Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮހަޅާގައި ތާށިވި ކުދިން

ޑައިވަރު މަރުވި ޚަބަރު ހޮހަޅައިގައި ތިބި ކުދިންނަށް ދީފައެއް ނުވޭ

7 ޖުލައި 2018 | ހޮނިހިރު 02:33

ޑައިވަރު މަރުވި ވާހަކަ ނުބުނީ އެކުދިންގެ ރައްކަލަކަށް

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 7 ޖުލައި 2018 | ހޮނިހިރު 02:33
ހޮހަޅާގައި ތާށިވެފައި ތިބި ތައިލެންޑުގެ ފުޓްބޯޅަ ޓީމް

ހޮހަޅާގައި ތާށިވެފައި ތިބި ތައިލެންޑުގެ ފުޓްބޯޅަ ޓީމް

ތައިލެންޑްގެ ހޮހަޅައިގައި ތާށިވެފައިވާ 12 ކުދިންނާއި ފުޓް ބޯޅަ ކޯޗު ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވަމުން ދަނިކޮށް ޑައިވަރަކު މަރުވި ވާހަކަ ހޮހަޅައިގައި ތިބި ކުދިންނަށް ދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ކުރީގެ ސާޖެންޓެއް ކަމަށްވާ އުމުރުން 38 އަހަރުގެ ސަމަން ގުނާން މަރުވެފައިވަނީ ބުރާސްފަތީގެ ރޭ ހޮހަޅައަށް އޮކްސިޖަން ފޯރު ކޮށްދިނުމަށްފަހު ހޮހަޅައިން ނުކުތުމަށް ދަނިކޮށް، އޭނާގެ އޮކްސިޖަން ފުޅި ހުސްވެގެނެވެ. ކުދިން ސަލާމަތް ކުރުމަށް އޭނާ ބައިވެރިވީ އަމިއްލަ ގޮތުންނެވެ. ސާޖެންޓް ކަމުން މިހާރު ރިޓަޔަރ ކޮށްފައިވާ ގުނާން މަރުވުން ހަށިގަނޑު ނެރެދީފައި ވަނީ އޭނަގެ ޑައިވިން ޕާޓުނަރެވެ.

މި ވަގުތު ވެސް ގާތް ގަޑަކަށް 1000 މީހުން އެ ކުދިން ސަލާމަތް ކުރުމަށް ދަނީ ހަރަކާތްތެރި ވަމުންނެވެ. އޭގެ ތެރޭގައި ޑައިވަރުންނާއި ސިފައިންގެ އިތުރުން އާންމުން ވެސް ހިމެނެއެވެ. ރެސްކިއު އޮޕަރޭޝަންގައި ހަރަކާތްތެރިވާ މީހުން ބުނީ ސާޖެންޓް މަރުވި ނަމަވެސް ކުދިން ސަލާމަތްކުރުމުގެ މަސައްކަތަށް ބިރުން ފަހަތަށް ނުޖެހޭނެ ކަމަށާއި އެ ހާދިސާއިން އިބްރަތް ލިބިގަންނާނެ ކަމަށެވެ.

ހޮހަޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރުމަށް އަވަސް ހައްލެއް ހޯދަމުންދާއިރު ތަޖުރިބާކާރުންނާއެކު ވެސް ޑައިވް ކޮށްގެން އެ ކުދިން ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ޕްރޮފެޝަނަލް ޑައިވަރަކު އޮކްސިޖަން ފޯރުކޮށްދީފައި އެބުރި އައި ވަގުތު މަރުވުމުން އެ އޮޕަރޭޝަންގައި ހުރި ނުރައްކާ ކުރިން ހީވެފައި އޮތް ވަރަށް ވުރެ ބޮޑުކަން ވަނީ ކަށަވަރު ކުރެވިފައެވެ.

ހޮހަޅައަށް އޮކްސިޖަން ފޯރުކޮށްދޭން ޑައިވަރު ގޮސްފައި ވަނީ ވާރޭވެހުމުގެ ސަބަބުން ހޮހަޅައިގެ ތެރޭގައި ފެން ބޮޑުވެ އޮކްސިޖަން ހުރި މިންވަރު ދަށްވުމުންނެވެ. އޮކްސިޖަން ލެވެލް މިހާރު 15 ޕަސަންޓުގައި ހުރުމުން ކަމާއިބެހޭ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއްމުކޮށް ނޭވާލާއިރު އޮކްސިޖަން ހުންނަން ޖެހޭނީ 21 ޕަސަންޓުގައެވެ. މިކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށްވެ އެވެ.

އެހެންކަމުން އެ ހޮހަޅައަށް ސާފުވައި ވައްދާދޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
13 މާރިޗު 2017

އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް

13 މާރިޗު 2017
އިރާގު މޫސަލްގައި ބާކީ ތިބި އައިއެސްގެ ހަނގުރާމަވެރިން ވާނީ މަރު: ބްރެޓް މެކްގާކް
07 މާރިޗު 2017

އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި

07 މާރިޗު 2017
އުތުރުކޮރެއާގައި ތިބި މެލޭޝިއާ ރައްޔިތުން އެގައުމުން ފޭބުން މަނާކޮށްފި
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް