ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 18:51
ރައީސް ޔާމީން
ރައީސް ޔާމީން
ރައީސް އޮފީސް ޓްވިޓާ
ރައީސް ޔާމީންގެ ވާހަކަފުޅު
މިމަހުގެ މެދުތެރޭގައި އީޔޫއިން ރާއްޖެއާމެދު ފިޔަވަޅު އަޅާނެ: ރައީސް
ފިޔަވަޅު އެޅިޔަސް ދުލެއް ނުދެއްވާނެ ކަމަށް ވިދާޅުވި
ހައްޔަރުކޮށްފައި ތިބި ސިޔާސީ މީހުން ދޫނުކުރާނެ ކަމަށް ވިދާޅުވި

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިމަހުގެ މެދުތެރޭގައި ރާއްޖެއާމެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަންކަމާ ގުޅިގެން ސަރުކާރުން ވާހަކަ ދައްކަވަމުން ދިޔަ ނަމަވެސް، އީޔޫއިންވެސް ގަބޫލު ކުރަނީ އިދިކޮޅު މީހުންގެ ވާހަކަ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ދޫނުކޮށް ހިފަހައްޓާނެ ކަންކަން ހުންނާނެ ކަމަށާއި އެ އުސޫލުތައް ދަމަހައްޓާތީ ހިތްހަމަނުޖެހިގެން ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅު އަޅާކަމުގައިވާނަމަ އެކަންކަމުގައި ﷲ އަށް ވަކީލުކޮށްލައިގެން ކަންކަން ހައްލުކުރާނެގޮތް ހޯދާނީ ކަމަށެވެ.

"އަޅުގަނޑެއް ގަބޫލެއް ނުކުރަން ކުށްވެރިންތަކެއް ޖަލުގަ ތިބެގެން އެމީހުންނަކީ ޖަލުން ދޫވެފައިތިބެން ޖެހޭނެ ބައެއް ކަމަކަށް. ޔޫރަޕްގެ އިއްތިހާދުން ގޮވާލަނީ އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ކަމަށް ތިމަންނަ މެން ގަބޫލު ކުރާނީ ހުރިހާ ކުށްވެރިން ދޫކޮށްލީމައޭ. އެ އެންމެންނަން އިންތިހާބުގައި ބައިވެރިވެވޭނެ ޖާގަ އޮންނަން ޖެހޭނެއޭ. އަޅުގަނޑު އެކަމެއް ގަބޫލެއް ނުކުރާނަން. ދިވެހި ރައްޔިތުން މިއަދު ވޯޓެއް ލިޔަސް އެކަންކަމެއް ގަބޫލެއް ނުކުރާނެ. އެތާ ކުށުގައި ތިބީ ހަމައެކަނި ސިޔާސީ މީހުނެއް ނޫން. އެތާ ކުށްކޮށްފައި އެބަތިބި އެކި ވައްތަރުގެ ކުށް ކޮށްފައިވާ ފަރާތްތައް." ރައީސް ވިދާޅުވި އެވެ.

މިހުރިހާ ފަރާތްތަކުގައި ހުރި އެއް ސިފައަކީ ސިޔާސީ ފަރާތްތަކަށް ވުން ކަމަށާއި އެ ފަރާތްތަކީ ޝަރީއަތުގެ ކުރީމަތީގައި މުޖުރިމުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ޝަރީއަތުން ބޭރުން ދޫކޮށްލުމަށް ބަޔަކު ބުނި ކަމުގައިވީ ނަމަވެސް މިމީހުން ދޫކޮށް ނުލެވޭނެ ކަމަށާއި އެއީ ކުރެވޭނެ ކަންކަމެއްވެސް ނޫން ކަމަށެވެ.

"އަޅުގަނޑަށް އިއްތިހާދުގެ ފަރާތުން ކިތަންމެ ވަރަކަށް ގޮވާލަމުންދިޔަ ނަމަވެސް މިހުރިހާ ކުށްވެރިންނަކި ކުށެއް ނުކުރާ ބަޔަކަށް ނުހެދޭނެ. ގޮނޑި ގެއްލުނު މެންބަރުންނަކީވެސް ގޮނޑި ނުގެއްލޭ މެންބަރުންނަކަށް ނުހެދޭނެ. މިކަމާ ދޭތެރޭގައި އެއްޗެއް ވިދާޅުވަންޖެހޭނީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމުގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ޔޫރަޕްގެ އިއްތިހާދުން ފިޔަވަޅުތަކަށް އެޅުމަށް އިންޒާރުދީފައިވާ އިރު އެ އިއްތިހާދަށް އިދިކޮޅުން ދައްކާވާހަކަތައް މާ މަގްބޫލުކަން ބޮޑު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް
10 ޖުލައި 2018 | އަންގާރަ 10:39
ހ މ ޒ
ރިޒްޤު ދެއްވަނީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ. އަހުރެމެންނަކީ ﷲ ގެ އަޅުން. އީޔޫގެ އަޅުންނެއް ނޫން.
10 ޖުލައި 2018 | އަންގާރަ 08:30
ކަމަނަ
ބަލަގަ ފެންނާންޮއޮްއޮތް ހަޤީީޤަތް ގަބޮޮލުކުރުމަކީ އިދިކޮޅުމީހުންދައްކާވާހަކަ ގަބޫލްކުރުންކަމަށް ބުނުމަކުން ނުފުދޭނެ