ކ. މާލެ
|
9 ޖުލައި 2018 | ހޯމަ 05:52
އަބްދުﷲ އަމީން
އަބްދުﷲ އަމީން
ސިމާހާ ނަސީމް
ފަލަސުރުހީ
ތަފާތު ބޮޑު ނަތީޖާއަކުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އިދިކޮޅު ފަރާތްތައް: އަމީން
 
ގައުމުގައި ކަންކަން ހިނގާގޮތް ރައްޔިތުންނަށް ވަރަށް ސާފު
 
ރައްޔިތުންގެ ތާއީދެއް ރައީސް ޔާމީނަކަށް ނެތް

ރާއްޖޭގެ ތާރީހުގައި އެންމެ ތަފާތު ބޮޑު ނަތީޖާ ފެންނާނެ އިންތިހާބަކަށް މިފަހަރުގެ ރިޔާސީ އިންތިހާބު ވެގެންދާނެ ކަމަށާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރާނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން އެންމެ ބޮޑަށް ތާއީދު ކުރާނެ ކެންޑިޑޭޓެއް ނެރިގެން މަސައްކަތް ކުރުމަށް ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިނގާ ކަންކަން ފާހަގަކުރައްވާ ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި ފަރާތްތަކުގެ ތެރެއިން ރައްޔިތުންނާ އެންމެ ގުޅުން ކުޑަ ރައީސަކީ ރައީސް ޔާމީން ކަމަށާއި ރައީސް ކަމުގެ މަގާމަށް ރައްޔިތުން މީހަކު ހޮވަނީ ހަމައެކަނި ފަސް އަހަރު ދުވަސް ވަންދެން އޮފީހުގައި އިނުމަށް ނޫން ކަމަށެވެ.

" ރައްޔިތުން ގާތަށް މީހުން ފޮނުވި ނަމަވެސް މިއަދު އެ ތާއީދެއް ނުފެންނާނެ. ރައްޔިތުންނަށް ގައުމުގައި ހިނގާ ކަންކަން ވަރަށް ސާފު. ރައީސް ޔާމީން ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ބޭފުޅުންނަށް ކުރައްވާ އިހްތިރާމް ރައްޔިތުންނަށް ސާފުކޮށް ފެންނާނެ. އެމަނިކުފާނުގެ ރަނިންގމޭޓުކަން ގަބޫލެއް ނުކުރައްވާނެ ގައުމަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެއް." އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ތަޖުރިބާއަށް ބަލާ އިރު ރައީސް ޔާމީންގެ ރަނިންގމޭޓަކީ މިފަހަރު ރައްޔިތުން ކައިރިއަށް ގޮސް ވޯޓު ހޯއްދެވުމަށް އުޅުއްވާނެ ބޭފުޅަކަށް ނުވާނެ ކަމަށާއި ސަބަބަކީ މީގެ ކުރީގެ ތަޖުރިބާތަކާއި ފެނިފައިވާ މަންޒަރުތަކުގެ ސަބަބުން ކަމަށެވެ.

" އަޅުގަނޑުމެންގެ ގަބޫލު ކުރުމާއި އަހްލާގަކީ އިސްރާފު ކުރުމާއި ކޮރަޕްޝަނާއި އިސްރާފު ކުރުން ކަމަށް ގަބޫލު ކުރެވޭ ހިސާބަށް މުޖުތަމައުގެ ހާލަތު ނުވަތަ މުޖުތަމައުގެ އަހްލާގީ މިންގަނޑު ބަދަލުވެއްޖެ ކަމުގައިވާނަމަ އެހާލަތު ރަގަޅު ގޮތަކަށް ބަދަލުވީކީ ނޫން. " އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ، ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަކީ އެއްވެސް ސިޔާސަތެއް އޮވެގެން ކުރާ ކަންކަމެއް ނޫން ކަމަށާއި އެއީ އިގްތިސާދީ ހަރަކާތްތަކެއް ކަމަށެވެ. އެއްވެސް ވަރަކަށް އިގްތިސާދު ފުޅާކޮށް އާމްދަނީ އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި އެގޮތުން ބްރިޖާއި ބޮޑެތި އިމާރާތްތައް އެޅި ނަމަވެސް އޭގެއިން އާމްދަނީގެ ކުރިއެރުންތަކެއް ނުލިބޭނެ ކަމަށެވެ. މީގެ އިތުރުން ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވުމުންވެސް މިގައުމަށް އިގްތިސާދީ މާބޮޑު ކުރިއެރުންތަކެއް ލިބޭ ކަންކަން ނުކުރާކަން އެނގޭކަމަށް އަމީން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
100%
0%
0%
0%
0%
0%
ކޮމެންޓް
9 ޖުލައި 2018 | ހޯމަ 05:09
ޚިޔާލު
އަމީންމެން މި ސަރުކާރުގައިއުޅެ ކަންކަން ފަހިވެގެން ދިޔައިރު ޔާމީނުވަރެއްނެތް އެކަމަކު މިހާރު ކަމަކުނުދިޔަ އަޖާއިބެއް