Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ރީރެޖިސްޓްރީ ކުރުމަށް އެމްޑީޕީގެ ޓީމްތައް ގޭގެއަށް!

18 ޖުލައި 2018 | ބުދަ 17:14

11 އޮގަސްޓްގެ ކުރިން ރީރެޖިސްޓްރީ ކުރުމަށް އިބޫ އެދިލައްވާ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 ޖުލައި 2018 | ބުދަ 17:14
އައްޑޫ ސިޓީ ފޭދޫގައި ރީރަޖިސްޓްރީ ކުރުމަށް އެމްޑީޕީގެ ޓީމް ގޭގެއަށް ޒިޔާރަތް ކުރަނީ

އައްޑޫ ސިޓީ ފޭދޫގައި ރީރަޖިސްޓްރީ ކުރުމަށް އެމްޑީޕީގެ ޓީމް ގޭގެއަށް ޒިޔާރަތް ކުރަނީ

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރުމަށް އެމްޑީޕީން ފަށާފައިވާ ހަރަކާތުގެ ތެރެއިން އެޕާޓީގެ ޓީމްތައް ގޭގެއަށް ގޮސް ރީ ރަޖިސްޓްރީ ކޮށްދެން ފަށައިފިއެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި 23 ސެޕްޓެމްބަރުގައި ވޯޓުލާނަމަ ވީހާވެސް އަވަހަށް 11 އޮގަސްޓްގެ ކުރިން ރީރެޖިސްޓްރީ ކުރެއްވުމަށް އެދޭ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވާފައިވާއިރު، އެމްޑީޕީގެ ޓީމްތަކުން މުޅި ރާއްޖޭގައި އެ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ. ރަށްތަކުގެ ހަރުގެތަކުގައި ރީ ރަޖިސްޓްރީކުރެވޭ ގޮތަށް އިންތިޒާމްތަށް ހަމަޖައްސާފައިވާއިރު، ދާއިރާތަކުގެ ޕެޗު އެޖެންޓުން ދަނީ ގޭގެއަށް ގޮސް ރީރަޖިސްޓްރީ ފޯމް ފުރާދެމުންނެވެ.

Advertisement - newsAdvertisement

އެގޮތުން މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންނަން ހާއްސަކޮށްގެން އެމްޑީޕީ ހަރުގޭގައި ކޮންމެ ދުވަހަކު ހެނދު 10:00 އިން ރޭގަނޑު 11:00 އަށް ރީރެޖިސްޓްރީކުރުވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ރީރަޖިސްޓްރީ ކުރުމަށް މާލޭގެ އެކި ދާއިރާތަކުގެ ކެމްޕެއިން ޓީމްތަކުން ގޭއަށް ޒިޔާރަތް ކުރަމުންދާއިރު، ބުދަ ދުވަހު އައްޑޫ ސިޓީ ފޭދޫއާއި، ވައިކަރަދޫގައި ވަނީ ކެމްޕެއިން ޓީމުތަކުން ވަނީ ރީރަޖިސްޓްރީ ކުރުމަށް ގޭގެއަށް ޒިޔާރަތް ކޮށްފައެވެ. ފޭދޫގައި ރީރަޖިސްޓްރީ ކުރުމުގެ ޕްރޮގްރާމްގައި ފަށާފައި ވަނީ އެމްޑީޕީގެ ކެމްޕެއިންގައި ޕެޗު އެޖެންޓުންގެ ގޮތުގައި އެ އަވަށުގައި ހަރަކާތެރިވާ މީހުންނާއި ފޭދޫ ދާއިރާގެ ފަރާތުން ބައްދަލުކުރުމަށް ފަހުގައެވެ.

ރަޖިސްޓްރޭޝަނަށް އިލެކްޝަން ކޮމިޝަނުން ބުނީ ރަށްވެހިވެފައިވާ ރަށް ނޫން ރާއްޖޭގެ އެހެން ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުންނާއި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި މާލޭ ސިޓީގައި ނަމަ އިންތިހާބީ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށެވެ. ކޮމިޝަނުން ބުނީ ހުޅުމާލޭގެ ކޮމިއުނިޓީ ސެންޓަރުންނާއި، ވިލިނގިލި މޯބައިލް ސްޓޭޝަނުން ވެސް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ކެމްޕެއިން ހަރަކާތަށް ވަރުގަދަ ކުރުމުގެ ގޮތުން މާލެ އާއި އަތޮޅުތެރޭގައި ޓީމްތަށް ދަނީ ހަރަކާތެރިވަމުންވެ. ލ. އަތޮޅުގެ ކޯޑިނޭޓަރ ޑރ. މުސްތަފާ ލުތުފީގެ ޓީމް އެ އަތޮޅުގެ ރަށްތަކަށް ވަޑައިގެން ކެމްޕެއިނުގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ކެމްޕޭންގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފެއްޓެވީ ހޯމަ ދުވަހުގައެވެ. މުސްތަފާ ލުތުފީގެ ޓީމުން ލ. އަތޮޅުގައި ދޮރުން ދޮރަން ކެމްޕެއިން ހިންގެވުމުގެ އިތުރުން ރަށްތަކުގައި ކެމްޕެއިން ޓީމުތަކާއި ޕެޗު އެޖެންޓުން ދަނީ ބައްދަލުކުރައްވަމުންނެވެ.

ޑރ. މުސްތަފާ ލުތުފީގެ ޓީމުން ލ. އަތޮޅުގެ ގަމާއި، އެ އަތޮޅު މުންޑޫ އާއި، ދަނބިދޫ އާއި، މާއިބައިދޫ އާއި މާވަށާއި، މާމެންދު އާއި، ފޮނަދޫ އާއި، އިސްދޫ، ކަލައިދޫއަށް ވަޑައިގެން ކެމްޕެއިން ޓީމްތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. ލ. އަތޮޅުގެ ކެމްޕެއިން ހަރަކާތްތައް ވަރުގަދަ ކުރުމަށް ވެސް ދަނީ ރަށު ފެންވަރުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. ހާއްސަކޮށް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރުން ދަނީ ގިނަ ކަންތައްތަކެއް ހިންގަމުންނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ހުންނަވައިގެން އެކި ދާއިރާތަކުގެ ޕެޗު އެޖެންޓުންނާއި ސްކައިޕް މެދުވެރިކޮށްގެން ދަނީ ބައްދަލުކުރައްވަމުނެވެ. ބުދަ ދުވަހު އެމަނިކުފާން ވަނީ މާފަންނު ދެކުނު ދާއިރާގެ ޕެޗު އެޖެންޓުންނާއި ބައްދަލުކުރައްވާ ކެމްޕެއިން ހަރަކާތަށް ކުރިއަށްދާ ގޮތް އޮޅުންފިލުވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް