Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެފަލަސްތީން-އިސްރާއީލް

ހުޅަނގު އައްސޭރީން ފަލަސްތީނުގެ ބަދަވީން ފައްސާލުމަށް އިސްރާއީލުން ކުރަމުން ގެންދާ މަސައްކަތް އީޔޫ އާއި އދ. އިން ކުށްވެރިކޮށްފި

5 ޖުލައި 2018 | ބުރާސްފަތި 12:45

ފަލަސްތީނުގެ ރައްޔިތުން ދަނީ އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް މުޒާހަރާ ކުރަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 5 ޖުލައި 2018 | ބުރާސްފަތި 12:45
އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރައެއްގެ ތެރެއިން

އިސްރާއީލުގެ އަމަލުތަކާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން ކުރި މުޒާހަރައެއްގެ ތެރެއިން

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި، ފަލަސްތީނުގެ ބަދަވީންނަށް ނިސްބަތްވާ އަވަށަކުން އެބައި މީހުން ފައްސާލައި އެ އަވަށް ހަލާކުކޮށްލުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެނައުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އދ. އިން ގޮވާލާއިފިއެެވެ.

އދ. އާއި އީޔޫ އިން މިކަން ކުށްވެރިކޮށް ވިދާޅުވީ އިސްރާއީލުގެ މި އަމަލަކީ އިސްރާއީލް-ފަލަސްތީނުގެ މައްސަލައަށް ސުލްހަ ގެނައުމަށް ލިބޭނެ ހުރަހެއް ކަމަށާއި އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ވެސް ކަމެއް ކަަމަށެވެ.

މެދު އިރުމައްޗަށް އދ. އިން ކަނޑައަޅާފައިވާ މަންދޫބު، ނިކޮލޭ މްލެޑޮނޯވްގެ އޮފީހުން ބުދަ ދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ "ހާން އަލް-އަހްމަރު" ނައްތާލުމަށް އިސްރާއީލުން ތައްޔާރުވަމުންދާ ދިއުން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި އަދި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ.

އެކަމާ ބެހޭ ގޮތުން އީޔޫ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ފަަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި އިސްރާއީލު ރައްޔިތުން ވަޒަންވެރިކުރުވުމަކީ ސުލްހައަށް އެޅޭނެ ހުރަހެއް ކަމަށާއި އަދި ވަކި ދެ ދައުލަތެއް އުފެއްދުމުގެ ނުވަތަ ޓޫ ސްޓޭޓް ސޮލިއުޝަންގެ ވިސްނުމަށް ވެސް އެޅޭ ހުރަހެއް ކަމަށެވެ. އަދި "އިންޓަނޭޝަނަލް ހިއުމަނިޓޭރިއަން ލޯ" ގެ ދަށުން، އޮކިއުޕައިން ބާރެއްގެ ގޮތުން އިސްރާއީލަށް ކުރުން ވާޖިބުވާ ކަންކަން ކުރަން ޖެހޭނެ ކަަަމަށެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ، ފަލަސްތީނުގެ ބަދަވީންނަށް ނިސްބަތްވާ އަވަށަކުން އެބައި މީހުން ފައްސާލައި އެ އަވަށް ހަލާކުކޮށްލުމަށް އިސްރާއީލުން ނިންމާފައިވާ ނިންމުން، ބަދަލުކުރުމަށް އިނގިރޭސި ވިލާތުން ވެސް ގޮވާލާފައިވެއެވެ.

"ހާން އަލް-އަހްމަރު" އަވަށުން ފަލަސްތީނު ރައްޔިތުން ފައްސާލުމާ ދެކޮޅަށް ބުދަ ދުވަހު ފަަލަސްތީނު ރައްޔިތުން ވަނީ މުޒާހަރާ ވެސް ކޮށްފައެވެ. މުޒާހަރާ ކުރީ "ހާން އަލް-އަހްމަރު" އަވަށުގައާއި އަދި އެ އަވަށުގެ ބޭރުގެ އެކި ހިސާބުތަކުގައި ކަަމަށްވާއިރު، މި މުޒާހަރާތަކުގައި 11 މީހަކު ހައްޔަރުކޮށް އަދި ބައެއް މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް ފަލަސްތީނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 މެއި 2017

ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި

18 މެއި 2017
ވެނެޒުއޭލާ ހަމަނުޖެހުން: ހުޅަނގުގެ ސަރަހައްދަށް 2600 ސިފައިން ފޮނުވައިފި
02 މެއި 2017

ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ

02 މެއި 2017
ފަލަސްތީނުގެ ދައުލަތެއް އުފައްދަން ހަމާސް އެއްބަސްވެއްޖެ
21 އެޕްރީލު 2017

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

21 އެޕްރީލު 2017
ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި
20 އެޕްރީލު 2017

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ

20 އެޕްރީލު 2017
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިއަންނަ މެއި ތިނެއްގައި އެމެރިކާ އަށް ވަޑައިގަންނަވަނީ
18 އެޕްރީލު 2017

އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ

18 އެޕްރީލު 2017
އިޒްރާއިލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަނީ
10 މާރިޗު 2017

ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި

10 މާރިޗު 2017
ފަލަސްތީނުގެ ގާނޫނު ހަދާ މަޖިލީހުގެ އަންހެން މެމްބަރަކު އިޒްރޭލުން ހައްޔަރުކޮށްފި
20 ފެބުރުއަރީ 2017

އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ

20 ފެބުރުއަރީ 2017
އިރާނުގެ ހުޅަނގުން ދެ ބިލިއަން ބެރަލްސްގެ ތެޔޮ ފެނިއްޖެ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
25 ޖެނުއަރީ 2017

ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި

25 ޖެނުއަރީ 2017
ހުޅަނގު އައްސޭރީގައި އިތުރު ގެތަށް އިޒްރޭލުން ނިންމުމުން އެކަމަށް އދ. އިން ފާޑުކިޔައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް