Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނަލްޑް ޓްރަމްޕް

ކިމްއަށް ފަހު ޕުޓިން އާއި ޓްރަމްޕް ބައްދަލުކުރައްވަނީ

28 ޖޫން 2018 | ބުރާސްފަތި 09:38

ޓްރަމްޕް އާއި ޕުޓިން ބައްދަލުކުރައްވާނީ އެމެރިކާ އާއި ރަޝިޔާއަށް އެއްބަސްވެވޭ ތިންވަނަ ޤައުމެއްގައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޖޫން 2018 | ބުރާސްފަތި 09:38
ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ މެދުތެރޭ

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ މެދުތެރޭ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދިފަހުން ބައްދަލުކުރައްވާފައި ވަނިކޮށް، ކައިރި މުސްތަޤްބަލެއްގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ޓްރަމްޕް ބައްދަލުކުރައްވާނެ ކަމަށް ރަޝިޔާގެ ބައެއް އިސްވެރިން ވިދާޅުވެއްޖެއެވެ.

ރަޝިޔާގެ ވެރިކަމުގެ ބާރު، ކްރެމްލިންގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް ވެރިއެއް ކަމަށްވާ ޔޫރީ އުޝަކޯވްއާ ހަވާލާދީ އަލްޖަޒީރާ އިން ބުނާ ގޮތުގައި ޓްރަމްޕާއި ޕުޓިން ބައްދަލުކުރައްވާނީ އެމެރިކާ އާއި ރަޝިޔާއަށް އެއްބަސްވެވޭ ތިންވަނަ ޤައުމެއްގައެވެ. ޓްރަމްޕް އާއި ކިމް ވެސް ބައްދަލުކުރެއްވީ ދެޤައުމެއް އެއްބަސްވެވުނު 3 ވަނަ ޤައުމެއް ކަމަށްވާ ސިންގަޕޫރުގައެވެ.

އުޝަކޯވް ވިދާޅުވީ މި ބައްދަލުވުމާ ގުޅޭ މަޝްވަރާތައް ވޮޝިންގޓަނާއި މޮސްކޯއާ ދެމެދު ކުރިއަށްދާ ކަމަށާއި، މި ބައްދަލުވުމަކީ ދެ ޤައުމަށް ވެސް އަދި ބައިނަލްއަޤްވާމީ މުޖްތަމައަށް ވެސް މުހިއްމު ބައްދަލުވުމަކަށް ވާނެ ކަމަށެވެ. އަދި ބައްދަލުވުން އޮންނާނެ ތާރީޚާއި ތަނެއް ހަފްތާ ނިމުމުގެ ކުރިން އިއުލާންކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިބައްދަލުވުން އޮންނާނެ ކަމަށް ބޮޑަށް ބެލެވެނީ ޖުލައި މަހުގެ މެދުތެރޭގައެވެ. އުޝަކޯވް ސިފަކުރައްވާ ގޮތުގައި ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުމަކީ ހޫނު މޫސުމުގެ އެންމެ ހޫނުގަދަ ބަހުސަށް ވެގެންދާނެއެވެ.

އެމެރިކާ އާއި ރަޝިޔާގެ ވެރިން ބައްދަލުކުރެއްވުމުގެ ކުރިން ޓްރަމްޕްގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވަނީ މިހަފްތާގައި ރަޝިޔާއަށް ވަޑައިގެން ކްރެމްލިންގައި ޕުޓިންއާ ބައްދަލުކުރައްވާފައެވެ. އަދި މިބައްދަލުވުމުގައި ރަޝިޔާ އާއި އެމެރިކާގެ ގުޅުން ބަދަހިކުރެވޭނެ ކަމަށް ޕުޓިން ދެންނެވި ކަމަށް ވެއެވެ.

ބޯލްޓަން ވިދާޅުވީ ދެލީޑަރުންގެ ބައްދަލުވުމަކީ އެމެރިކާގެ ޤައުމީ ސަލާމަތަށް މުހިއްމު ކަމެއް ކަމަށެވެ.

ޕުޓިން އާއި ޓަރަމްޕްގެ ބައްދަލުވުމަކީ އެމެރިކާގެ އެކުވެރިން އެހާ ހިތްހަމަޖެހޭ ކަމަކަށް ނުވާނެއެވެ. ޚާއްސަކޮށް އިނގިރޭސިވިލާތާއި ނޭޓޯގެ ޤައުމުތަކުން ރަޝިޔާއާ އެކު އޮންނަ ގުޅުން ކުޑަކުރަމުންދާ ދުވަސްވަރެއްގައި ރަޝިޔާއާ ޓްރަމްޕް ގުޅުން ބަދަހިކުރެއްވުމަކީ އެޤައުމުތަކުން ބަލައިގަންނާނެ ކަމެއް ކަމަށް ނުބެލެވެއެވެ. އަނެއްކޮޅުން މިހާރު ވެސް އެމެރިކާގެ ތަހުޤީޤުތަކާ ބެހޭ ފެޑެރަލް އިދާރާ (އެފްބީއައި) އިން ގެންދަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް އަށް ރަޝިޔާ އިން އެހީވި ކަމަށް ބުނާ މައްސަލަ ބަލަމުންނެވެ.

ޓްރަމްޕް ވެރިކަމަށް ވަޑައިގަތް ފަހުން ބައެއް ސަމިޓްތަކުގެ ހަވާސާގައި ޕުޓިންއާ ބައްދަލުކުރެއްވި ނަމަވެސް، މި ބައްދަލުވުން ވެގެންދާނީ ދެބޭފުޅުންގެ މެދުގައި ބޭއްވޭ ފުރަތަމަ ފުރިހަމަ ބައްދަލުވުމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް