Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުމި އަހަރުގެ ވެކޭޝަން އެކްސްޕޯ

މި އަހަރުގެ ވެކޭޝަން އެކްސްޕޯ އަށް 4000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވޭ: ހައިރައިޒް

އެކްސްޕޯ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖުލައި 2018 | ހޯމަ 12:49
ވެކޭޝަން އެކްސްޕޯގެ ތެރެއިން

ވެކޭޝަން އެކްސްޕޯގެ ތެރެއިން

މި އަހަރުގެ ޖުލައި މަހުގެ 5 އިން 7 އަށް ނެޝެނަލް އާރޓް ގެލަރީގައި ބޭއްވި ވެކޭޝަން އެކްސްޕޯ ވަރަށް ކާމިޔާބު ކަމަށާއި އެ އެކްސްޕޯ އަށް 4،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފައިވާ ކަމަށް އެކްސްޕޯ އިންތިޒާމްކުރި ހައިރައިޒް ކުންފުނިން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައިރައިޒް ކުންފުނީގެ ސޭލްސް އެންޑް މާރކެޓިންގް މެނޭޖަރ މަރިޔަމް މާއިޝާ ވިދާޅުވީ މި އަހަރުގެ ވެކޭޝަން އެކްސްޕޯ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި މި އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ އަށް ވެސް އެގްޒިބިޓަރުންގެ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ އެކްސްޕޯ ހުޅުވައިދެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އަދި ޔޫއެންޑީޕީގެ ރެޒިޑެންޓަލް ރެޕްރެޒެންޓޭޓިވް ޝޯކޯ ނޮޑާއެވެ.

ވެކޭޝަން އެކްސްޕޯއަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ނެގި ގްރޭންޑް ލަކީޑްރޯ އިން ހޮވުނު ފަރާތްތަކަށް ވަނީ ހައްޖު ކޯޕަރޭޝަނުން ދިން އުމްރާ ދަތުރު، އަލް މަނާސިކު ގްރޫޕުން ދިން އުމްރާ ދަތުރު، ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު، ރާއްޖެ އިން ބޭރަށް ޒިޔާރަތް ކުރުމަށް ބެންކޮކް އެއަރވޭސް، ސިންގަޕޯ އެއަރލައިންސް، ސްރީލަންކަން އެއަރލައިންސް އަދި އެއަރ އޭޝިއާ، ގަތަރު އަދި ސްކޫޓް އެއަރލައިނުން ހުށަހެޅި ޓިކެޓް، ބޫޓާން، މެލޭޝިއާ، ތައިލެންޑް އަދި ސިންގަޕޫރުގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދީފައެވެ.

މި އަހަރުގެ އެކްސްޕޯ ފަށާފައި ވަނީ 24 އެގްޒިބިޓަރުންނާ އެއްކޮށެވެ. އޭގެ ތެރޭގައި މަޝްހޫރު ކުންފުނިތައް ކަމަށްވާ އެލައިޑް އިންޝުއަރެންސްއާ ދިރާގާއި ހައްޖު ކޯޕަރޭޝަންގެ އިތުރުން ބެންކޮކް ހޮސްޕިޓަލުން ވެސް ހިމެނެއެވެ.

ހައިރައިޒް ކުންފުނިން އިތުރަށް ބުނީ ވެކޭޝަން އެކްސްޕޯގެ އިވެންޓް ކާމިޔާބުކަމާއެކު ނިންމާލުމަށް ފަހު އެ ކުންފުންޏާ މަޓާޓޯ ގުޅިގެން ދިވެހިރާއްޖޭގެ އިގްތިސާދީ އެކި ދާއިރާތައް އިސްތިހާރުކުރުމަށް އިއުލާނުކޮށްފައިވާ ބައިނަލްއަގުވާމީ އިވެންޓް "މޯލްޑިވްސް ޝޯކޭސް" މި ޖުލައި މަހުގެ 26 އާއި 27 ވަނަ ދުވަހު، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ތާޖު ސަމުދްރާ ހޮޓެލްގައި އޮންނާނެ ކަމަށެވެ. އަދި މި އިވެންޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވެސް ހުޅުވާލާފައިވާ ކަމަށާއި ޝައުގުވެރިވާ ވިޔަފާރިތަކާއި ފަރާތްތަކުން 7980088 ނަންބަރަށް ގުޅައި، ނުވަތަ manager@highriseint.com އަށް އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށް ހައިރައިޒުން ވަނީ އެދިފައެވެ.

މިދިޔަ އަހަރުގެ ވެކޭޝަން އެކްސްޕޯ އަށް 4000 މީހުން ވަނީ ޒިޔާރަތްކޮށްފައެވެ.

އިތުރަށް ކިޔާލަން

23 ފެބުރުއަރީ 2017

ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި

23 ފެބުރުއަރީ 2017
ހީވާގި ކަނބަލުން 2017 އެކްސްޕޯ ހުޅުވައިފި
20 ފެބުރުއަރީ 2017

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ
18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި

06 ފެބުރުއަރީ 2017
މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއަރ އެކްސްޕޯ 2017 ލޯންޗްކޮށްފި
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު