Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އއ. އުކުޅަސް

ހަމަހިމޭން، ސާފު އުކުޅަސް: ސަރުކާރަށް ބަރޯސާނުވެ، އަމިއްލަ ފައިމަތީގައި

ރަށުން ބޭރުން އާމްދަނީ ހޯދަނީ މަދު ޒުވާނުންތަކެއް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 28 ޖޫން 2018 | ބުރާސްފަތި 18:12
އއ. އުކުޅަސް: ރަށުން ބޭރުގައި މަސައްކަތް ކުރަނީ މަދު ބައެއް. ގިނަ ޒުވާނުން އަވަދިނެތި އުޅެނީ ގެސްޓުހައުސް ވިޔަފާރީގައި

އއ. އުކުޅަސް: ރަށުން ބޭރުގައި މަސައްކަތް ކުރަނީ މަދު ބައެއް. ގިނަ ޒުވާނުން އަވަދިނެތި އުޅެނީ ގެސްޓުހައުސް ވިޔަފާރީގައި

ރާއްޖޭގެ ރަށަކުން އެންމެ ފުރަތަމަ ފެހިފަތް ހޯދީ އއ. އުކުޅަހުންނެވެ. ރައްކާތެރިކަމާ އެކު ކުނި މެނޭޖުކުރުމުގެ ނިޒާމު ރާއްޖޭގައި ގާއިމު ކުރި ފުރަތަމަ ރަށަކީ މިރަށެވެ. ތިމާވެށީގައި މި ރަށުގެ ރައްޔިތުންނަކީ ނަމޫނާ ބައެކެވެ. ކުނި މެނޭޖުކުރުމުގައި އުކުޅަހުން ގެންގުޅޭ މޮޑިއުލް ރާއްޖޭގެ އެހެން ރަށްތަކުން ދަނީ ނަކަލު ކުރަމުންނެވެ. ކުނި މެނޭޖުކުރުމާ ގުޅޭ ގޮތުން އެހެން ރަށްތަކުގެ ކައުންސިލްތަކަށް ތަމްރީނު ޕްރޮގްރާތައް ހިންގައިދީ 78 ކައުންސިލަރުން މި ރަށުން ވަނީ ތަމްރީނު ކޮށްދީފައެވެ. މޫސުމީ ބަދަލުތަކާއެކު، ތިމާވެށީގެ ގޮތުން ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުޑަ ރާއްޖޭގެ އެހެން ރަށްތައް ހިނގަމުންދަނީ އުކުޅަސް ނަމޫނާއަކަށް ބަލައިގެންނެވެ.

ހަމަހިމޭން ސާފު މި ރަށަކީ ގެސްޓުހައުސް ވިޔަފާރީގައި ކުރިއަރަމުންދާ ރަށެކެވެ. މި ރަށުގައި އެކަނި ވެސް 23 ގެސްޓްހައުސް އެބަހުރިއެވެ. ރާއްޖޭގެ ރިސޯޓެއްގައި އެވްރެޖުކޮށް ހުންނަ އެނދަށް ވުރެ ގިނަ އެނދު މި ރަށުގައި އެބަހުރިއެވެ. އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަންނަ ސީޒަން ތެރޭގައި ރިސޯޓަކާ އެއްވަރަށް ޓޫރިސްޓުން މި ރަށަށް އަރައެވެ. ނިމިދިޔަ ސީޒަން ތެރޭގައި ވެސް އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 300އަށް ވުރެ ގިނަ ޓޫރިސްޓުން މި ރަށުގެ ސާފު ވަޔާއި ހަމަހިމޭންކަމުން "އަރާމު" ހޯދިއެވެ. ޓޫރިސްޓުން މި ރަށަށް ދެ ވަނަ ފަހަރަށް އަންނަން ބޭނުންވާ ސަބަބަކީ މި ރަށުގެ ފެހިކަމާއި ރައްޔިތުންގެ މެހެމާންދާރީއެވެ.

އއ. އުކުޅަހުގެ ގެސްޓްހައުސްއެއް: ސީޒަންތެރޭގައި 300 އަށް ވުރެ ގިނަ ޓޫރިސްޓުން މި ރަށުގެ މެހެމާންދާރީ ހޯދާ-- ރާއްޖެއެމްވީ ފޮޓޯ/ އަހުމަދު ސާޖިދު

ރަށުން ބޭރުގައި ވަޒީފާ އަދާ ކުރާ ޒުވާނުން މި ރަށުގައި މަދެވެ. ގިނަ ޒުވާނުން ވަޒީފާ އަދާކުރަނީ ރަށުގައެވެ. ކުދި ބޮޑު އެންމެން އަވަދިނެތި އުޅެނީ ގެެސްޓުހައުސް ވިޔަފާރީގައެވެ. ސަރުކާރުގެ ކުންފުންޏެއްގެ އަދި މުއައްސަސާއެއްގައި މަސައްކަތްކޮށްގެން ލިބޭ އާމްދަނީއަށް ވުރެ ފަތުރުވެރިންގެ އިސްތިގުބާލުގައި ތިބެ އަދާކުރަން ޖެހޭ ވަޒީފާތަކުން ލިބޭ އާމްދަނީ ބޮޑެވެ. ސަރުކާރަށް ބަރޯސާވުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ހަލާލު ފައިސާ ހޯދުމު މި ރަށު ރައްޔިތުން ދަނީ އަވަދިނެތި މަސައްކަތް ކުރަމުންނެވެ.

ތިމާވެއްޓާއި ގެސްޓްހައުސް ވިޔަފާރީގައި މަގުބޫލުކަން ހޯދަމުންދާ މި ރަށަށް ލިބޭ އަނެއް މަގުބޫލު ކަމަކީ މުޅި ރާއްޖެއަށް މި ރަށް ބަލާލުމުގެ ފުރުސަތު އެމްޑީޕީގެ ކޮންގްރެސްއާ އެކު ހުޅުވާލެވިގެންދާތީއެވެ. ޖޫން މަހުގެ 30 ވަނަ ދުވަހު ބާއްވާ ކޮންގްރެސްގައި ރާއްޖޭގެ އިދާރީ 85 ދާއިރާ ހިމެނޭ ގޮތުން، އެމްޑީޕީގެ ދާއިރާއަކުން ހާހަށް ވުރެ ގިނަ މީހުން މި ރަށަށް އަރާނެއެވެ. އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި އިންތިހާބުވެފައި ތިބި 362 ކައުންސިލަރުން މި ރަށުގެ މެހެމާންދާރީ ހޯދާނެއެވެ. އެމްޑީޕީގެ ހުރިހާ މަޖިލިސް މެމްބަރުންނާއި ޕާޓީތަކުން ދައުވަތު ދީގެން ވަޑައިގަންނާ ބޭފުޅުންނާއި ކަމާބެހޭ އިދާރާތަކުން މޮނީޓާ ކުރަން މި ރަށަށް ވަޑައިގަންނަވާ ބޭފުޅުންނާއެކު 1،500އާ ކައިރި ކުރާ އަދަދަކަށް މި ރަށަށް މީހުން އަރާނެއެވެ.

އއ. އުކުޅަހު ގެސްޓްހައުސް: މި ރަށުގެ ގެސްޓްހައުސްތަކުގެ އަދަދު 23އަށް އަރާ-- ފޮޓޯ/ އަހުމަދު ސާޖިދު

ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ އެކި ސަރަހައްދުތަކުން މީހުން އައުމަކީ، މި ރަށަށް ލިބޭނެ އިތުރު މަގުބޫލުކަމެކެވެ. ބައްދަލުވުމެއް މެނޭޖުކޮށް، އެ ހުރިހާ އެންމެންނަށް މެހެމާންދާރީ އަދާކުރުމާއެކު، މި ރަށް މަގުބޫލުވެގެން ދާނީ މިފަދަ ބައްލުވުންތައް ބޭއްވުމުގައި ނަމޫނާ ރަށަކަށެވެ. ރަށުގެ ޓޫރިޒަމަށް ލިބިގެންދާނީ އިތުރު ކުރިއެރުމެކެވެ.

އެމްޑީޕީގެ ކޮންގްރްސް ކަވަރު ކުރުމަށް އުކުޅަހަށް ގޮސް ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބާރާހިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ނުފޫޒު ގަދަ، އަދި އެންމެ ވަރުގަދަ ޕާޓީ، އެމްޑީޕީ އެންމެ ހާއްސަ ބައްދަލުވުން ހޯސްޓު ކުރުމުގެ ފުރުސަތު އެ ރަށަށް ލިބިގެން ދިއުމަކީ އެހެން ބައްދަލުވުންތައް ބޭއްވުމަށް ކޮށޭނެ މަގެއް ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވާ ދަރުބާރު ތައްޔާރު ކުރުމުގެ މަސައްކަތުގައި އއ. އުކުޅަހު ރައްޔިތުން-- ފޮޓޯ/ ޙުސައިން ޙަސަން

"މިއީ އަޅުގަނޑުމެން ޕްލޭންކޮށްފައި އޮތް ކަމެއް. މިފަދަ ބައްދަލުވުންތައް ބޭއްވުމަށް ކޮންވެންޝަން ސެންޓަރެއް މި ރަށުގައި އަޅައި، ޓޫރިޒަމް ވިޔަފާރީގެ ތެރެއިން މިފަދަ ބައްދަލުވުންތައް ހޯސްޓު ކުރާ ރަށަކަށް މި ރަށް ހެދުމަށް. މިފަދަ ބޮޑެތި ބައްދަލުވުންތައް ބޭއްވުމުން މި ރަށް ހުޅުވާލެވިގެންދާނެ. މަގުބޫލުވެގެންދާނެ. ހއ. ތުރާކުނުން ފެށިގެން އައްޑޫ ސިޓީން އެމްޑީޕީގެ ކޮންގްރެސްއަށް ވަޑައިގަންނާ ބޭފުޅުންނާ އެކު ހުޅުވިގެންދާނެ،" ޝައުކަތު ވިދާޅުވިއެވެ.

އެމްޑީޕީން މެނިފެސްޓޯގެ ހިޔާލުން އުފަން ކުރުވި ގެސްޓްހައުސް ވިޔަފާރީގައި އެތައް ބަޔަކު އެ ދަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބެ، ސިޔާސީ ގޮތުން ގުނާލު ކުރުމުގެ ބަދަލުގައި މުޅި އުކުޅަށް އެދެނީ އަމިއްލަ އާމްދަނީގައި ފުދުންތެރި ރަށަކަށްވެފައެވެ. ސަރުކާރަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި ސަރުކާރު ހިންގުމަށް އަގު އެ ދައްކަނީ އުކުޅަހުގެ ގެސްޓު ހައުސްތަކުން ލިބޭ ފައިސާއިންނެވެ. ސަރުކާރަށް ނުޖެހި، އަމިއްލަ ފައިމައްޗަށް ތެދުވުމުގައި އުކުޅަހަކީ ލާމަސީލު މިސާލެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

ޔާމީންގެ މަރަށް 50 ދުވަސް:އިންސާފު ލިބޭނެ ކަމަށް އާއިލާއިން ގަބޫލެއް ނުކުރޭ

11 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

ގަތަރާ ގުޅުން ކަނޑާލުމުން ލިބޭނެ ފައިދާއެއް ސަރުކާރަށް ބުނެއެއް ނުދެވުނު!

10 ޖޫން 2017
ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

ތަރައްޤީއަށް ރައްޔިތުން ދިނީ ސުމެއް! ރައީސް މައުމޫނާއި ނުލައި ސަރުކާރަށް ބޮޅެއް!

07 މެއި 2017
އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

އެއާޕޯޓްގެ ހުވަފެން ދެއްކި ކުޅުދުއްފުށި ސަރުކާރަށް ވަރުގަދަ މެސެޖެއް!

07 މެއި 2017
މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

މޭޑޭ: މި ސަރުކާރަށް ލަދުވެތި ދުވަހެއް

01 މެއި 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު