Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮލީވުޑް

ސަންޖޫގެ ރެކޯޑް މުގުރާލެވިދާނެތަ؟

މި ފިލްމް ވެގެން ގޮސްފައިވަނީ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީ ހޯދި ފިލްމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 2 ޖުލައި 2018 | ހޯމަ 21:20
ސަންޖޫގެ ޕޯސްޓަރު

ސަންޖޫގެ ޕޯސްޓަރު

2018 ވަނަ އަހަރު ރިލީޒްކުރި ބޮލީވުޑްގެ ފިލްމް ތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކަށް ބޮލީވުޑްގެ ތަރި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ސަންޖޫ" ވަނީ ވެފައެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރި މި ފިލްމު އެޅުވި ފުރަތަމަ ދުވަހު 34.75 ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ހަފްތާ ބަންދުގައި މިއަދަދު ވަނީ ޖުމްލަ 120.06 ކްރޯޑް ރުޕީސް އަށް އަރާފައެވެ.

އެހެން ކަމުން މި ފިލްމް ވެގެން ގޮސްފައިވަނީ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް މިއަހަރު ހޯދި ފިލްމަށެވެ. ރާޖް ކުމާރު ހިރާނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމް ވެފައިވަނީ "ހަންޑްރެޑް ކްރޯޑް ކްލަބް" އިން ޖާގަ ހޯދި ހަތްވަނަ ފިލްމައަށެވެ.

މިއަހަރުގެ މިހާތަނަށް ހަންޑްރެޑް ކްރޯޑް ކްލަބައިން ޖާގަ ލިބިފައިވަނީ ޕަދްމާވަތީ، ސޯނޫކޭ ޓީޓޫ ކީ ސްވީޓީ، ރެއިޑް، ބާގީ2، ރާޒީ އަދި ރޭސް3 އެވެ.

މިއަހަރު ރިލީޒް ކުރި އެންމެ ކާމިޔާބު ފަސް ފިލްމްގެ ތެރެއިން ފިލްމް އެޅުވި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއަށް ބަލާއިރު އެއްވަނައިގައި އޮތް "ސަންޖޫ" އަށް ލިބިފައިވަނީ 34.75 އެވެ. ދެ ވަނަގައި އޮތް "ރޭސް 3" އަށް ލިބިފައިވަނީ 29.17 ކްރޯޑް ރުޕީސް އެވެ. ތިން ވަނައިގައި އޮތް "ބާގީ 2" އަށް 25.10 ކްރޯޑް ރުޕީސް ލިބިފައިވާއިރު ހަތަރު ވަނައިގައި އޮތް "ޕަދްމާވަތީ" އަށް ލިބިފައިވަނީ 19 ކްރޯޑް ރުޕީސް އެވެ.އަދި ފަސްވަނައިގައި އޮތް "ވީރޭ ދި ވެޑިން" އަށް ލިބިފައިވަނީ 10.70 ކްރޯޑް ރުޕީސް އެވެ.

މި ފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދާ ރަންބީރު ކަފޫރުގެ ފިލްމް ކެރިއަރގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މި ފިލްމްއަށެވެ.

ރަންބީރުގެ ފިލްމީ ކެރިއަރ އަށް ބަލާއިރު އޭނާ ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފިލްމް ރިލީޒްކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވާ "ސަންޖޫ" އަށް 34.75 ކްރޯޑް ރުޕީސް، ލިބިފައިވާއިރު ދެވަނަގައި އިތް "ބޭޝަރަމް" އަށް 21.56 ކްރޯޑް ރުޕީސް، ތިންވަނައިގައި އޮތް "ވައިޖޭއެޗްޑީ" އަށް 19.45، ހަތަރުވަނައިގައި އޮތް "އޭޑީއެޗްއެޗްއެމް" އަށް 13.30ކްރޯޑް ރުޕީސް ވަނީ ލިބިފައެވެ. އަދި ފަސްވަނައަށް ހޮވިފައިވާ "ތަމާޝާ"އަށް ލިބިފައިވަނީ 10.94 ކްރޯޑް ރުޕީސް އެވެ.

"ސަންޖޫ" މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މިފިލްމްގައި ސަންޖޭދަތުގެ ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރެވެ. މީގެ އިތުރުން މަނީޝާ ކޮއިރާލާ، ޕަރޭޝް ރާވަލް، ދިޔާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް، ޖިމް ސާރބް އަދި އަނުޝްކާ ޝަރުމާއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އުމުރުން 111 އަހަރާއި 222 ދުވަސް: ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް!

އުމުރުން 111 އަހަރާއި 222 ދުވަސް: ދުނިޔޭގެ ރެކޯޑް ފޮތުން ޖާގައެއް!

07 އެޕްރީލު 2024
ޗައިނާގެ އާބާދީ ދަށަށްދާތާ ދެވަނަ އަހަރު، އުފަންވާ ނިސްބަތްވެސް ރެކޯޑް މިންވަރަކަށް ދަށަށް!

ޗައިނާގެ އާބާދީ ދަށަށްދާތާ ދެވަނަ އަހަރު، އުފަންވާ ނިސްބަތްވެސް ރެކޯޑް މިންވަރަކަށް ދަށަށް!

17 ޖެނުއަރީ 2024
ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ މަރުގެ ކޭސްތައް އިތުރު ވަނީ!

ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ޑެންގޫ މަރުގެ ކޭސްތައް އިތުރު ވަނީ!

05 އޮކްޓޯބަރު 2023
ކުށުގެ ރެކޯޑް އޮތުމުން ވަޒީފާ ނުލިބުމުގެ އުސޫލު ބަދަލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން

ކުށުގެ ރެކޯޑް އޮތުމުން ވަޒީފާ ނުލިބުމުގެ އުސޫލު ބަދަލުކުރެވޭނީ ވިސްނުން ބަދަލުކޮށްގެން

03 އޯގަސްޓު 2023
"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް - ސީޒަން 2"ގެ ފައިނަލް ޝޯވ ރެކޯޑް އަދަދެއްގެ މީހުން ބަލައިފި

"ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް - ސީޒަން 2"ގެ ފައިނަލް ޝޯވ ރެކޯޑް އަދަދެއްގެ މީހުން ބަލައިފި

22 މެއި 2022

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު