Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޭޓޯ ސަމިޓް

ނޭޓޯ ސަމިޓް: ދެވަނަ ދުވަހުގެ ވާހަކަތައް އަފްޣާނިސްތާނަށް އަމާޒުކުރެވޭތޯ ބަލަނީ

12 ޖުލައި 2018 | ބުރާސްފަތި 06:19

އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ މިއަދުގެ ބައްދަލުވުމަށް ވަޑައިގަންނަވާނެ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 12 ޖުލައި 2018 | ބުރާސްފަތި 06:19
11 ޖުލައި 2018 ނޭޓޯގެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ގައުމުތަކުގެ ލީޑަރުން

11 ޖުލައި 2018 ނޭޓޯގެ ބައްދަލުވުމުގެ ފުރަތަމަ ދުވަހު ގައުމުތަކުގެ ލީޑަރުން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޑިމާންޑްތައް ގިނަވެފައި އޮތް ނޭޓޯ ސަމިޓްގެ ދެވަނަ ދުވަހު ގައުމުތަކުގެ ލީޑަރުންގެ ފޯކަސް އަފްޣާނިސްތާނަށް ބެހެއްޓެވުމަށް އަމާޒުކުރައްވައިފިއެވެ.

ރައީސް ޓްރަމްޕް ބުދަ ދުވަހު ވަނީ ނޭޓޯގެ ބައިވެރިންގެ ކިބައިން އެ ގައުމުތަކުގެ އައުޓްޕުޓް ޖީޑީޕީގެ ހަތަރު އިންސައްތައަކީ އަސްކަރިއްޔާއަށް ކުރާ ހޭދަ ކަމަށް ހެއްދެވުމަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސް ޓްރަމްޕް ވަނީ ޖަރުމަނުން ދިފާއީ ދާއިރާއަށް ކުރާ ހޭދައާ ބެހޭ ގޮތުން ފާޑުވިދާޅުވެ ވަކިން އެ ގައުމު ފާހަގަކުރައްވާފައެވެ.

ނޭޓޯގެ ލީޑަރުން އުއްމީދު ކުރައްވަނީ ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވުމުގެ ކުރިން ބައްދަލުވުމުގައި އެއްބަސްވެވޭ ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. ނަމަވެސް ބްރަސަލްގައި ހުންނަވައި ދަންވަރު ކުރެއްވި ޓްވީޓްގައި ވެސް ޓްރަމްޕް ވަނީ އެ މަނިކުފާނު ފާޑުވިދާޅުވާ ފާޑުވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ މިދިޔަ އަހަރު ނޭޓޯ ބައްދަލުވުމަށް އެ މަނިކުފާނު ވަޑައިގެން އެ މަނިކުފާނު އެދިވަޑައިގަތުމުގެ މަތީން ގައުމުތަކުން އެތައް ބިލިއަން ޑޮލަރެއް ޚަރަދުކޮށްފައިވާ ކަމަށެވެ ނަމަވެސް އެއީ ފުދޭ މިންވަރެއްތޯ އެމަނިކުފާނު އައްސަވާފައިވެއެވެ.

މީގެ ކުރިން ޓްރަމްޕް ވަނީ ރަޝިއާ އިން ޖަރުމަނަށް ނެޗުރަލް ގޭސް އެތެރެކުރުމަކީ ސަލާމަތީ ގޮތުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވެފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުން ޖަރުމަނުގެ ހަކަތައިގެ ދާއިރާ އެކީގައި ކަހަލަ ގޮތަކަށް ކޮންޓްރޯލް ކުރަނީ މޮސްކޯއިންނެވެ.

އީޔޫގެ ހިސާބުތަކުން ދައްކާ ގޮތުގައި ޖަރުމަނަށް އެތެރެކުރާ ނެޗުރަލް ގޭހުގެ %50 އާއި %75 އާ ދެމެދުގެ އަދަދަކީ ރަޝިއާ އިން އެތެރެކުރާ ގޭހެވެ. ނަމަވެސް ޖަރުމަނުގައި ހަކަތަ އުފެއްދުމަށް ގެންގުޅޭ އެކި ގޮތްގޮތަށް ބަލާއިރު ގޭސް ހިއްސާ ކުރަނީ އެންމެ20% އެވެ.

ބުރާސްފަތި ދުވަހަކީ ނޭޓޯގެ ބައްދަލުވުމުގެ ދެވަނަ ދުވަސް ކަމަށްވާއިރު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ބައްދަލުވުމަށް ވަޑައިގަންނަވާނެއެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބަރގް އުއްމީދުކުރައްވާ ގޮތުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް 2024 ވަނަ އަހަރުގެ ނިޔަލަށް ފަންޑުކުރުމަށް ނޭޓޯގެ ގައުމުތަކުން އެއްބަސްވާނެއެވެ.

އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ މިހާރު ވެސް ވަނީ އިނގިރޭސި ވިލާތުން އިތުރު 440 ސިފައިން އަފްޣާނިސްތާނަށް ފޮނުވާނެކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެ ގައުމުގެ ސިފައިން ކުރިމަތިލުންތަކުގައި ބައިވެރިނުވާނައެވެ.

އެމެރިކާއިން ވެސް އަފްޣާނިސްތާނަށް 3،000 ސިފައިން ފޮނުވުމަށް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެއްބަސްވެފައިވާއިރު އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިންގެ އަދަދު 15،000 އަށް އަރާނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

07 ޖުލައި 2017

ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ

07 ޖުލައި 2017
ޖީ20 ސަމިޓް: ފުރަތަމަ ފަހަރަށް ރައީސް ޓްރަމްޕާއި ޕޫޓިން ބައްދަލު ކުރައްވަނީ
26 ޖޫން 2017

ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު

26 ޖޫން 2017
ގަތަރުގެ މައްސަލައިގައި ދެ ފަރާތުންވެސް ވާހަކަތައް ފިނި ކުރަންޖެހޭ: އެމެރިކާގެ ޚާރިޖީ ވަޒީރު
23 ޖޫން 2017

އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ

23 ޖޫން 2017
އެފްބީއައިގެ ކުރީގެ ވެރިޔާ ކޯމޭގެ ވާހަކަތައް ރެކޯޑް ނުކުރައްވާ ކަަމަށް ޓްރަމްޕް ވިދާޅުވެެއްޖެ
30 މެއި 2017

ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި

30 މެއި 2017
ބަގްދާދުގައި 24 ގަނޑިއިރު ތެރޭގައި ދެވަނަ ބޮމެއް ގޮއްވާލައިފި
21 މެއި 2017

"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި

21 މެއި 2017
"ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ފަށައިފި
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
14 އެޕްރީލު 2017

ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް

14 އެޕްރީލު 2017
ނޭޓޯގެ ފައުޖުތައް ރަޝިއާ ބޯޑަރުކައިރީ އޮތް ޕޮލެންޑަށް
28 ފެބުރުއަރީ 2017

ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް

28 ފެބުރުއަރީ 2017
ސައޫދީ ރަސްގެފާނުގެ 9 ދުވަހުގެ ދަތުރަށް 506 ޓަނުގެ ލަގެޖް
06 ފެބުރުއަރީ 2017

ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި

06 ފެބުރުއަރީ 2017
ލަންކާގެ މިނިވަން ދުވަހުގެ މުނާސަބާގައި 60 މީހެއްގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމަށް ރައީސް ސިރިސޭނާ ލުޔެއް ދެއްވައިފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް