Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު

ސިޔާސީ ހައްޔަރީން ދޫކޮށް ނުލާ ނަމަ ސަރުކާރަށް ދެއްކޭނެ އިޚްލާސްތެރިކަމެއް އެބައޮތްތޯ ރައީސް ނަޝީދު ސުވާލުކުރައްވައިފި

16 ޖުލައި 2018 | ހޯމަ 16:57

ހާލަތު ރަނގަޅު ނުވާނަމަ ރާއްޖޭގެ ވެރިންނަށާއި މުވައްސަސާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް އީޔޫ އިން ވަނީ ފާސްކޮށްފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 16 ޖުލައި 2018 | ހޯމަ 16:57
ކުރީގެ ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދު

ސިޔާސީ ހައްޔަރީން ދޫކޮށް ނުލާ ނަމަ ދިވެހި ސަރުކާރަށް ދެއްކޭނެ އިޚްލާސްތެރިކަމެއް އެބައޮތްތޯ ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިވެހި ސަރުކާރަށް މުހިއްމު ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.

ހާލަތު މިހާރަށް ވުރެ ރަނގަޅު ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށާއި މުވައްސަސާތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ގޮތުގެ އޮނިގަނޑެއް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ފާސް ކުރުމާ ގުޅިގެން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އީޔޫ އިން ސަރުކާރަށް ދަތި ކުރުމުގެ ފިޔަވަޅު އެޅުމުގެ އޮނިގަނޑެއް ފާސްކޮށްފައިވާ ކަމަށެވެ. އަދި އީޔޫ އިން ސަރުކާރަށް ގޮވާލަނީ "އިތުބާރު ހިފޭ ދެފުށް ފެންނަ އެންމެންނަށް ބައިވެރިވޭ އިންތިޚާބަކަށް މަގުފަހިކޮށް ދޭނެ އިޚްލާސްތެރި" މަޝްވަރާއަށް ކަމަށެވެ.

Advertisement - newsAdvertisement

އީޔޫ ކައުންސިލުން ހޯމަ ދުވަހު ބުނީ އީޔޫ އިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ރާއްޖެ އިން ރަނގަޅު ކުރަން ޖެހޭ ކަންކަން ނުކުރާ ނަމަ، އެކި ގައުމުތަކުގައި ހުރި، ރާއްޖޭގެ ވެރިންގެ މުދާތައް ހިފަހައްޓައި، ޔޫރަޕްގެ އެކި ގައުމުތަކަށް ދަތުރުކުރުން މަނާ ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އީޔޫ ކައުންސިލުން ދިވެހި ސަރުކާރަށް ހޯމަ ދުވަހު ގޮވައިލީ ސިޔާސީ އިދިކޮޅު ލީޑަރުން ބައިވެރިވެވޭ ގޮތަށް މަޝްވަރާތައް ފެށުމަށާއި ދެ ފުށް ފެންނަ، ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ރާއްޖޭގައި ބޭއްވުމަށެވެ.

އީޔޫ އިން ހޯމަ ދުވަހު ނިންމި ނިންމުމަކީ މިއަހަރުގެ މާޗް މަހު އީޔޫ ކައުންސިލްއަށް ރާއްޖޭގެ މައްސަލަ އާއި ގުޅިގެން ހުށެހެޅުނު ގަރާރާ ސީދާ ގުޅިގެން ނިންމުނު ނިންމުމެއް ކަމަށް ފޮރިން އެފެއާޒް ކައުންސިލުން ބުނެއެވެ. އީޔޫ ކައުންސިލުން ބުނެފައި ވަނީ މިހާރު ވެސް ރާއްޖޭގައި ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ވެރިކަން ކުރެވެމުން ނުދާ ކަމަށާއި ބާރުތައް ވަކިވެފައި އޮތް ވެރިކަމުގެ ނިޒާމެއް އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާއި މުވައްސަސާތަކަށް ފިޔަވަޅު އެޅުމާ ބެހޭ އޮނިގަނޑެއް ނުވަތަ ފްރޭމްވާކެއް އީޔޫ ގެ ފޮރިން އެފެއާޒް ކައުންސިލުން ހޯމަ ދުވަހު ފާސް ކޮށްފައިވާއިރު. މީގެ ހަފްތާއެއް ހާ ދުވަސް ކުރިން ރައީސް އަބްދުﷲ ޔާމިން ވިދާޅުވެފައި ވަނީ އީޔޫ އިން ފިޔަވަޅު އެޅިޔަސް ގޮތް ދޫނުކުރައްވާނެ ކަމަށެވެ. އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައި ވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލު ކޮށްލައިގެން ކަންކަން ހައްލުކުރާނެ ގޮތް ހޯއްދަވާނީ ކަމުގައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް