Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ ޓީވީ

ހުރިހާ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތު އޮންނާނެ: ރާއްޖެ ޓީވީ

2 ޖުލައި 2018 | ހޯމަ 08:05

ފުރުސަތުތައް ދިނުމުގައި ހަމަހަމަކަން ސިޔާސަތެއްގެ ގޮތުގައި އަބަދުވެސް ގެންގުޅެން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 ޖުލައި 2018 | ހޯމަ 08:05
ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުޚީ ޕްރޮގްރާމްގެ ތެރެއިން: ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތެއް ދޭނެ

ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުޚީ ޕްރޮގްރާމްގެ ތެރެއިން: ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތެއް ދޭނެ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތެއް ދޭނެ ކަމަށް ރާއްޖޭގެ އެންމެ ގިނަ މީހުން ބަލާ ޓީވީ ޗެނަލް، ރާއްޖެ ޓީވީން ބުނެފިއެވެ.

އެޗެނަލްއިން ބުނެފައި ވަނީ ރާއްޖެ ޓީވީއަކީ ފުރުސަތުތައް ދިނުމުގައި ހަމަހަމަކަން ސިޔާސަތެއްގެ ގޮތުގައި އަބަދުވެސް ގެންގުޅެމުން އަންނަ ސްޓޭޝަނެއް ކަމަށެވެ. އަދި މީޑިއާގެ މިނިވަންކަމަށާއި އިސްލާމް ދީނާ ޚިލާފް ނުވާ ގޮތުގެ މަތިން އެންމެ ފުޅާދާއިރާއެއްގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތުމަށް ތަރުހީބުދީ، ބާރުއަޅާ ސްޓޭޝަނެއް ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީން ބުނީ ހުރިހާ ފަރާތެއްގެ ޚިޔާލާއި ވާހަކަތައް ރާއްޖެ ޓީވީގެ ކޮންޓެންޓުގައި ހިމަނައިގެން ގެނެސްދިނުމަށް ރާއްޖެ ޓީވީގެ ނޫސްވެރިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ހުރަސްއަޅައި، ބައެއް ޕޯޑިއަމްތަކުން ރާއްޖެ ޓީވީގެ މައިކް ނެގުމަށް އަންގައި، އަދި އިވެންޓްތަކަށް ދިއުމުން ވަނަނުދީ ހުރަސްއަޅައި ބޭރުކޮށް، ފުރައްސާރަކޮށް އަދި ބޭއިންސާފުން ސްޓޭޝަން އިނދަޖައްސާލުމުގެ މަގްސަދުގައި ބޮޑެތި އަދަދުތަކުން ޖުރިމަނާ ކުރުން ފަދަ ކަންކަން ރާއްޖެ ޓީވީއަށް ތަޖްރިބާ ކުރަން ޖެހިފައި އޮތުމަކީ ރާއްޖެ ޓީވީން އެހެން ފަރާތްތަކާ މެދު ކަންކުރުމުގައި ބޭއިންސާފު ވާންޖެހޭނެ ސަބަބެއް ކަމަށް އެ ސްޓޭޝަނުން ނުދެކޭ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ގޮތުން ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ރާއްޖެ ޓީވީން ހަމަހަމަ ފުރުސަތު ދިނުމާ ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އަދި އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ފަރާތްތަކާ އެކު މަޝްވަރާތައް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ސްޓޭޝަނުން ދަނީ ވަމުން ކަމަށް ރާއްޖެ ޓީވީން ވަނީ ބުނެފައެވެ.

ރާއްޖެ ޓީވީއަކީ މިވަގުތު ދިވެހިން އެންމެ ގިނައިން ބަލާ ދިވެހި ޗެނަލްއެވެ. އަދި ޚަބަރާ މައުލޫމާތު، 24 ގަޑިއިރު ފޯރުކޮށްދޭން ފުރަތަމަ ފަށާފައި ވަނީ ވެސް ރާއްޖެ ޓީވީންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް