Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ސިިއްރިޔާތުގައި ސަރުކާރު ހިންގުން ނިމުމަކަށް!

އޯޕަންޑޭޓާ އަދި އޯޕަން ގަވަރމަންޓް ސިޔާސަތަކީ ކޮރަޕްޝަން މަދު ޤައުމުތަކުން އަމަލުކުރަމުންދާ ސިޔާސަތެއް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 7 ޖުލައި 2018 | ހޮނިހިރު 13:57
ސަރުކާރުގެ ގިނަ އޮފީސްތައް ހިނގަމުން އަންނަ ވެލާނާގެ: ސަރުކާރުން މައުލޫމާތު ހޯދުމަކީ ދަތިކަމެއް

ސަރުކާރުގެ ގިނަ އޮފީސްތައް ހިނގަމުން އަންނަ ވެލާނާގެ: ސަރުކާރުން މައުލޫމާތު ހޯދުމަކީ ދަތިކަމެއް

މި ސަރުކާރުގެ އެންމެ ބޮޑު މައްސަލައަކީ ސިއްރިޔާތުގައި ސަރުކާރު ހިންގުމެވެ. ކޮރަޕްޝަން ގިނަވެ، އިޤްތިޞާދު ފުނޑުފުނޑުވެ، އިންސާފު ނުލިބޭ ސަބަބަކީ މިއީއެވެ. ކޮންމެ ކަމެއް ކުރަނީ ސިއްރިޔާތުގައެވެ.

ބޮޑު ލޯނެއް ނެގިޔަސް އެކަން ދެނަހުރި ބަޔަކު ނުތިބެއެވެ. މަޖިލީހުގެ ހުއްދަ ނެތި ބޮޑެތި ލޯނުތައް ނުނެގޭ ގޮތަށް މާލިއްޔަތު ޤާނޫނުގައި ބުނެފައިވަނިކޮށް އެކަން ވެސް ބަދަލުކޮށް، ހިތުހުރި ތަނަކުން، ހިތު ހުރި ވަރަކަށް ލޯނުތައް ނަގަމުންދާއިރު، އެކަން ބެލެހެއްޓޭނެ ޒިންމާދާރު ގޮތެއް ނެތެވެ. ސަރުކާރުގެ ޚަރަދުތައް ކުރަމުންދާ ގޮތް ފިނޭންސް މިނިސްޓްރީ އަށް ވެސް އެނގޭހެނެއް ހިއެއް ނުވެއެވެ. ސަރުކާރުގެ ކުންފުނިތަކަށް ވަންނަ ފައިސާތަކަށް ވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. މީހަކު ހައްޔަރުކުރަން އިންޓެލިޖެންސް ރިޕޯޓް ނޫން އެއްޗެއް ބޭނުން ނުކުރެވޭ ހިސާބަށް ފުލުހުންގެ ކަންތައް ގޮސްފައިވާއިރު، ކޯޓުތަކުގައި ބޭނުންކުރަނީ މުޅިން ވެސް ސިއްރު ހެއްކާއި ސިއްރު ބަޔާންތަކެވެ. ހައްތަހާ ވެސް ސިއްރެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނެއް ރާއްޖޭގައި އޮތެއް ކަމަކު، އެޤާނޫނަކީ ނަމެއްގައި ހެދުނު ޤާނޫނެކެވެ. ބައެއް ފަހަރު އެއީ ހަމައެކަނި އިންފޮރމޭޝަން ކޮމިޝަނަރގެ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދައި، ހަމައެކަނި މަޤާމުތަކެއް ދޭން ހެދި ޤާނޫނެކޭ ވެސް ހީވެއެވެ.

އެމްޑީޕީ އިން 2008 ވަނަ އަހަރު ވެރިކަމަށް އައިސް، ސަރުކާރު ވަރަށް ބޮޑަށް ހުޅުވާލިއެވެ. ސަރުކާރު އޮފީސްތަކުގެ މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމް ޤާއިމްކުރިއެވެ. އައިލްސްގެ ނަމުގައި ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށުން ސަރުކާރުގެ މަޝްރޫޢުތަކުގެ މައުލޫމާތުތަކާއި ރަށްރަށުގެ މައުލޫމާތު އާއްމުންނަށް ލިބޭނެ ނިޒާމެއް ޤާއިމްކުރިއެވެ. ސަރުކާރު އޮފީސްތަކުގެ ހާޒިރީ އާއި ޚަރަދުތައް ކޮންމެ ހަފްތާއަކު އާއްމުކުރަން ފެށިއެވެ. ރައީސް އޮފީހުގެ ވެބްސައިޓަކީ ވެސް މައުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހަދައި، ބޭނުންކުރަން ފަސޭހަ ވެބްސައިޓަކަށް ހެދިއެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންގެ އޮފީސްތަކުގެ ވެބްސައިޓްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ވެބްސައިޓަކަށް ރައީސް އޮފީހުގެ ވެބްސައިޓް އޭރު ވެެގެން ދިޔައެވެ.

މިހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ އެމްޑީޕީގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވައްޓާލުމާ ގުޅިގެންނެވެ. އެހިސާބުން އަނެއްކާ ވެސް ސަރުކާރުގެ މައުލޫމާތު އާއްމުންނަށް ހޯދުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔައެވެ. އަދި 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތް ފަހުން މުޅި ދައުލަތް 'ސްޓެލްތު މޯޑް' އަށް ދިޔަކަހަލައެވެ. ވާއެއް ނުވާއެއް ރައްޔިތުންނަށް ނޭނގެއެވެ. މުޅި ދައުލަތާއި ސަރުކާރު ސިއްރިޔާތުގައި ހިންގަން ފެށުނެވެ.

އެހެންނަމަވެސް މިކަން ބަދަލުކުރާނެ ކަމަށް އެމްޑީޕީ އިން އެވަނީ ވައުދުވެފައެވެ. އެމްޑީޕީގެ ޑިޖިޓަލް ޖަޒީރާ - އޯޕަން ޑޭޓާ ސިޔާސަތަކީ އޭގެ ފެށުމެވެ. އޯޕަން ޑޭޓާ ސިޔާސަތަކީ ދުނިޔޭގެ ކޮރަޕްޝަން އެންމެ މަދު ޤައުމުތަކުގައި ބަލައިގެންފައިވާ، އަދި އެއަށް އަމަލުކުރަމުން އަންނަތާ ދުވަސްތަކެއް ވެފައިވާ ސިޔާސަތެކެވެ. މި ސިޔާސަތުގެ އެންމެ މައިގަނޑު އެއް އަސްލަކީ ވެރިކަމަކީ ރައްޔިތުންގެ އެއްޗެއް ކަން ޤަބޫލުކުރުމެވެ. އެހެންކަމުން ސަރުކާރުގެ އާއްމު މައުލޫމާތު ރައްޔިތުންނާއި ހިއްސާކުރެވެއެވެ. މީގެ ސަބަބުން ކޮރަޕްޝަނަށް ފަހިވެފައިވާ މަގުތައް ބަންދުވެގެން ދެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް ގިނަ މައުލޫމާތުތަކެއް ލިބެން ހުރުމަކީ ކަރުދާހާއި އިދާރީ ޚަރަދުތައް ކުޑަވެގެންދާނެ ކަމެކެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ "ސަރުކާރުގެ ތަފާސް ހިސާބާއި ޑޭޓާ އާއްމުންނަށް ފެންނަ ގޮތަށް ހާމަކުރުމުން ރައްޔިތުންނަށް ސަރުކާރަށް އިތުބާރު ކުރުމަށް ފަސޭހަވެ، ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ފަސޭހަ ގޮތްތައް ހޯދިގެންދާނެ" ކަމަށެވެ.

އޯޕަން ގަވަރމެންޓް ސިޔާސަތެއްގައި ސަރުކާރު ހިނގާނީ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަކަށް ނޫނެވެ. ސަރުކާރުން ހޯދަން ބޭނުންވާ ޚިދުމަތްތައް 24 ގަޑިއިރު އޮންލައިންކޮށް ލިބެމުންދާނެއެވެ. މީގެ ސަބަބުން ރައްޔިތުންނަށް އެތައް ތަކްލީފަކުން ސަލާމަތްވެވޭނެއެވެ.

މީގެ އިތުރުން ސަރުކާރުގެ މައުލޫމާތު އާއްމުންނަށް ހުޅުވާލުމަކީ އެމައުލޫމާތުގެ އަލީގައި ދިރާސާތައް ކުރުމަށް މަގުފަހިވެގެންދާނެ ކަމެކެވެ. ޑޭޓާ އެނަލިޓިކްސްގެ ދާއިރާ ރާއްޖޭގައި ވެސް ތަރައްޤީ ވެގެންދާއިރު، މިއީ އެމައުލޫމާތުގެ އަލީގައި އެތައް ބައިވަރު ފައިދާތަކެއް ޤައުމަށް ލިބިގެންދާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

ރައްޔިތުން ނޫނެކޭ ބުނީ ސަރުކާރުގެ ސިޔާސަތުތަކަށް!

12 މެއި 2017
ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

ރިލުވާނު ވަގަށް ނެގިތާ 1000 ދުވަސް، ވީގޮތެއް ހޯދުމުގައި ސަރުކާރު ނުކުޅެދިއްޖެ!

04 މެއި 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

ގާނޫނީ އިމުގެ ތެރެއިން ސަރުކާރު ވައްޓާލަން މަސައްކަތް ކުރުން، ކުށެއްތަ؟

21 އެޕްރީލު 2017
އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

11 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު