Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާން - އެމެރިކާ

އުތުރު ކޮރެއާ އާއި އެމެރިކާގެ މަޝްވަރާތަކުން ޖަޕާނަށް ގެއްލުމެއް ނުފޯރާނެ ކަމަށް އެމެރިކާ އިން ބުނެފި

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމަކީ ޖަޕާނުން ދެކޭގޮތުގައި ޖަޕާނަށް ހުރި ބިރެއް

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 29 ޖޫން 2018 | ހުކުރު 14:28
ޖަޕާނުގެ ޑިފެންސް މިނިސްޓަރު އިޓްސުނޯރީ އޮނެޑެރާ (ކ) އާއި އެކު މެޓިސް ބޭއްވި ބައްދަލުވުމުގެ ތެރެއިން

ޖަޕާނުގެ ޑިފެންސް މިނިސްޓަރު އިޓްސުނޯރީ އޮނެޑެރާ (ކ) އާއި އެކު މެޓިސް ބޭއްވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާ އާއި އުތުރު ކޮރެއާގެ މަޝްވަރާތަކުގެ ސަބަަބުން އެމެރިކާ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި އެމެރިކާ އާއި ޖަޕާނުގެ ގުޅުން އޮތީ "ސާބިތުކަންމަތީގައި" ކަމަށް ޖަޕާނަށް ވަޑައިގެން އުޅުއްވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް ހުކުރު ދުވަހު ވިދާޅުވެއްޖެއެވެ.

އެމެރިކާ އިން ދެކުނު ކޮރެއާ އާއި އެކު ބާއްވަމުންދާ އަސްކަރީ ތަމްރީންތައް ސަސްޕެންޑު ކޮށްފައިވާއިރު އެ އަސްކަރީ ތަމްރީންތައް އެމެރިކާ އިން ސަސްޕެންޑު ކުރީ އެއީ އުތުރު ކޮރެއާ ހިތް ހަަމަ ނުޖެހޭ ކަމަކަށް ވާތީއެވެ. ދެކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަަށާއި އަދި އުތުރު ކޮރެއާ އިން ނިއުކްލިއަރ ހަތިޔާރުގެ ބޭނުން ކުރުން ހުއްޓާލުމަށް ބާރުއެޅުމުގެ ގޮތުން، ސިންގަޕޫރުގައި ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ ތާރީޚީ ބައްދަލުވުމެއް ބާއްވާފައެވެ. އުތުރު ކޮރެއާ އިން ވަނީ މި ބައްދަލުވުމުގައި ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރުން ހުއްޓާލާނެ ކަމަށް ވައުދުވެފައެވެ. އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއަރ ޕްރޮގްރާމާއި އަދި މިސައިލްތައް ޓެސްޓް ކުރުމަކީ ޖަޕާނަށް ހުރި ބިރެއް ކަމަށް ޖަޕާނުން ދެކެއެވެ. އަދި އެމެރިކާ އާއި ދެކުނު ކޮރެއާ އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކަކީ އުތުރު ކޮރެއާގެ އަމަލުތަކާ ދެކޮޅަށް ކުރެވޭ އަދި ޖަޕާނަށް އުތުރު ކޮރެއާ އިން ބިރެއް އަތުވެދާނެ ފަދަ ކަމަކާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށް ޖަޕާނުން ދެކެއެވެ.

ޖަޕާނުގެ ޑިފެންސް މިިނިސްޓަރާ ބައްދަލު ކުރައްވާ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ވިދާޅުވީ މިހާތަނަށް އުތުރު ކޮރެއާ އާއި ނުކުރާފަދަ މަޝްވަރާތަކެއް އެމެރިކާ އިން ކުރަމުންދާ ކަމަށާއި އެހެންނަމަވެސް ޖަޕާނާއި އެމެރިކާގެ އިއްތިހާދަށް ކުޑަވެސް ލޮޅުމެއް ނާންނާނެކަމަށެވެ.

މެޓިސް ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރާވެސް ބައްދަލު ކުރައްވާފައެވެ. މެޓިސް އާ ޖަޕާނުގެ ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުވުމުގައި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ވިދާޅުވީ އެމެރިކާ އާއި ޖަޕާނުގެ އިއްތިހާދު "ވަރަށް ވަރުގަދަ އަށް" އޮންނަން ޖެހޭ ކަމަށެވެ.

އުތުރު ކޮރެއާ އިން ކުރާ މިސައިލް ޓެސްޓްތައް ޖަޕާނުގެ ވައިގެ ސަރައްދު ހުރަސް ކުރާތީ އާއި އަދި ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވެއްޓޭތީ ޖަޕާނު ވަނީ ވަރަށް ހިތްހަމަނުޖެހުން ފާއިތުވެ ދިޔަ ދުވަސްތަކުގައި ފާޅުކޮށްފައެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖަޕާނަށް ވަޑައިގަތުމުގެ ކުރިން ވަނީ ޗައިނާ އަދި ދެކުނު ކޮރެއާ އަށް ވެސް ވަޑައިގެންފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު