ރައީސް ޔާމީން ހއ އަތޮޅަށާއި ހދ އަތޮޅަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު ފަސްކޮށްފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ބައެއް ނޫސްތަކުގައި ހާމަކޮށްފައިވާ ގޮތުގައި ދަތުރުފުޅު ކެންސަލްކޮށްފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.
މިކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ދަތުރުތަކުގެ މައުލޫމާތު އޮންނަ އުސޫލުގެ ތެރެއިން ހާމަކުރަމުންދާނެ ކަމަށެވެ.
ރައީސް ޔާމީން ގެންދަވަނީ އަތޮޅު ތެރޭގެ ގިނަ ރަށްތަކަށް ވަޑައިގެން އަތޮޅު ތެރޭގެ މަޝްރޫއުތަކުގެ ނިންމުމުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައި ގަންނަވަމުންނެވެ. އެގޮތުން މ. އަތޮޅާއި ރ. އަތޮޅުގެ ބައެއް ރަށްތަކަށް ވެސް އެމަނިކުފާނު ވަނީ ވަޑައިގަންނަވާފައެވެ.
ރައީސްގެ މިދަތުރުފުޅު ފަސް ކުރައްވާފައި ވާއިރު ޔޫރަޕިއަން ޔޫނިއަންގެ ފޮރިންގ އެފެއާޒް ކައުންސިލްގެ ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުމަށް ވަނީ ތާވަލް ކޮށްފައެވެ. އަދި އެޖެންޑާގެ ނޮން ލެޖިސްލޭޓިވް ހަރަކާތްތަކުގެ ފަސް ވަނަ ނަންބަރަކަށް އޮތީ ރާއްޖޭގެ މައްސަލައެވެ.