Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން

ޓްރަމްޕް-ޕޫޓިންގެ ބައްދަލުވުން:ރަޝިއާ ދިފާއުކުރުމުން ޓްރަމްޕަށް އިންތިހާ ފާޑުކިޔުން

ރަޝިއާއިން އެމެރިކާގެ އިންތިޚާބަށް ނުފޫޒޫ ފޯރުވަންވީ ސަބަބެއް ނޯންނާނެ:ޓްރަމްޕް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 17 ޖުލައި 2018 | އަންގާރަ 17:10
ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ) ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން(ކ) އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް(ވ) ބައްދަލުވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައި ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާ ދިފާއުކުރެއްވުމުން އިންތިހާ އަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިންއާ އެކު ފިންލޭންޑްގައި ބޭއްވެވި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އެމެރިކާގެ އިންޓެލިޖެންސް އޭޖެންސީގެ ވާހަކަތަކާއި ފުށުއަރާ ގޮތަށް ވާހަކަ ދައްކަވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ ރަޝިއާ އިން އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވަންވީ ސަބަބެއް ނޯންނާނެ ކަމަށެވެ.

ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޕޯލް ރަޔަން ވިދާޅުވީ ރަޝިއާއަކީ އެކުވެރިއެއް ކަމަށް ޓްރަމްޕް ދެކެވަޑައިގެން ނުވާނެ ކަމަށެވެ.

ހަރުކަށި ބަސްފުޅުތަކަކުން ރަޔަން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ އެމެރިކާއިން ބަލައިގަންނަ އެންމެ އަސާސީ އޫސުލުތަކާއި ހަމަތައް ވެސް ބަލައި ނުގަންނަ ރަޝިއާ އާއި އެ ގައުމާއި ހަމަހަމަވާނެ ބުއްދީގެ ހަމައެއް ނޯންނާނެކަމަށެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ ވާހަކައަކީ ސުވާލެއް ވެސް އޮތްކަމެއް ނޫންކަމަށެވެ.

ޓްރަމްޕްގެ ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސެނޭޓްގެ މެމްބަރު ޖޯން މެކެއިން ވިދާޅުވީ "އެއީ މާޔޫސްކުރުވި ޕާފޯމަންސްއެއް" ކަމަށެވެ.

ރައީސް ޕޫޓިން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށްބުނާ ވާހަކަ ދޮގުކުރައްވާފައެވެ.

އެމެރިކާގެ ރައީސް އާއި ރަޝިއާގެ ރައީސް ވަނީ ފިންލެންޑްގެ ވެރިރަށް ހެލްސިންކީ ގައި ހޯމަ ދުވަހު ދެ ގަޑިއެއްހާއިރުގެ ބައްދަލުވުމެއް ބާއްވަވާފައެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ރަޝިއާ އިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައި ގައި އެމަނިކުފާނު އިތުބާރު ކުރައްވަނީ އެމަނިކުފާނުގެ އަމިއްލަފުޅު އިންޓެލިޖެންސް އޭޖެންސީއަށްތޯ ނުވަތަ ރަޝިއާގެ ރައީސަށްތޯ ސުވާލުކުރައްވާފައެވެ.

"ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ އެއީ ރަޝިއާގެ ކަމެއް ނޫން. އަޅުގަނޑަކަށް ނުފެނޭ އެއީ ރަޝިއާކުރިކަމަކަށް ވާންޖެހޭ އެއްވެސް ސަބަބެއް" ޖަވާބުގައި ޓްރަމްޕް ވިދާޅުވިއެވެ.

ރައީސް ޓްރަމްޕްވަނީ ރަޝިއާގެ އަމަލުތައް ހުންނަ ގޮތަށްވުރެ ބޮޑަށް އެމެރިކާގެ ކުރީގެ ސަރުކާރުތަކުން ރަޝިއާއާއެކު އޮތް ގުޅުން ކުޑަކަން ފާހަގަ ކުރައްވާފައެވެ.

އެމެރިކާގައި 2016 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި ޑެމޮކްރެޓިކް ޕާޓީގެ ކެނޑިޑޭޓް ހިލަރީ ކްލިންޓަން އާއި ދެކޮޅަށް ސައިބަރ އެޓެކް ދީ އަދި ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފަތުރަން ކުރި މަސައްކަތުގެ ފަހަތުގައި ވަނީ ރަޝިއާކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ނިންމާފައެވެ.

އޭގެ ފަހުން ރައީސް ޓްރަމްޕް ވަނީ އެމަނިކުފާނުގެ އިންޓެލިޖެންސް އިދާރާގެ މުވައްޒަފުންނާ މެދު ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
07 ޖޫން 2017

ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި

07 ޖޫން 2017
ޓްރަމްޕަށް ރަތްދޫލައިގެ މަރުހަބާއެއް ކިޔުމަށް ލަންޑަން މޭޔަރު ދެކޮޅު ހައްދަވައިފި
24 މެއި 2017

އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!

24 މެއި 2017
އިނގިރޭސިވިލާތަށް ޓެރަރިޒަމްގެ ނުރައްކާ އިންތިހާއަށް މަތީގައި!
05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
31 ޖެނުއަރީ 2017

ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕަށް އޮބާމާ ފާޑުވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު