Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯގެ އައު ރައީސް

މެކްސިކޯގެ ރައީސް ބޮޑީގާޑުންނާ ދުރުވެ، އާންމުންގެ ހިމާޔަތުގެ ދަށަށް!

4 ޖުލައި 2018 | ބުދަ 12:47

ކާރުގައި ލޯޕެޒް ދަތުރު ކުރައްވަނީ ކުރީ ސީޓުގައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 4 ޖުލައި 2018 | ބުދަ 12:47
މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސްކަމާ ހަވާލުވާން ތައްޔާރުވެފައިވާ އަންދުރެސް މެނުއަލް ލޯޕެޒް އޮބްރެޑޯ ރެލީއެއްގައި

މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސްކަމާ ހަވާލުވާން ތައްޔާރުވެފައިވާ އަންދުރެސް މެނުއަލް ލޯޕެޒް އޮބްރެޑޯ ރެލީއެއްގައި

މެކްސިކޯގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައީސްކަމާއި ހަވާލުވެވަޑައި ގަންނަވަން ތައްޔާރުވެފައިވާ އެންޑްރެސް މެނުއަލް ލޯޕެޒް އޮބްރެޑޯ ސިފައިންގެ ބޮޑީގާޑުންނާ ދުރުވެވަޑައިގެން، އާންމުންގެ ހިމާޔަތަށް އެދިވަޑައިގެންފިއެވެ.

އަންގާރަ ދުވަހު ރިޔާސީ ގަނޑުވަރުން ނިކުމެވަޑައިގަނެ، ވޯލްކްސް ވޭގަން ކާރުގެ ކުރީ ސީޓުގައި ދަތުރު ކުރެއްވި ލޯޕެޒްއަށް މަރުހަބާ ދެންނެވުމަށް އެތަކެއް ހާސް ސަޕޯޓަރުން ވަނީ ނިކުމެފައެވެ. އެ ކާރު ވަށާލައި އެތަކެއް ހާސް މީހުން ލޯޕެޒްއަށް ތަހުނިޔާ ކިޔަމުން ދިޔައިރު، ލޯޕެޒް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެ ސަރަހައްދުގައި އެންމެ ބޮޑީގާޑެއް ވެސް ހަރަކާތްތެރި ވެފައެއް ނުވެއެވެ.

އާދިއްތަ ދުވަހު ހޯދި ކާމިޔާބަށް ފަހު ލޯޕެޒް ވަނީ ގައުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވާފައެވެ. އޭގެ ތެރޭގައި މެކްސިކޯގެ އާންމު ވެފައިވާ ކޮރަޕްޝަނާއި އަނިޔާވެރިކަން ނައްތާލުމަށް ވައުދު ވެވަޑައިގަތެވެ. އަދި ކުރީގެ ރައީސުން ގެންގުޅުނު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމުގެ ސިޔާސަތަށް ލޯޕެޒް އަމަލު ނުކުރެއްވުމަކީ މެކްސިކޯގެ ދޯހަޅި އާދަކާދަތައް ބޯނުލަބާކަން ދައްކުވައިދޭ އެއް މިސާލެވެ.

މެކްސިކޯގެ ރިކޯޑްތައް ބަލަހައްޓަން ފެށީއްސުރެން އެ ގައުމުގެ ހަޔާތުގައި މި އަހަރަކީ އެންމެ ނުރައްކާތެރި އަހަރަށް ވީއިރުވެސް ލޯޕެޒްގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ޔަގީން ކުރުމަށް ބޮޑީގާޑުން ނުގެން ގުޅުމާއި ގުޅިގެން އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ރިޔާސީ އިންތިޚާބުން ބަލިވި، އެގައުމުގެ ސިޔާސީ ދާއިރާގެ ބޮޑުބައެއް ކޮންޓްރޯލް ކުރާ ޕާޓީގެ ކެންޑިޑޭޓް އަދި މެކްސިކޯގެ މިވަގުތުގެ ރައީސް ރީކޭ ޕެންޔެން ނޭޓޯއާ ވާހަކަފުޅު ދައްކަވަމުން ލޯޕެޒް ވިދާޅުވީ "ރައްޔިތުން އެބޭފުޅާ ހިމާޔަތް ކުރައްވާނެ ޔަގީން ކަން އެބައޮތް ކަމަށާއި އިންސާފުވެރި، ވެރިކަމެއް ގާއިމް ކުރަން މަސައްކަތް ކުރާ މީހަކު ބިރުގަންނަން ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެކަމަށެވެ."

އުމުރުން 64 އަހަރުގެ ލޯޕެޒް ވަނީ ގައުމުގެ ބާރުތައް މުއްކަވައިގެން އުޅޭ މީހުންގެ ބާރުވެރިކަން ނައްތާލުމަށް ވައުދުވެ ވަޑައިގެންފައެވެ. އެގޮތުން ރިޔާސީ ގަޑުވަރާއި ރައީސްއަށް ޚާއްސަ ކޮށްފައި އޮންނަ މަތިންދާބޯޓު ނައްތާލުމާއެކު ރައީސް ކަމަށް އިންތިޚާބު ވުމުން، މިހާރުގެ ރައީސް ޕެންޔެން ނޭޓޯގެ މުސާރައިގެ ދެބައި ކުޅަ އެއްބައި ނެންގެވުމަށް ވެސް ލޯޕެޒް ވަނީ ނިންމަވާފައެވެ.

މެކްސިކޯގެ އާންމުންގެ އިހްސާސްތައް ދެނެގަނެގެން މަސައްކަތް ކޮށްފައިވާ އެ ގައުމުގެ މޭޔަރު، ލޯޕެޒް ވަނީ މީގެ ކުރިން ދެފަހަރަށް ރިޔާސީ އިންތިޚާބުގައި ބައިވެރި ވެވަޑައިގެންފައެވެ. އޭރު ވެސް ލޯޕެޒްއަކީ އާންމުންނާއި ވަރަށް ގުޅޭ މިޒާޖެއްގެ ބޭފުޅެކެވެ. ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ސިޔާސީ މީހުން މަރަމުން ދިޔައިރުވެސް، ލޯޕެޒް ވަނީ ކުށްވެރިން އުޅޭ ވެށިތަކަށް ވެސް ޒިޔާރަތް ކޮށްފައެވެ.

ލޯޕެޒްގެ ސިޔާސަތުތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބިފައިވާއިރު، ބައެއް މީހުން ދަނީ ލޯޕެޒް ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް ގޮވާލަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް