Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ހަތް ރިސޯޓުގައި ވޯޓުފޮށި ބަހައްޓާފަ، ވޯޓުލުގެ ޙައްގު ނިގުޅައިގަންނަން އެ މަސައްކަތް ކުރަނީ: މާރިޔާ

16 ޖުލައި 2018 | ހޯމަ 16:47

ޖުމްލަ 452 ވޯޓު ފޮށި ބަހައްޓާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓް

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 16 ޖުލައި 2018 | ހޯމަ 16:47
އެމްޑީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާން، ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ

އެމްޑީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާން، ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަން ކޮމިޝަނުން ނިންމުމާއި ގުޅިގެން އެއީ ވޯޓުލުމުގެ ހައްގު ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށް އެމްޑީގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާން ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ސޯލްޓު ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހިން އެތައް ބައިވަރު ރިސޯޓުތަކެއްގައި ވަޒީފާ އަދާކުރަމުން އަންނައިރު، އިންތިހާބުގައި ވޯޓުލުމަށް، އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. މިއަދު މި ފެންނަނީ ރިސޯޓުތަކުގައި މަސއްކަތް ކުރާ މުވައްޒިފުންނަން ވޯޓުލުމުގެ ޙައްގު ރައީސް ޔާމީންގެ ސަރުކާރުން ނިގުޅައި އިގަންނަމުންދާތަން ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިންތިޚާބުގައި ޖުމްލަ 452 ވޯޓު ފޮށި ބަހައްޓާއިރު، އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓެވެ. އެއީ ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް އާއި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި، ބަނޑޮސް މޯލްޑިވްސް އާއި، ކުރަމަތި އައިލެންޑް ރިސޯޓާއި، ޕެރެޑައިސް އައިލެންޑް ރިސޯޓާއި، ސަން އައިލެންޑް ރިސޯޓާއި، ކުރެއްދޫ އައިލެންޑް ރިސޯޓު ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި 2013ގެ ރިޔާސީ އިންތިޚާބުގައި 43 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ، އެ އަދަދު ހަތަކަށް ތިރިކޮށްލުމުން ވޯޓުފޮށި ބެހެއްޓުމުގައި، އެއްވެސް އަސާސެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެހެން ރިސޯޓުތަކުގައި 250 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުން ވެސް އިތުރު ފޮއްޓެއް ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފައި ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭރުގައި ފަސް ވޯޓު ފޮށި ބައްހައްޓާފައި ވާއިރު، މި އިންތިހާބުގައި ބަހައްޓަން ނިންމާފައި ވަނީ ހަތަރު ވޯޓުފޮށި ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. މި އިންތިހާބުގައި ސިންގަޕޫރުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމާފައިވާއިރު، ސްރީލަންކާއާއި، އިނގެރޭސި ވިލާތާއި، މެލޭސިޔާ އާއި، އިންޑިޔާގައި ފޮށި ބަހައްޓަން ހަމަޖެހިފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެގޮތުން ސްރީލަންކާގައި ދެ ވޯޓު ފޮއްޓެއް ބަހައްޓަން އިލްކެޝަން ކޮމިޝަނުން ނިންމާފައި ވާއިރު، އެއްފޮޓަށް ވޯޓު ލެވެނީ ސިޓީތަކަށް ނިސްބަތްވާ ރައްޔިތުން ކަމަށާއި، އަނެއް ފޮއްޓަށް ވޯޓު ލެވެނީ އަތޮޅުތެރެއަށް ނިސްބަތްވާ ރައްޔިތުން ކަމަށް އެކޮމިޝަނުން ބުނެފައި ވާތީ ކަންބޮޑުވާ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ ކުރިން ރާއްޖެއިން ބޭރުގައި ބަހައްޓާ ވޯޓު ފޮށިތަކަށް އަތޮޅުތެރެ އާއި ސިޓީތައް ވަކިކޮށްފައި ނުވާ ކަމަށް މާރިޔާ ފާހަގަ ކުރެއްވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!

10 އެޕްރީލު 2017
ޒައިދުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި، މިފަހަރު ހަތް ދުވަސް!
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
09 މާރިޗު 2017

އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ

09 މާރިޗު 2017
އައްޑޫ ސިޓީގެ ހަތް ގޮނޑި ހޯދާނަން:ސޯބެ
06 މާރިޗު 2017

ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް

06 މާރިޗު 2017
ރާއްޖެޓީވީގެ އަބޯ އާއި ނަދީމަށް ނަޒާހަތްތެރިކަމުގެ ސެޓްފިކެޓާއި ހާއްސަ އިނާމެއް
03 ފެބުރުއަރީ 2017

ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ

03 ފެބުރުއަރީ 2017
ރާއްޖޭގައި އިހުލާސްތެރި ނަޒާހަތްތެރި ދަރިން ދަނީ މަދުވަމުން، މިކަން ދިރާސާ ކުރަންޖެހޭ: ލުތުފީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
28 ޖެނުއަރީ 2017

ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ

28 ޖެނުއަރީ 2017
ހަތް މަހަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ފިޔާޒުގެ ޝަރީއަތް މާދަމާ ފަށަނީ
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް