Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

ގާސިމް ހުށަހެޅުއްވި 11 ހިޔާލު އެމްޑީޕީގެ މެނިފެސްޓޯއާ މާބޮޑު ތައާރަޒުވުމެއް ނެތް: އިބޫ

6 ޖުލައި 2018 | ހުކުރު 19:44

ގާސިމް ހާމަ ކުރެއްވި ކަންކަމަކީ ކޯލިޝަނުގެ އިސްވެރިންނާ ހިއްސާ ކުރައްވާފައިވާ ކަންކަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 ޖުލައި 2018 | ހުކުރު 19:44
އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ:- ފޮޓޯ-ރާއްޖެއެމްވީ

އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވާހަކަ ދައްކަވަނީ:- ފޮޓޯ-ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީން ބައިވެރިވާ ކޯލިޝަން ސަރުކާރެއްގެ އެއްބަސްވުމުގައި ހިމަނަން ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމް ހުށައެޅެއްވި ހިޔާލުފުޅުތަށް އެމްޑީޕީގެ މެނިސްޓޯއާއި މާބޮޑަށް ތާރަޒުވާ ކަންތައްތަކެއް ފެނިގެން ނުދާކަމަށް ގުޅިފައިވާ ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ އަދާލާތު ޕާޓީގެ އިސް ބައެއް މެމްބަރުންނާއި ބައްދަލު ކުރެއްވުމަށްފަހު، އެޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ "ގުޅިފައިވާ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ ވައުދު" ތަކުގެ ނަމުގައި ނެރުއްފައިވާ ކަރުދާހުގައި ގާސި،މް ފާހަގަކުރައްވާފައިވާ 11 ކަމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ހިއްސާކުރައްވާފައިވާ ކަންކަން ކަމަށެވެ. އެ ކަންތަށްތަކަކީ ގާސިމް އިބްރާހިމް ދެކިވަޑައިގަންނަވާ ތަސައްވުރެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ އާއި ގާސިމްގެ ހިޔާލުފުޅުގައި ހުރި ކަންތައްތައް މާބޮޑަށް ތައާރުޒުވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގާސިމްގެ ހިޔާލުފުޅުގައިވާ ކަންތައްތައް އެމްޑީޕީގެ މެނިފެސްޓޯއާއި އެތްގޮތް ކުރެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އެއީ އެބޭފުޅުން ދެކިވަޑައިގަންނަވާ ގޮތް އެ އޮތީ ހުށަހަޅުއްވާފަ، އެޅުގަނޑަކަށް އެއަކުން މާ ބޮޑު އަޅުގަނޑުމެން މެނިފެސްޓޯ އާ ތައާރުޒުވާ ކަންތައްތަކެއް ފެނިގެންން ނުދޭ، އެހެންވީމަ އެ އެއްގޮތް ކުރެވޭނެ ކަންތައްތަކެއް ހުރިކަމަށް އަޅުގަނޑަށް ލަފާ ކުރެވެނީ" އަދާލަތު ޕާޓީ އޮފީގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

Caption

ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް ވިދާޅުވި ގޮތުގައި ބުދަ ދުވަހުގެ ރޭ އޭނާ ނެރުއްވި ކަރުދާހަކީ "އަމިއްލަ ޚިޔާލެއް" ކަމަށެވެ. ޖޭޕީ ބައިވެރިވާ ކޯލިޝަން ސަރުކާރުގެ މެނިފެސްޓޯގައި އެކަންކަން ހިމެނުއްވުމަކީ ބޭނުންފުޅުވާ ކަމަކަށް ވާތީވެ، އެކަންކަން އާންމުކުރެއްވީ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް ދެކިވަޑައިގަންނަވާ ގޮތް އާންމުންނަން ހާމަކުރެއްވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވަޓްސްއަޕް ގުރޫޕްގައި އެމަނިކުފާނު އެޚިޔާލުފުޅުތައް ހިއްސާކުރެއްވުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން ގާސިމް ދެކިވަޑައިގަންނަވާ ގޮތް އާއްމުރެއްވީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކަންތައްތައް ހިއްސާ ނުކުރައްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީގެ މިހާރުގެ ފައުންޑަރު، ކުރިން ވެއްޖިއްޔާ ލީޑަރު އަޅުގަނޑުމެންނާއި އަބަދުވެސް ކޮމިނިއުކޭޓް ކުރައްވަމުން ވާހަކަ ދައްކަވަމުން ގެންދަވަނީ، އޮނަރަބަލް ގާސިމް އިބްރާހިމް ދެކިވަޑައިގަންނަވާ ތަސައްވަރެއް އޮތްވާހަކަ އަޅުގަނޑުމެންނަށް ހުށައެޅި، އަދި އަޅުގަނޑުމެންގެ ވަޓްސްއަޕް ގްރޫޕްގައި ހިއްސާކުރައްވާނެ ވާހަކަ ވިދާޅުވި، އެގޮތައް އެކަން އެ ކުރެއްވީ، އަޅުގަނޑު ހިތުން އެއަކީ އަޅުގަނޑުމެންނާއި ވާހަކަ ނުދައްކާ ހުށައެޅުއްވި ހުށައެޅުމެއް ކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން" އަދާލަތު ޕާޓީ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

ގާސިމް ނެރުއްވި ލިޔުމުގައި ވިދާޅުވެފައި ވަނީ އެއީ 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުވެސް ޖުމްހޫރީ ޕާޓީން ވަރަށް އިޚުލާސްތެރިކަމާއި ވަރަށް ފޮނި އުންމީދާއެކު ރައްޔިތުންނާއި ގައުމުގެ ހައްގުގައި ނިންމި ނިންމުމާއި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިން އުފެދުނު ސަރުކާރުތަކުން ކަންތައްތައް ވެގެންދިޔަގޮތުން އެ ޕާޓީން ގޮތެއް ނިންމުމުގައި ކޯލިޝަން އެއްބަސްވުމެއްގެ މައިގަނޑު ރުކުންތަކާއި އަސާސްތަކުގެ ތެރޭގައި ހިމަނަން ކޮންމެހެންވެސް އެދޭ މުހިންމު ކަންތައްތަކެއް އާއްމު ކުރައްވަން ޖެހިވަޑައިގަތީ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އިބޫ

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާއިރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއެއް އަދި ފައިނަލް ނުކުރެވޭ ކަމަށާއި، އެ ޕާޓީން ބޭނުންވާ ކަންކަން ހުށަހާޅާ އެކަންކަމާ މެދު ކޮމެޓީގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީން ހުށަހަޅާ ކަންކަން މީޑިއާ ހަމައަށް ގެންނަން ބޭނުންވަނީ އެއްބަސް ވެވޭ ކަންކަން ފައިނަލް ކުރުމަށް ފަހުގައި ކަމަށް ވެސް އަލީ ޒާއިރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ޒާހިރާއި އިބޫ

"ކޮންމެވެސް ވަރަކަށް އެބަހުރި އަޅުގަނޑުމެންގެ މެމްބަރުން އެކަންކަމާއި މެދުގައި ހިޔާލު ތަފާތުވުން ނުވަތަ ސާފުކުރަން ބޭނުންވާ ބައެއް ކަންތައްތައް، އެބަހުރި އެމްޑީގެ މެނިފެސްޓޯގައި ވެސް، އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެމްޑީޕީން ހުށައަޅާފައިވާ މެނިފެސްޓޯ މި ދަނީ ދިރާސާ ކުރަމުން، އެއްގޮތަކީ އުސޫލެއް ކަމެއް ބަލައިގެން އެއަށް އެހެން ޕާޓީތަކުން ހުށައަޅާ ހިޔާލުތަކާއި އެއްކޮށްގެން އެއީ އަސްލެއް ކަމަށް ބަލައިގެން ކުރެވިދާނެ ކަމަށް ގަބޫލުކުރަން، ވަގުތުގެ ގޮތުންނާއި ހުރިހާ ގޮތަކުން މިއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެން" އަދާލަތުގެ ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ދައުވަތަކަށް ހުކުރު ދުވަހުގެ ރޭ އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާއި ބައްދަލުކުރެއްވުމަށް ފަހު، އިބޫ ވިދާޅުވީ އެޕާޓީގެ ފަރާތުން އެމްޑީޕީގެ މެނިފެސްޓޯއަށް ގެންނަން ބޭނުންވާ ބަދަލުތަކެއް މިހާތަނަން އަދި ހުށައަޅާފައި ނުވާ ކަމަށެވެ. އިބޫ އާއި އެކު އަދާލަތު ޕާޓީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި މެނިފެސްޓޯ އާއި ގުޅޭގޮތުން ބައެއް ކަންކަން އޮޅުންފިލުމުގެ ގޮތުން މަޝްވަރާކޮށްފައި ވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ

05 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު އަންނަ ހުކުރު ދުވަހު ބާއްވާނީ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
04 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް

04 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީގެ ސައިޒް ދައްކާލާނަން: ހަސަން ލަތީފް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް