Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަލިފާން ފަރުބަދަ

ކިލުއެއަ ފަރުބަދައިން ފޮނުވާލި ލާވާ ބޯޓަކަށް އަރައި 23 މީހަކަށް އަނިޔާ ވެއްޖެ

އަނިޔާވި އެކަކުގެ ފައި ވަނީ ބިންދައި ގެންގޮސްފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 17 ޖުލައި 2018 | އަންގާރަ 13:52
ލާވާގެ އަސަރު ކުރި ބޯޓު: އެ ބޯޓުގެ ގެގަޑު ވަނީ ފަރުބަދައިން ފޮނުވާލި ގަލެއް ފޫ އަޅުވާލައިފައި

ލާވާގެ އަސަރު ކުރި ބޯޓު: އެ ބޯޓުގެ ގެގަޑު ވަނީ ފަރުބަދައިން ފޮނުވާލި ގަލެއް ފޫ އަޅުވާލައިފައި

އެމެރިކާގެ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ހަވައިގެ ބިގް އައިލެންޑްސް ސިޓީގައިވާ 'ކިލުއެއަ' އަލިފާން ފަރުބަދައިން ފޮނުވާލި ލާވާ، ވައިގެތެރެއިން ލާފައި ގޮސް ފަތުރުވެރިން ގޮވައިގެން ދިޔަ ބޯޓަކަށް އަރައި 23 މީހުންނަށް އަނިޔާ ވެއްޖެއެވެ.

ފަރުބަދަ ގޮވުމުގެ ތެރޭގައި، އޭގެއިން ފޮނުވާލި ގަލެއް ވެސް ވަނީ އެ ބޯޓުގެ ގެގަޑު ފޫއަޅުވާލާ އެތެރެއަށް ވަދެގެންފައެވެ. އެ ހާދިސާގައި ފަތުރުވެރިއެއްގެ ފައި ބިންދައިގެން ގޮސްފައިވާއިރު ދެންތިބި މީހުންގެ ހަށިގަނޑު ވަނީ ފިހިފައެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ އެ ބޯޓު އެ ސަރަހައްދުން ދަތުރުކުރީ ލާވާތައް މޫދަށް އެޅޭ މަންޒަރު ބަލާލަން ކަމަށާއި ކޮންމެ ބޮލަކަށް 250 ޑޮލަރު ޗާޖް ކޮށްފައިވާ ކަމަށެވެ.

ކިލުއެއަ އަލިފާން ފަރުބަދަ މޭ މަހުގެ ފުރަތަމަ ކޮޅުގަ ގޮވީއްސުރެން އެ ފަރުބަދައިގެ ހާލަތު ދަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސް ވަމުންނެވެ. ފަރުބަދައިން ނިކުންނަމުންދާ ލާވާ މޫދު ތެރެއަށް ފައިބަމުންދިއުމާއި ގުޅިގެން ނުރައްކާތެރި ލޭޒް ގޭސް ދަނީ އުފެދެމުންނެވެ. އެ ގޭސް އުފެދެނީ ހޫނު ލާވާ މޫދުގައިޖެހުމުގެ ސަބަބުން ލޮނާއި ފެން ގޭހަކަށް ބަދަލުވެ އަރައިގެން ދާއިރުއެވެ. ލޭޒް ގޭހުގައި ހައިޑްރޯ ކްލޮރިކް އެސިޑްއާއި ބިއްލޫރި އެތިއެތި ކޮޅުކޮޅު ހުރެއެވެ. އެ ގޭހުގެ އަސަރު ބޮޑަށް ކޮށްފިނަމަ މަރު ވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ފަޔަރ އެންޑް ރެސްކިއުއިން ބުނީ ގެއްލުން ލިބުނު ބޯޓު ވަނީ އޭގެ އަމިއްލަ ބާރުގައި ބަނދަރު ކޮށްފައި ކަމަށެވެ. އަދި ބަނދަރު ކުރުމާއެކު ގެއްލުން ލިބުނު މީހުންގެ ތެރެއިން ތިން މީހުން ވަނީ ވަގުތުން އެމްބިއުލާންސްގައި ފޮނުވާލައިފައި ކަމަށެވެ.

ފުރާނައަށް ނުރައްކާވި ހާދިސާ ކިޔައިދެމުން ފަސިންޖަރަކު ބުނީ "އެވީކަމެއް ހިނގީ ފަޅި ސިކުންތުކޮޅެއްގައި ކަމަށެވެ." ބޯޓަށް ލާވާގެ އަސަރު ކުރިއިރު ފިލަން ދުވާނެ ވަކި ތަނެއް އެ 20 ފޫޓުގެ ބޯޓުގައި ނެތް ކަމަށާއި ހުރިހާ އެންމެން ވެސް ލާވާއިން ސަލާމަތްވުމަށް ވަނީ އެއްތަނަކަށް ކަމަށެވެ. އެއަށް ފަހު އިރުކޮޅެއް ނުވަނީސް މޫނުގައި ޖެހުނީ ފަރުބަދައިން ފޮނުވާލި ހޫނު އަޅި ކަމަށް އޭނާ ބުނެއެވެ.

ބޯޓުން ދަތުރު ކުރި އެހެން ފަސިންޖަރަކު ބުނީ އެ ބޯޓު ވަނީ ލާވާ މޫދަށް ފައިބާ ހިސާބާ 300 މީޓަރަށް ވުރެ ކައިރިއަށް ގޮސްފައިވާ ކަމަށާއި އެހެން ކަމުން ބޯޓު ވަނީ ގަވާއިދާ ޚިލާފުވެފައިވާ ކަމަށް ބުނެފައެވެ. ކަމާއިބެހޭ ފަރާތްތަކުގެ ބަހެއް ލިބިފައި އަދި ނުވާއިރު ބައެއް ތަޖްރިބާކާރު ކައްޕިންނަށް 300 މީޓަރަށް ވުރެ ކައިރިއަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.

ކިލުއެއަ އަލިފާން ފަރުބަދައިގެ ލާވާ ވައިގެތެރެއިން ގޮސް އަނިޔާއެއް ލިބިފައިވާ ކަމަށް މީގެ ކުރިން ރިޕޯޓް ލިބިފައިވަނީ އެންމެ ފަހަރަކުއެވެ. އެފަހަރު ލާވާ އަރާފައިވަނީ ބެލްކަންޔެއްގައި އިށީދެގެން އިން މީހެއްގެ ފަޔަށެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ޖިއޮލޮޖިސްޓުން ވަނީ ލާވާ މޫދަށް އެޅުމުގެ ސަބަބުން ކުޑަ ރަށެއް އުފެދިފައިވާކަން ވެސް ވަނީ ޔަގީން ކޮށްދީފައެވެ.

އިތުރަށް ކިޔާލަން

01 ޖެނުއަރީ 2024

އެމެރިކާގެ އަސްކަރިއްޔާއިން ޙޫޘީންގެ ތިން ބޯޓަކަށް ހަމަލާދީ 10 ހަނގުރާމަވެރިން މަރާލައިފި

01 ޖެނުއަރީ 2024
އެމެރިކާގެ އަސްކަރިއްޔާއިން ޙޫޘީންގެ ތިން ބޯޓަކަށް ހަމަލާދީ 10 ހަނގުރާމަވެރިން މަރާލައިފި
04 ޖުލައި 2021

އިސްރާއިލުގެ އާގު ބޯޓަކަށް ގޮތްނޭނގޭ ހަމަލާތަކެއް ދީފި

04 ޖުލައި 2021
އިސްރާއިލުގެ އާގު ބޯޓަކަށް ގޮތްނޭނގޭ ހަމަލާތަކެއް ދީފި
11 ޖުލައި 2018

ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫސީން ފޮނުވާލި މިސައިލެއް އަނެއްކާވެސް ވައްޓާލައިފި

11 ޖުލައި 2018
ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫސީން ފޮނުވާލި މިސައިލެއް އަނެއްކާވެސް ވައްޓާލައިފި
21 މެއި 2018

ކިލުއެއަ ފަރުބަދައިން ފޮނުވާލި ލާވާ މީހެއް ގައިގައި ޖެހި ސީރިއަސް އަނިޔާ ވެއްޖެ

21 މެއި 2018
ކިލުއެއަ ފަރުބަދައިން ފޮނުވާލި ލާވާ މީހެއް ގައިގައި ޖެހި ސީރިއަސް އަނިޔާ ވެއްޖެ
14 މެއި 2018

ހަވައިގެ އަލިފާން ފަރުބަދައަކުން ލާވާ ވައިގެ ތެރެއަށް ފޮނުވާލައިފި

14 މެއި 2018
ހަވައިގެ އަލިފާން ފަރުބަދައަކުން ލާވާ ވައިގެ ތެރެއަށް ފޮނުވާލައިފި
26 މާރިޗު 2018

ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި

26 މާރިޗު 2018
ޔަމަނުގެ ތެރެއިން ސައުދީއަށް ފޮނުވާލި ހަތް މިސައިލެއް ހުއްޓުވައިފި
20 ޑިސެމްބަރު 2017

ސައުދީއަށް އަމާޒުކޮށް ފޮނުވާލި ހޫސީންގެ މިސައިލެއް ވައްޓާލައިފި

20 ޑިސެމްބަރު 2017
ސައުދީއަށް އަމާޒުކޮށް ފޮނުވާލި ހޫސީންގެ މިސައިލެއް ވައްޓާލައިފި
29 އޯގަސްޓު 2017

އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ

29 އޯގަސްޓު 2017
އުތުުރު ކޮރެއާ އިން ޖަޕާނު ސަރަހައްދުން ފޮނުވާލި މިސައިލް އާއި ގުޅިގެން އދ ސެކިޔުރިޓީ ކައުންސިލުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
28 ޖުލައި 2017

މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް

28 ޖުލައި 2017
މާޗްމަހު ރެފިއުޖީންގެ ބޯޓަކަށް ދިން ހަމަލާގެ ތުހުމަތު ސައުދީ ކޯލިޝަނަށް
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު