Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދުނިޔޭގެ ރެކޯޑް

އެންމެ ނިޔަފަތި ދިގު މީހާ ނިޔަފަތި ކަނޑައިފި

ނިޔަފަތި ދިގުކުރަންފެށީ 14 އަހަރުގައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ޖުލައި 2018 | ބުރާސްފަތި 11:59
ޝްރިދާރް ޗިލާލް 66 އަހަރު ވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށްފަހުވަނީ ނިއުޔޯކްގެ ދާރުލް އާސާރަކާ ހަވާލުކޮށްފައި

ޝްރިދާރް ޗިލާލް 66 އަހަރު ވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށްފަހުވަނީ ނިއުޔޯކްގެ ދާރުލް އާސާރަކާ ހަވާލުކޮށްފައި

ޝްރިދާރް ޗިލާލް 66 އަހަރު ވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށް ފަހު ނިއުޔޯކްގެ ދާރުލް އާސާރަކާ ހަވާލު ކޮށްފިއެވެ.

އެ މުއްދަތުގެ ތެރޭގައި އޭނާގެ ނިޔަފަތިވަނީ އާއްމުކޮށް ލަންޑަނުގެ މަގުތަކުގައި ދުއްވާ ބަހެއްގެ ދިގުމިނަށް ދިގުވެފައެވެ.

އެހާ ދުވަސްވަންދެން ދިގުކުރި ނިޔަފަތި ކަނޑާލުމަށް ހޭދަވެފައިވަނީ މަދު މިނެޓް ކޮޅެކެވެ.

އިންޑިއާގެ ޕޫނޭގެ ރައްޔިތެއްކަމަށްވާ ޝްރިދާރަކީ އެއްއަތުގެ އިނގިލިތަކުގެ ނިޔަފަތި އެންމެ ދިގު މީހެއްގެ ގޮތުގައި ގިނިސް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ފަރާތެވެ.

ޝްރިދާރްގެ ނިޔަފަތި ކެނޑުމަށް ރަސްމިއްޔާތެއް ބާއްވާފައިވާއިރު އޭނާގެ ނިޔަފަތި ކަނޑާފައިވަނީ މޫނުގައި މާސްކް ވެސް އަޅައިގެން ހުރި ޓެކްނީޝަނަކު ކަރަންޓް ހަތިޔާރު ބޭނުން ކޮށްގެންނެވެ.

ނިޔަފަތި ކެނޑުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރިޕްލޭސް ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގައެވެ

އުމުރުން 82 އަހަރުގެ ޝްރިދާރް އޭނާގެ ވާތުގެ އިނގިލިތަކުގެ ނިޔަފަތި ދިގުކުރަން ފަށާފައިވަނީ އުމުރުން 14 އަހަރުން ފެށިގެންނެނެވެ. އެކަމަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ އޭނާގެ މުދައްރިސެއްގެ އަތުގައި ދިގުކޮށްފައި އިން ނިޔަފައްޗެއް އޮޅުމަކުން އޭނާގެ އަތުން ބިނދުމުން ނިޔަފަތި ދިގުކުރުމަށް ޓީޗަރު އެދުމުންނެވެ.

ޝްރިދާރްގެ ނިޔަފަތި އެންމެ ފަހުން މިންއެޅިއިރު ހުރިހާ ނަޔަފައްޗެއް އެއްކޮށް 29 ފޫޓް 10 އިންޗި ހުރިއިރު އެއީ ލަންޑަން ބަހަކާއި އެއްވަރު ދިގުމިނެކެވެ. އެންމެ ދިގުވެފައިވަނީ އޭނާގެ ބޮޑުވައި އިނގިލީގެ ނިޔަފައްޗެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒް ޕްރޮޑިއުސް ކުރަން ފޫހި: އެކްތާ

06 މެއި 2017
ސަތޭކަ އެޕިސޯޑަށް ވުރެ ދިގު ސީރީޒް ޕްރޮޑިއުސް ކުރަން ފޫހި: އެކްތާ
02 މެއި 2017

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ

02 މެއި 2017
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާ، 146 އަހަރުގައި މަރުވެއްޖެ
16 އެޕްރީލު 2017

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!

16 އެޕްރީލު 2017
ދުނިޔޭގެ އެންމެ ދުވަސްވީ މީހާ 117 ވަނަ އަހަރުގައި މަރުވެއްޖެ!
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
28 މާރިޗު 2017

ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން

28 މާރިޗު 2017
ގެއްލިގެން ހޯދި މީހާ ފެނުނީ ބޮޑު ހަރުފައެއްގެ ބަނޑުތެރެއިން
21 މާރިޗު 2017

ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ

21 މާރިޗު 2017
ވިހި އަހަރު ވަންދެން މީދާ މަސް ކޭ މީހާގެ ވާހަކަ
23 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި

23 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަ މީހާ ބަރުދަން ލުއިކުރަން ރިތިކްގެ މަންމަ 10 ލައްކަ ރުޕީސް ދީފި
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
13 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި

13 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ބަރު އަންހެން މީހާ ބަރުދަން ލުއިކުރުމަށް އިންޑިޔާއަށް ގެނެސްފި
12 ޖެނުއަރީ 2017

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު