Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނަވާޒް ޝަރީފްގެ ކޮރަޕްޝަން

ކޮރަޕްޝަންގެ ކުށް ސާބިތުވެ ނަވާޒް ޝަރީފް 11 އަހަރަށް ޖަލަށް

6 ޖުލައި 2018 | ހުކުރު 12:40

ހުކުމް ކުރީ އާމްދަނީއާ ނުބައްދަލު މުދަލާއި ގެދޮރު ހުރުމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ޖުލައި 2018 | ހުކުރު 12:40
ނަވާޒް ޝަރީފް (ވ): މަޤާމުން ވަކިކުރެވުނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި އިސްލާމް އާބާދަށް ވަޑައިގެންނެވިތަނާ

ނަވާޒް ޝަރީފް (ވ): މަޤާމުން ވަކިކުރެވުނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެނބުރި އިސްލާމް އާބާދަށް ވަޑައިގެންނެވިތަނާ

ކޮރަޕްޝަންގެ ކުށް ސާބިތުވެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް 11 އަހަރަށް ޖަލަށްލުމަށް ޕާކިސްތާނުގެ ކޯޓަކުުން ހުކުމްކޮށްފިއެވެ.

ޕާކިސްތާނުގެ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯގެ ކޯޓުން ނަވާޒް ޝަރީފްއާއި އޭނާގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފް އަދި މަރިޔަމްގެ ފިރިކަލުން ސަފްދާރް އަވާންގެ މައްޗަށް ޖަލު ހުކުމްތައް އިއްވާފައިވެއެވެ. ނަވާޒް ޝަރީފްގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި ވަނީ އެމަނިކުފާނު އިނގިރޭސިވިލާތުގެ ލަންޑަނުން 4 ގެ ބައްލަވައިގަތުމުގައި ކުރައްވާފައިވާ ޚަރަދުތަކާއި އާމްދަނީއާއި ނުބައްދަލުވުމުންނެވެ.

ނަވާޒް ޝަރީފު ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވުނީ ސިޔާސީ ގޮތުން ކުލަ ޖެހިފައިވާ ދައުވާތަކެއްކަމަށް ވިދާޅުވެފައެވެ. ނަވާޒް ޝަރީފާއި ދަރިކަނބަލުން މަރިޔަމް ތިއްބެވީ ނަވާޒް ޝަރީފްގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ކެންސަރަށް ފަރުވާ ހޯއްދަވަމުންދާތީ ލަންޑަނުގައެވެ.

11 އަހަރުގެ ޖަލު ހުކުމުގެ ތެރެއިން އެއް އަހަރުގެ ހުކުމަކީ ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެއްބާރުލުން ނުދެއްވައިގެން އިއްވި ހުކުމެކެވެ.

ނަވާޒްގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ޝަރީފަށް އިއްވީ 7 އަހަރުގެ ހުކުމެކެވެ. އެއީ ކުށެއްކުރުމަށް އެހީވިިކަމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ހުކުމެކެވެ. އަދި މަރިޔަމްގެ ފިރިކަލުންްގެ މައްޗަށް ނޭޝަނަލް އެކައުންޓަބިލިޓީ ބިއުރޯއަށް އެއްބާރުލުން ނުދެއްވައިގެން އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ލަންޑަނުގައި ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ ބޭފުޅުން ބައްލަވައިގަތް ގެތަކެއްގެ މައްސަލަ ފެންމަތިވީ 2015 ވަނަ އަހަރު ލީކުވި 'ޕެނަމާ ޕޭޕަރސް'ތަކުންނެވެ. ނަވާޒްގެ އާއިލާއިން ބުނީ އެތަންތަނަކީ ހަލާލު އާމްދަނީއިން ހޯދާފައިވާ ތަންތަންކަމަށެވެ.

ޕާކިސްތާނުގެ ކޯޓުން ކުރި ހުކުމްގައި ނަވާޒް ޝަރީފްގެ އާއިލާގެ ގެތައް ޕާކިސްތާނުގެ ސަރުކާރަށް ނެގުމަށްވެސް އަމުރުކޮށްފައިވެއެވެ.

ކޯޓުގެ ނިންމުމާއި ގުޅިގެން ޕާކިސްތާނުގައި ހަމަނުޖެހުން އުފެދިދާނެކަމަށް ބަލައި ސަލާމަތީ ބާރުތަކުން ވަނީ ތައްޔާރަށް ޙާލަތުގައެވެ. އަދި ކޯޓު ހިމެނޭ ސަރަހައްދަށް ދެވޭ މަގުތައް ބަންދުކޮށް، އެސަރަހައްދުގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބޭއްވުން ސަރުކާރުން މަނާކުރިއެވެ.

އެހެން ނަމަވެސް ޕާކިސްތާނުގެ އެހެން ސަރަހައްދުތަކުގައި ނަވާޒްގެ ސަޕޯޓަރުން ގެންދަނީ އެހުކުމާއި ގުޅިގެން މުޒާހަރާކުރަމުންނެވެ.

ނަވާޒް ޝަރީފްގެ މައްޗަށް ހުކުމްކޮށްފައި މި ވަނީ އާއްމު އިންތިޚާބު ބޯމަތިވެފައިވަނިކޮށެވެ. މިމަހުގެ 25 ވަނަ ދުވަހު ޕާކިސްތާނުގައި އާއްމު އިންތިޚާބުގެ ވޯޓުލުން އޮންނާނެއެވެ. ޕެނަމާ ޕޭޕަރސްގެ މައްސަލައިގައި މިދިޔަ އަހަރު ބޮޑުވަޒީރުކަމުގައި ހުންނަވަނިކޮށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ނަވާޒް ޝަރީފް މަޤާމުން ދުރުކޮށްފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ޖޫން 2017

ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

01 ޖޫން 2017
ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި
26 މެއި 2017

މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި

26 މެއި 2017
މެންޗެސްޓާ ހަމަލާ: ތަހުގީގައި ގުޅޭ މައުލޫމާތު އެމެރިކާ މީޑިއާގައި ލީކުވުން ރައީސް ޓްރަމްޕް ކުށްވެރި ކުރައްވައިފި
16 މެއި 2017

އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި

16 މެއި 2017
އެންމެ ފަހުން އުތުރު ކޮރެއާ އިން ކުރި މިސައިލް ޓެސްޓް ސެކިޔުރިޓީ ކައުންސިލުން ކުށްވެރިކޮށްފި
11 މެއި 2017

ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!

11 މެއި 2017
ނަވާޒް ޝަރީފްގެ އިސްތަށިފުޅުގައި ބޮޑު ތުހުމަތެއް!
20 އެޕްރީލު 2017

ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި

20 އެޕްރީލު 2017
ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ކަރަޕްޝަން މައްސަލަ އިތުރަށް ތަހުގީގު ކުރަން ޕާކިސްތާނުގެ ސްޕްރީމް ކޯޓުން އަމުރު ކޮށްފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް