Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނުހައްގުން ދައުވާކުރުން

މިޔަންމާގެ ގަތުލް އާންމު ރިޕޯޓުކުރި ނޫސްވެރިންގެ މައްޗަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު

10 ޖުލައި 2018 | އަންގާރަ 12:09

14 އަހަރުގެ ޖަލުގެ ހުކުމެއް އައިސްފާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 10 ޖުލައި 2018 | އަންގާރަ 12:09
މިޔަންމާ އިން ހިންގި ގަތުލް އާންމު ރިޕޯޓުކުރުމާ ގުޅިގެން ހައްޔަރުކުރި ދެ ނޫސްވެރިން

މިޔަންމާ އިން ހިންގި ގަތުލް އާންމު ރިޕޯޓުކުރުމާ ގުޅިގެން ހައްޔަރުކުރި ދެ ނޫސްވެރިން

މިޔަންމާގެ ރޮހިންޖާ ދަރިފަސްކޮޅާ ދެކޮޅަށް ހިންގި ޖަރީމާތައް ރިޕޯޓު ކުރި ދެ ނޫސްވެރިންނަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް މިޔަންމާގެ ކޯޓުން ނިންމާފިއެވެ.

އެ ދެ ނޫސް ވެރިންނަށް ދައުވާ ކުރެވޭނެ ކަމަށް ކޯޓުން ނިންމީ ހޯމަ ދުވަހުއެވެ. ރޮއިޓާސްގައި މަސައްކަތްކުރާ މިޔަންމާގެ ދެ ރައްޔިތުން ކަމަށްވާ އުމުރުން 32 އަހަރުގެ ވާ ލޯން އާއި 28 އަހަރުގެ ކިއެ ސޮއި ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުއެވެ. މިއަދާ ހަމަހައަށް އެ ނޫސްވެރިންގެ ބަންދަށް ހަތް މަސްވެފައި ވާއިރު ބައިނަލްއަގުވާމީ ދުނިޔެ ދަނީ އެ ނޫސްވެރިން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ހައްޔަރުކުރި ނޫސްވެރިންގެ ހަމައެކަނި ކުށަކީ އެ ގަތުލް އާންމު ތަހްގީގުކުރުން ކަމަށް އެ ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ. އަދި އެކަން ތަހްގީގު ކުރުމަކީ އެ ނޫސްވެރިންގެ މަސްއޫލިއްޔަތު ކަމަށް ވެސް އެފަރާތްތަކުން ބުނެއެވެ.

ނޫސްވެރިންނަށް ދައުވާ ކުރަނީ "ކޮލޯނިއަލް އީރާ އޮފިޝަލް ސީކްރެޓް އެކްޓް"ގެ ދަށުންނެވެ. އެ މީހުންގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ 14 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. ދެ ނޫސްވެރިން ވެސް ވަނީ އެ މީހުންނަށް ކުރާ ދައުވާއަށް އިންކާރު ކޮށްފައެވެ.

ދެ ނޫސްވެރިން ހައްޔަރު ކުރީ، ބުޑިސްޓުންގެ އާބާދީ ބޮޑު މިޔަންމާގެ ފުލުހުންގެ ރޭވުމެއްގެ ދަށުންނެވެ. ނޫސް ވެރިންނަށް މައުލޫމާތު ދޭން ކަމަށް ބުނެ މިޔަންމާގެ ފުލުހުންގެ ދެ އޮފިޝަލަކު އެ މީހުން ރެސްޓޯރެންޓަކަށް ގެންގޮސް، ނޫސްވެރިންގެ އަތަށް ޑޮކުމެންޓެއް ދިންތާ އިރުކޮޅެއް ނުވަނީސް އެތަނަށް އިތުރު ފުލުހުންތަކެއް ވަދެ ވަނީ އެ ނޫސްވެރިން ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ބުނީ އެ ނޫސްވެރިންގެ އަތުގައި ހުރީ ސަރުކާރުގެ ސިއްރު ޑޮކިއުމެންޓެއް ކަމަށެވެ.

ނޫސްވެރިންނަށް ދައުވާ ކުރެވޭނެ ކަމަށް ނިންމި ދުވަހަކީ އެ ގައުމުގެ ނޫސްވެރިކަމަށް އަދިރި ދުވަހެއްގެ ގޮތުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ވަނީ ސިފަކޮށްފައެވެ.

މިދިޔަ އަހަރު ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ބުޑިސްޓުން ގިނަ މިޔަންމާ އިން ހިންގި ޖަރީމާތައް ދުނިޔެއަށް ސާފުކޮށް ފެނުނުއިރު، އެތައް ލައްކަ ރޮހިންޖާ މުސްލިމުން ވަނީ އެ މީހުންގެ އަމިއްލަ ވަތަން ދޫކޮށް އެހެން ގައުމުތަކަށް ހިޖްރަކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

26 މެއި 2017

މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ

26 މެއި 2017
މޫސަލްގައި މާޗް މަހު ދިން ހަމަލާއެއްގައިި އާންމުން މަރުވި ކަަމަށް އެމެރިކާ އިން އިއުތިރާފުވެއްޖެ
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
11 މެއި 2017

ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ

11 މެއި 2017
ކަނޑަށް ޣަރަޤުވި ބަޔަކަށް އިޓަލީން އަޅާނުލިކަން ހާމަވާ އޯޑިއޯއެއް އާންމުވެއްޖެ
26 އެޕްރީލު 2017

އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ

26 އެޕްރީލު 2017
އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުގެ ގެއްލުން ވާނީ އާންމު ރައްޔިތުންނަށް: ސީރިޔާ
22 އެޕްރީލު 2017

ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި

22 އެޕްރީލު 2017
ޕެރިހުގައި ހަމަލާ ދިން މީހާގެ ނަން އާންމުކޮށްފި
19 އެޕްރީލު 2017

އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި

19 އެޕްރީލު 2017
އިނގިރޭސި ބޮޑުވަޒީރު އެގައުމުގައި އަވަސް އާންމު އިންތިޚާބަކަށް ގޮވާލައްވައިފި
17 މާރިޗު 2017

މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން

17 މާރިޗު 2017
މިޔަންމާގެ މުސްލިމުންގެ ރެފިއުޖީ ކޭމްޕްތައް ބަންދުކުރަން ޖެހޭ: ކޯފީ އަންނާން
25 ފެބުރުއަރީ 2017

ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!

25 ފެބުރުއަރީ 2017
ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ބައެއް މީޑިއާތައް ނުވެއްދި!
25 ޖެނުއަރީ 2017

އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި

25 ޖެނުއަރީ 2017
އުޒްބަކިސްތާނުން 40،000 މީހަކަށް އަފޫއާންމު ދީފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް