ކ. މާލެ
|
2 ޖުލައި 2018 | ހޯމަ 14:07
ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ
ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ
ރައީސް އޮފީސް ޓްވިޓާ
ރިޔާސީ އިންތިހާބު 2018
އިބޫއާ އެކު ކުރިއަށް އޮތް ފަސް އަހަރު އަމާންވާނެ ކަމަށް އުންމީދުކުރަން: ރައީސް ޔާމީން
ކެމްޕެއިން ކުރަންވާނީ ސުލްހަވެރިކަމާ އެކު
އިބޫ އަށް މަރުހަބާ ދަންނަވަން-ރައީސް

އެމްޑީޕީގެ ތެރެއިން ރިޔާސީ ކެނޑިޑޭޓެއް ނެރެވި، ހަމަޖެހުން އައުމުން މުޅި ގައުމުގެ ސުލްހަވެރިކަމާއި މަސްލަހަތަށް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށް އޮތް ފަސް އަހަރު އަމާންވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ށ. ބިލެއްފަހީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްއިން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި މެމްބަރު މުހައްމަދު ސޯލިހު ނެރުއްވުމުން އުފާކުރައްވާ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަނީ އެމްޑީޕީގެ ތެރޭގައި މިދިޔަ ދުވަސްތަކުގައި ވަކި ބޭފުޅަކަށް ކުރިމަތި ނުލެއްވޭތީ މިއައި ހުރިހާ ހޫނުގަނޑު، ފިލައިގެން ދިއައީ. ކޮންމެ ޕާޓީއެއްގެ މިކަހަލަ މައްސަލައެއް އުޅުނު. ކަމަކު މުޅި ރައްޔިތުން އުފުލަންޖެހޭ ވޭނާ ބުރައަށް ބަލާކަމުގައިވާ ނަމަ މިއީ ވަރަށް އުނދަގޫ ކަމެއް. އެހެންކަމުން މިހަމަޖެހުން އެމްޑީޕީއަށް އައިމަ އަޅުގަނޑު ގަބޫލު ކުރާ ހިތް އޮތީ މުޅި ގައުމުގެ ސުލްހަވެރިކަމަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އިބޫ އަށް މަރުހަބާ ދަންނަވާ ކަމަށާއި އަމާންކަމާއެކީ ރައްޔިތުންނަށް އިތުރު ތަކްލީފުތަކެއް ނުޖައްސައި ރައްޔިތުން ކައިރިއަށް ނުކުމެ ކެމްޕެއިން ކުރެއްވުމަށް އެދޭ ކަމަށެވެ. ކެމްޕެއިންގެ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މިކުރާ މަސައްކަތަކީ މި މަސައްކަތުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވެގެންދާނެ ކަމަކަށް ވެގެންނުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތަރައްގީގެ އާ މަޝްރޫއުތަކެއް އެމަނިކުފާނުގެ ވެރިކަމުގެ ކުރިން ހިނގަންޖެހޭ ވަރާ ގާތަށް ވެސް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

"އަޅުގަނޑު މި އުންމީދު ކުރަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓާއި އެކީ ދެން މިކުރާ މަސައްކަތުގެ ތެރޭގައި އަނެއްކާވެސް އަޅުގަނޑުމެންނަށް އަމާން ފަސް އަހަރެއް ގެނެސްދެވޭތޯ. އަމާން ފަސްއަހަރެއް ގެނެސްދެވިއްޖެ ނަމަ އަޅުގަނޑުމެން މިކުރާ މަސައްކަތްތައް ފަސޭހަވެގެންދާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ ދަރަނި ހުރެގެން ނުވަތަ ދަރަނި އުނދަގޫވެގެން ބޭރު ދައުލަތްތަކުގެ ޕްރެޝަރ އަންނަ ވާހަކަތަކެއް އެއްވެސް ވަރަކަށް އަޑެއް ނީވޭނެ ކަމަށެވެ. އަބަދުވެސް އަޑުއިވޭނީ އިގްތިސާދީ ގޮތުން ތަރައްގީ ވަމުން އަންނަ ގައުމެއް ކަމަށާއި ދަރަނި ދެއްކުމުގެ ގާބިލްކަން ހުރި ގައުމެއް ކަމަށެވެ. އެހެންނަމުން ދަރަނި އަދާކުރެވޭތޯ އެއްވެސް ފަރާތަކުން ސުވާލު ކުރަން ނުޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
2 ޖުލައި 2018 | ހޯމަ 11:21
ހުއްބުލްވަތަން
ކުރިއަށްއޮތް ފަސްއަހަރު ވެރިކަންކުރާނީ އެމްޑީޕީކަމަށް ރައީސްޔާމީނު ގަބޫލުކުރާނަމަ މަމެން ބުނާނެ އެއްޗެއްނެތް. ޑާންސް ޑާންސް