Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮހޮޅައިގައި ތާށިވި ކުދިން

ތަމް ލުއަންގ ހޮހޮޅަ ދާރުލް އާސާރަކަށް ހަދަނީ

ފިލްމު ހެދުމަށް ވެސް ދެ ކުންފުންޏަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ޖުލައި 2018 | ބުރާސްފަތި 07:28
ޗިއަންގ ރާއިން ފެށިގެން މިޔަންމާއާ ގުޅޭ ސަރައްދީ ރޮނގާ ހަމައަށް ހޮހޮޅަ ދެމިގެން ދޭ

ޗިއަންގ ރާއިން ފެށިގެން މިޔަންމާއާ ގުޅޭ ސަރައްދީ ރޮނގާ ހަމައަށް ހޮހޮޅަ ދެމިގެން ދޭ

ބާރަ ފިރެހެން ކުދިންނާއި އެ ކުދިންގެ ފުޓްބޯޅަ ކޯޗް ތާށިވެ 17 ދުވަސް ވަންދެން ތިބެން ޖެހުނު ތައިލެންޑްގެ އުތުރުގައި އޮންނަ ތަމް ލުއަންގ ހޮހޮޅަ ދާރުލް އާސާރަކަށް ހަދަން ނިންމައިފިއެވެ.

ކުދިން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅުނު އޮފިޝަލުން ވިދާޅުވީ ދާރުލް އާސާރުގައި ދައްކުވައިދޭނީ އޮޕަރޭޝަން ކުރިޔަށް ގެންދެވުނު ގޮތް ކަމަށެވެ. އަދި އެތަނަކީ ތައިލެންޑްގެ ޝައުގުވެރި ކުރުވަނިވި ތަނަކަށް ވެގެންދާނެ ކަމަށެވެ.

ކުދިން ސަލާމަތްކުރެވުނު ގޮތާ ބެހޭ ގޮތުން ފިލްމު ހެދުމަށް ވެސް މަދުވެގެން ދެ ކުންފުންޏަކުންދަނީ ބަލަމުންނެވެ.

ހޮހޮޅައިން ސަލާމަތްކުރި ކުދިންނާއި ކޯޗަށް މިހާރު ގެންދަނީ ޗިއާންގ ރާއިގެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އިންފެކްޝަނުން ސަލާމަތްކުރުމަށްޓަކައި ކަރަންޓީނު ހާލަތުގައި ތިބެން ޖެހުނު ނަމަވެސް ހުރިހާ ކުދިން ވެސް ތިބީ ރަނގަޅު ސިއްހަތެއްގައި ވަރުގަދަ ރޫހެއްގައިކަން ސިއްހީ އޮފިޝަލުން އާއްމުކުރި ވީޑިއޯ އިން ދައްކުވައިދެއެވެ.

ތައި ނޭވީ ސީލުން ވަނީ ސީދާ އޮޕަރޭޝަންގެ ވީޑިއޯ ފުޓޭޖެއް ވެސް އާއްމުކޮށްފައެވެ. ވީޑިއޯގައި ދައްކުވައިދެނީ ހަނި އުނދަގޫ ހޮހޮޅައިގެ ތެރެއިން ކުދިން ސަލާމަތްކުރި ގޮތެވެ.

ތަމް ލުއަންގ ހޮހޮޅައަކީ ތައިލެންޑްގައި އޮންނަ އެންމެ ބޮޑު ހޮހޮޅައެވެ.

ތައިލެންޑްގެ ޗިއަންގ ރާއިގެ ކުޑަ ޓައުނެއް ކަމަށްވާ މައި ސައިގެ ވަށައިގެންވާ ފަރުބަދަ ތަކުގެ ދަށުން މިޔަންމާއާއި ތައިލެންޑް ގުޅޭ ސަރައްދީ ރޮނގާހަމައަށް ހޮހޮޅަ ދެމިގެން ދެއެވެ.

ތައިލެންޑްގެ ބޮޑުވަޒީރު ޕްރަޔުތު ޗަން އޯޗާ ވިދާޅުވީ ހޮހޮޅައިގެ އެތެރެއާއި ބޭރުގައި ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަން ޖެހޭނެކަމަށެވެ.

އިތުރަށް ކިޔާލަން

03 ޖުލައި 2018

ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ

03 ޖުލައި 2018
ތައިލެންޑްގެ ހޮހޮޅައިގައި ތާށިވީ ކުދިން ދިރިތިއްބާ ފެނިއްޖެ
23 ޖޫން 2018

އެެމެެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތައް މުއްދަތެއް ނެތް ގޮތަށް އެމެރިކާ އިން ސަސްޕެންޑުކޮށްފި

23 ޖޫން 2018
އެެމެެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ތަމްރީންތައް މުއްދަތެއް ނެތް ގޮތަށް އެމެރިކާ އިން ސަސްޕެންޑުކޮށްފި
30 މެއި 2018

ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ތަމްރީން ދިނުމަށް ސްޓާރބަކްސްގެ އެތައްހާސް ކެފޭއެއް ބަންދުކޮށްފި

30 މެއި 2018
ނަސްލީ ތަފާތުކުރުމާއި ދެކޮޅަށް ތަމްރީން ދިނުމަށް ސްޓާރބަކްސްގެ އެތައްހާސް ކެފޭއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2017

ތޫފާން އޮކި:އެހީ ލަސްވެގެން ލަކްޝަދްވީޕް ތަމްސީލްކުރާ މެމްބަރު ނުރުހިފައި

03 ޑިސެމްބަރު 2017
ތޫފާން އޮކި:އެހީ ލަސްވެގެން ލަކްޝަދްވީޕް ތަމްސީލްކުރާ މެމްބަރު ނުރުހިފައި
13 ނޮވެމްބަރު 2017

އެމެރިކާގެ މަަނަވަރުތައް ދެކޮރެއާ ސަރަހައްދަށް އަސްކަރީ ތަމްރީންތަކެއްގައި ގޮސްފި

13 ނޮވެމްބަރު 2017
އެމެރިކާގެ މަަނަވަރުތައް ދެކޮރެއާ ސަރަހައްދަށް އަސްކަރީ ތަމްރީންތަކެއްގައި ގޮސްފި
11 އޮކްޓޯބަރު 2017

ދެކުނު ކޮރެއާ އާއި އެމެރިކާ އިން ދެކޮރެެއާ ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ބާއްވައިފި

11 އޮކްޓޯބަރު 2017
ދެކުނު ކޮރެއާ އާއި އެމެރިކާ އިން ދެކޮރެެއާ ސަރަހައްދުގައި އަސްކަރީ ތަމްރީންތައް ބާއްވައިފި
03 އޮކްޓޯބަރު 2017

ސައުދީ އާއި ޕާކިސްތާނު ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

03 އޮކްޓޯބަރު 2017
ސައުދީ އާއި ޕާކިސްތާނު ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި
27 އޯގަސްޓު 2017

ޓްރަމްޕަށް އިންޒާރު ދޭން ވެނެޒުއެލާ އިން އަސްކަރީ ތަމްރީނުތަކެއް ފަށައިފި

27 އޯގަސްޓު 2017
ޓްރަމްޕަށް އިންޒާރު ދޭން ވެނެޒުއެލާ އިން އަސްކަރީ ތަމްރީނުތަކެއް ފަށައިފި
21 އޯގަސްޓު 2017

އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި

21 އޯގަސްޓު 2017
އެމެރިކާ އާއި ދެކުނު ކޮރެއާ އިން އަހަރަކު އެއްފަހަރުު ބާއްވާ އަސްކަރީ ތަމްރީންތައް ފަށައިފި
19 ޖޫން 2017

ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް

19 ޖޫން 2017
ތަމްރީންތަކެއް ފުރިހަމަކުރުމަށް ތުރުކީ ސިފައިންގެ ގްރޫޕެއް ގަތަރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު