Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވާދަވެރިއަކީ ރައީސް ޔާމީނެއް ނޫން، ވަދާވެރިއަކީ އިލެކްޝަންސް ކޮމިޝަން: އަލީ ނިޔާޒު

20 ޖުލައި 2018 | ހުކުރު 05:34

އީސީގެ ފަސް މެމްބަރުންގެ ދުއްތުރާތަކުން ސަލާމަތްވާން ޖެހޭ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 20 ޖުލައި 2018 | ހުކުރު 05:34
ޖަގަހަ ހުޅުވުމަށް ފަހު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ

ޖަގަހަ ހުޅުވުމަށް ފަހު އަލީ ނިޔާޒު ވާހަކަ ދައްކަވަނީ

ރިޔާސީ އިންތިހާބުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވާދަވެރިއަކީ ރައީސް ޔާމީން ނޫން ކަމަށާއި ވާދަވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި "ޖަޒީރާ ރީ ރަޖިސްޓްރޭޝަން" ޖަގަހަ ހުޅުވުމަށް ފަހު ވާހަކަދައްކަވަމުން އަލީ ނިޔާޒު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން މި އިންތިހާބަށް ކުރައްވާ ދުއްތުރާތަކުން ގުޅިފައިވާ ޕާޓީތައް ސަލާމަތްވާން ޖެހޭކަމަށެވެ. ހަގީގަތުގައި މި އިންތިހާބުގައި ވާދަވެރިއަކީ ރައީސް ޔާމީން ނޫން ކަމަށާއި، ވާދަވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަން ކަމަށް އަލީ ނިޔާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެންގެ މި އިންތިހާބުގެ އެންމެ ބޮޑު ވާދަވެރިއަކީ ރައީސް ޔާމީނެން ނޫން، އެންމެ ބޮޑު ވާދަވެރިއަކީ އިލެކްޝަންސް ކޮމިޝަން، އެބޭފުޅުންގެ ނޮހޮރޮއްޕާނާ ދުއްތުރާއިން ސަލާމަތްވެ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބު ކުރަންއެބަޖޭ" ނިޔާޒު ވިދާޅުވިއެވެ.

"ޖަޒީރާ ރީ ރަޖިސްޓްރޭޝަން" ޖަގަހަ ހުޅުމާލޭގައި ރަނިންގ މޭޓް ފައިސަލް ހުޅުއްވައިދެއްވަނީ

ނިޔާޒު ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ކަށަވަރުކުރުމަށްޓަކައި އެންމެ ފަހު ވަގުތާއި ހަމައަށް ވެސް ކުރާނެ މަސައްކަތަކީ އެކޮމިޝަން ބަދަލުކުރުމަށް ކުރާ މަސައްކަތް ކަމަށެވެ. އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރާނެ ކަމަށާއި، އިލެކްޝަންސް ކޮމިޝަންގެ މަގާމުތަކަށް ދެން އައްޔަން ކުރާނީ މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދޭނެ ފަދަ ބޭފުޅުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"މިއަދު އިލެކްޝަންސް ކޮމިޝަނުގެ މަގާމުތަކާއި ހަވާލުވެ ތިއްބެވި ފަސް މެމްބަރުން އެ މާގަމުން ދުރުކޮށް، އަލުން މިނިވަން އިންސާފުވެރި އިންތިހާބެއް ހޯދޭނޭފަދަ ބަޔަކު އެ މާގަމުތަކަށް ގެނެއުން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ކާމިޔާބުކުރާނަން، ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތުން މިރާއްޖެއަށް ހަމަޖެހުން ލިބި ފަހި ދުވަސްތަކެއް ފަހިވެގެން ދާނެ،" ނިޔާޒު ވިދާޅުވިއެވެ.

މިވަގުތު އެންމެ އިސްކަމެއް ދޭންވީ ރަށްވެހިފައި ރަށް ނޫން ރަށަކަށް ވޯޓުލާ ރައްޔިތުން ރީރަޖިސްޓްރީ ކުރުންކަން ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވީ މިވަގުތު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށް ގެންދާ ހަރާކާތުން، 45 ހާހަށްވުރެ ގިނަ ރައްޔިތުން ގުޅިފައިވާ ޕާޓީތަކުގެ ބެލުމުގެ ދަށުން ރީރަޖިސްޓްރީ ކުރާނެކަމަށެވެ. އެކަން ހާސިލްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ އެމްޑީޕީގެ ޖަހަތަކަށް ރައްޔިތުން އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ނިޔާޒު ވިދާޅުވިއެވެ.

"ޖަޒީރާ ރީރަޖިސްޓްރޭޝަން" ޖަގަހައަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓު ރީ ރަޖިސްޓްރީ ކުރުމަށް ހާއްސަކޮށްގެން ހުޅުވި ޖަގަހައެކެވެ. މި ޖަގަހަ ހުޅުވި ހަފްލާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް