Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ ރޭސް 2018

ކެމްޕެއިން ހަރަކާތްތައް ލަންކާގައި ވަރުގަދަ ކުރުމަށް ރައީސް ނަޝީދު ދިވެހިންނާއި ބައްދަލުކުރައްވައިފި

މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ، އެޕާޓީގެ ނައިބް ރައީސް ޝިފާޒު ބައިވެރިވަޑައިގެންނެވި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 ޖުލައި 2018 | ހުކުރު 14:09
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބަދައްލުކުރައްވަނީ

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބަދައްލުކުރައްވަނީ

އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތައް ލަންކާގައި ވަރުގަދަ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބަދައްލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފާއި، އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒުގެ އިތުރުން ޖަޒީރާ ރައީސްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު އަސްލަމް ބައިވެރިވެލެއްވިއެވެ. ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި އެކު ކުރިއަށް ގެންދިޔަ މި ބައްދަލުވުގައި އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިންނާއި ރައީސް ނަޝީދު ވަނީ ލަންކާގައި ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މިއީ ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޫކޮށްލައްވާ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާން ނިންމެވިފަހުން ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރައެވެ. ރައީސް ނަޝީދު އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުނެވެ. ރައީސް ނަޝީދުގެ މި ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ތިންވަނަ ކޮންގްރެސް އިން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯހިލް ( އިބޫ) ވަނީ ހަމަޖައްސަވާފައެވެ.

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުއްވާ ދިވެހިންނާއި ބަދައްލުކުރައްވަނީ

އެމްޑިޕީގެ ކޮންގްރެސްގައި ބައިވެރި މަންދޫބުންނާއި ވީޑިއޯ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ކާމިޔާބު ހޯދާ ދެއްވުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރައްވާނެ އެކްޓިވިސްޓަކަށް އެމަނިކުފާން ވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރުކަންވެސް ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ކެނޑިޑޭޓަކަށް އިންތިހާބުވުމުން މަރުހަބާ ދަންނަވައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ބޮޑު ތަނުން ބަލިކުރައްވާނީ ގުޅިފައިވާ ޕާޓީތައް އެކުގައި ނިކުމެކަމަށެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު