައި އޮތް އިރު، މިއީ ރައްޔިތުން ވިސްނާލުން ރަނގަޅު ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

ބްރިޖަށް 1 އަހަރު: ދިވެހިން އަދިވެސް ބުނަނީ ބްރިޖް އޯކޭ ކަމަށް، ވައްކަން އޯކޭ ނޫން ކަމަށް!

30 އޯގަސްޓު 2019
''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''

''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''

11 މާރިޗު 2019
ކާންޔޭއާއި ކިމްގެ އާއިލާއާ އޯކޭތަ؟

ކާންޔޭއާއި ކިމްގެ އާއިލާއާ އޯކޭތަ؟

09 އޮކްޓޯބަރު 2018
މިހާރު މުޒާހަރާކުރަން 'އޯކޭ'!

މިހާރު މުޒާހަރާކުރަން 'އޯކޭ'!

02 އޮކްޓޯބަރު 2018
މީތި ކަޑަޔޯ! ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން އޯކޭ!

މީތި ކަޑަޔޯ! ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން އޯކޭ!

04 އޯގަސްޓު 2018

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު