ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 07:09
މިނިސްޓަރ ޑރ އާސިމް (ވ) ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަޑުކޮށްލައްވައިގެން
މިނިސްޓަރ ޑރ އާސިމް (ވ) ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަޑުކޮށްލައްވައިގެން
ޓްވިޓަރ
ތުރުކީގެ ރައީސް
ތުރުކީގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މިނިސްޓަރ އާސިމް ފުރާވަޑައިގެންފި
 
ތުރުކީގެ ރައީސް ހުވާ ކުރުން އޮތީ ޖުލައި 09 ވަނަ ދުވަހު
 
ފުރާވަޑައިގަތީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި

ތުރުކީގެ ރައީސް  ރަޖަބް ތައްޔިބް އުރުދުޣާން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ބައިވެރިވެވަޑައިގަތުމަށް އެގައުމަށް ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރ ޑރ އާސިމް އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ވަނީ ތުރުކީއަށް ފުރާވަޑައިގަންނަވާފަ އެވެ.

​​​​​​​ތުރުކީގެ ރައީސް ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 09 ވަނަ ދުވަހުގެ ހަވީރު 04:30 ގަ އެވެ. މި ރަސްމިއްޔާތުގައި ދުނިޔޭގެ އެކި ގައުމުތަކުގެ 22 އަށްވުރެ ގިނަ ރައީސުންނާއި 17 އަށް ވުރެ ގިނަ ބޮޑު ވަޒީރުންގެ އިތުރުން ގައުމުތަކުގެ ގިނަ އަދަދެއްގެ މަންދޫބުން ބައިވެރިވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.

ތުރުކީގެ ރިޔާސީ އިންތިހާބު ރައީސް އުރުދުޣާން ކާމިޔާބުކުރެއްވުމާއެކު ރައީސް އަބްދުﷲ ޔާމީން ވަނީ އެމަނިކުފާނަށް އިންތިހާބު މަރުހަބާ ވިދާޅުވެފަ އެވެ. އިންތިހާބު ކާމިޔާބު ކުރައްވާ ފޮނުއްވާފައިވާ މެސެޖުގައި ވަނީ ޕާލަމެންޓްރީ އިންތިހާބުގައި ރައީސް އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީން އުފެއްދި ކޯލިޝަނުން ހޯއްދެއްވި ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ތުރުކީގެ ހަމަޖެހުމާއި، ސަލާމަތާއި، ރައްކާތެރިކަމަށާއި، އެގައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި އުފާ ފާގަތިކަން ހޯއްދަވައިދެއްވުމަށް ތުރުކީގެ ރައީސް ކުރައްވަމުން ގެންދަވާ މަސައްކަތް ރައީސް ޔާމީން ފާހަގަކުރެއްވި އެވެ.

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް