ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 14:42
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ޕީޕީއެމް - ފާރިސް
ދިއްގަރު ދާއިރާގެ މެމްބަރުގެ މަގާމަށް ފާރިސް ހޮވުމަކީ ޕީޕީއެމްއަށް ލިބުނު އެންމެ ބޮޑު ގެއްލުން: ރައީސް
ފާރިސް ހިންގި ކަންކަމުގެ އުނދަގޫތައް އަދިވެސް ސަރުކާރުން ދަނީ އުފުލަމުން
ކުށެއް ކޮށްފި ނަމަ ފިޔަވަޅު އަޅާނަން
ނަޝީދުވެރިކަމުގައި އަމަލު ކުރެއްވި ގޮތަށް ސިފައިންނާ ފުލުހުން ބޭނުން ކޮށްގެން ބަޔަކު ހައްޔަރެއް ނުކުރަން

ޕީޕީއެމް އަށް ކުރިމަތިވި އެންމެ ބޮޑެތި އުނދަގޫތަކާއި ގައުމަށް އިއްތިހާދުތަކުން ފިޔަވަޅު އަޅާ ހިސާބަށް ދިޔައީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންމެންފަދަ މެންބަރުންނާ ހެދި ކަމަށާއި ދިއްގަރު ދާއިރާގެ މެމްބަރުގެ މަގާމަށް ފާރިސް ހޮވުމަކީ ޕީޕީއެމްއަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މ. ދިއްގަރު ބަނދަރު ހުޅުވުމާއި ނަރުދަމާގެ ނިޒާމުގެ ހިދުމަތް ދިނުން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޕީޕީއެމް އަށް ކުރިމަތިވި އެންމެ ބޮޑު އުނދަގުލަކީ އަދި ނިކަމެތި ކަމަކީ މެމްބަރު ފާރިސް މެން ފަދަ ދައުލަތުގެ އިސް ސަފުގައި މަސައްކަތް ކުރި ފަރާތްތަކުން ގާނޫނާ ހިލާފަށް ހިންގި އަމަލުތައް ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންކަން ކުރެއްވި ގޮތަށް ސިފައިން ނެރެގެން ބަޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ބަންދުގައި ގެންގުޅެން އުނދަގޫ އެތަށް ބަޔަކު ބަންދުގައި ގެންގުޅެން ޖެހެނީވެސް ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މެންފަދަ މެންބަރުންގެ އަމަލުތަކުން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހިމާޔަތާއި އިނާޔަތާއި ރައްކާތެރިކަން ލިބޭނީ ގާނޫނުގެ ތެރެއިން މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވެވަޑައިގަންނަވައިގެން. އޭގެ ބޭރުން އެބޭފުޅުންނަކީވެސް ދިވެހި އާންމު ފަރުދުންނާ އެއްގޮތަށް އުނގޫބާތުގެ ކުރިމަތީގައި ހަމަހަމަވާނެ ބައެއް." ރައީސް ވިދާޅުވި އެވެ.

އެތަށް އިސްބޭފުޅުންތަކެއް ބަންދު ކުރަންޖެހުނު ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހިމާޔަތާއި ރައްކާތެރިކަން ލިބޭނީ ގާނޫނުތަކާއި އުސޫލުތަކުގައި ހިފަހައްޓާ ކަމުގައިވާނަމަ ކަމަށެވެ.

"ދިއްގަރު ދާއިރާއަށް ހޮވާފައިވަނީ އަޅުގަނޑުގެ އަހެއްވެސްމެ. އެހެން ނަމަވެސް ދުނިޔޭގެ ކަންކަން ތަރުތީބުވެގެންދާ ގޮތުން އަޅުގަނޑުމެން ސިއްސުވާލާ ކަންކަން މި ކުރިމަތިވަނީ. އަޅުގަނޑުމެން ޕާޓީއަށް އައީ ހީނަރުކަމެއްއާއި އިރު އޭގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ އެބޭފުޅަކު ހޮވުމަށްޓަކާއި އެންމެ ގިނަ މަސައްކަތްތަކެއް އަޅުގަނޑު ކުރި ފަރާތެއްގެ ފަރާތުން. މި ދާއިރާއަށް ފާރިސް ނެގުމަކީ އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެ ބޮޑު ގެއްލުން. އެކަން ދިއްގަރު ދާއިރާގެ ރައްޔިތުން ހަނދާން ކުރައްވަންވާނެ." ރައީސް ވިދާޅުވިއެވެ.

މިވާހަކަތައް ދެއްކުމަށް ވަރަށް އުނދަގޫވާ ނަމަވެސް މިއީ ހަގީގަތް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ފާރިސް ހިންގި ކަންކަމުގެ އުނދަގޫތައް އަދިވެސް ސަރުކާރުން އުފުލަމުންދާ ކަމަށާއި އަދިވެސް އިތުރު ގޮންޖެހުންތައް ކުރިމަތިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންނަށްވެސް ހިނގާނީ އެންމެންގެ މައްޗަށް ހިނގާ ގާނޫނު އަސާސީކަމުން ކުށެއް ކޮށްފި ކަމުގައިވާނަމަ އެ މެމްބަރުންނަށްވެސް ލިބެންޖެހޭ އަދަބު ދެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް
10 ޖުލައި 2018 | އަންގާރަ 10:25
ފަޓާސް
Kaley bunefiiyya eii thedhu dhw miverikamah vurebodu hiyaanaatheh migaumakah nuvey aharemennah hedhunu ennme bodu goass eii thikahala meehakaa verikan havaalu kurevun