Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިޚާބު 2018

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ކޮންބޭފުޅެއް؟

އަރިސް ބައެއް ބޭފުޅުން ގެންދަވަނީ މިހާރުވެސް ލޮބީކުރައްވަމުން

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 27 ޖޫން 2018 | ބުދަ 15:56
ރައީސް ޔާމީން ކެބިނެޓް ޖަލްސާއެއްގައި

ރައީސް ޔާމީން ކެބިނެޓް ޖަލްސާއެއްގައި

ރައީސް އަބްދުﷲ ޔާމީން އަކީ މިފަހަރުގެ ރިޔާސީ އިންތިޚާބަަށް ކުރިމަތިލެއްވޭނެކަން އަދި ކަށަވަރުވެފައިވާ، އަދި ފުލުހުންގެ ހުރަހެއް ނެތި ކެމްޕޭން ކުރުމުގެ ފުރުސަތު ލިބިފައިވާ ހަމައެކަނި ކެންޑިޑޭޓެވެ.

ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެޕާޓީގެ ކައުންސިލުން އަރުވާފައިވާއިރު، އެ ޓިކެޓް ދީފައިވަނީ ސައްހަކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ، އެކޮމިޝަނުން އެވަނީ ގާތްގަނޑަކަށް އެމަނިކުފާނުގެ ރިޔާސީ ޓިކެޓް އެންޑޯޒް ކޮށްފައެވެ. އެހެން ނަމަވެސް އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދި އަދާލަތު ޕާޓީއިން ހަދާނެ ގޮތެއް އެޕާޓީތަކުން އަދިވެސް އެދަނީ މަޝްވަރާ ކުރަމުންނެވެ. އެޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓުންގެ މައްސަލަ އަދި ވަކި ގޮތަކަށް ނިމިފައިނުވާއިރު، އެބޭފުޅުންގެ ރަނިންގ މޭޓުންގެ ވާހަކަ އަދި ދައްކަން ކައިރި ވެސް ނުވެއެވެ.

އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ކަނޑައަޅަން މިހާރު މާ ލަސްވެއްޖެއެވެ. ގައިމު އެމަނިކުފާނަށް ރަނިންގ މޭޓަކު ކަނޑައެޅުމަށް އެއްވެސް ހުރަހެއް ނެތެވެ. 'ރައީސް ޔާމީން 2018' ޖަހައިގެން ގަދައަށް ޕީޕީއެމްއިން ކެމްޕޭން ކުރަމުންދާއިރު، ރައީސް ޔާމީންގެ ނަންފުޅުގެ ތިރީގައި ޖަހާނެ ނަމެއް އަދި ފެންނާނަކަށް ނެތެވެ.

އިވޭ އަޑުތަކަށް ބަލާއިރު ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ގެންދަވަނީ ވަރަށް ފޯރިއާއިއެކު ރަނިންގ މޭޓްކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ އަރިހުގައި ލޮބީ ކުރަމުންނެވެ. އެހެން ނަމަވެސް ރައީސް ޔާމީން ހައްދަވާފައި ނަހައްދަވާނެ ގޮތެއް އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އެނގިޑައެއް ނުގަންނަވައެވެ.

ނައިބު ރައީސްގެ މަޤާމަކީ ރައީސް ޔާމީން މާގަޔާވާ މަޤާމެއް ނޫނެވެ. އެމަނިކުފާނަށް ސިޔާސީ ގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ނައިބަކަށް ގެންނަ ބޭފުޅެކެވެ. އެމަނިކުފާނުގެ ފުރަތަމަ ނައިބުވެސް މަޤާމުން ދުރުކޮށް އެއްލާލީއެވެ. ދެވަނަ ނައިބު ހެއްދެވި ގޮތަކުން 3 ވަނަ ނައިބަކު ނަގަން ރައީސް ޔާމީނަށް އެތައް ދުވަހެއް ނެގިއެވެ.

ނައިބު ރައީސްކަމުގައި މިހާރު ވެސް ހުންނެވި އަބްދުﷲ ޖިހާދަކީ ކުރިއަށް އޮތް ދައުރުގައި ވެސް ރައީސް ޔާމީންގެ ނައިބެއްގެ ގޮތުގައި ބަހައްޓަން އެންމެ ރަނގަޅު ބޭފުޅެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. ރައީސް ޔާމީންގެ ކުރީގެ 2 ނައިބުން އެމަނިކުފާނަށް 'ކެހި ދިން ފަހުން' ގެންނެވި ބޭފުޅަކީ ޖިހާދުކަމުން އެބޭފުޅާއަށް އިތުބާރު ކުރައްވަފާނެ ކަމަށް ބެލެވެއެވެ. އެހެން ނަމަވެސް ޖިހާދަކީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ގދ. ތިނަދޫއިން ވެސް ތާޢީދު އޮތް ބޭފުޅެއް ކަމަށް ނުފެންނާތީއާއިއެކު ރައީސް ޔާމީން މިކަމާއި ވިސްނަވާނެއެވެ. އިތުރު ވޯޓެއް ނުލިބޭ ބޭފުޅަކާއިއެކު ރިޔާސީ އިންތިޚާބަކަށް ނިކުންނެވުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވާނެއެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓް ކަމަށް އެންމެ ބޮޑަށް ފައި ވިއްދާފައި ހުރި އެއް ބޭފުޅެއްގެ ގޮތުގައި ދެން ފެންނަނީ އެމަނިކުފާނުގެ އިޤްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ. ޤާސިމް އިބްރާހީމް އަކީ ސަޢީދު 'މީހަކަށް' ހެދި ބޭފުޅާއެވެ. އެހެން ނަމަވެސް ޤާސިމް އިބްރާހިމްއަށް ސަޢީދު ހެއްދެވި ގޮތުން ސަޢީދަކީ ރައީސް ޔާމީނަށް ވަފާތެރިވެދާނެ ބޭފުޅެއްތޯ ރައީސް ޔާމީން އަމިއްލަފުޅަށް ސުވާލު ކުރައްވާނެއެވެ. ސަޢީދަށް ސަޕޯޓް ހޯދުމަށް މިހާރު ވެސް ސޯޝަލް މީޑިއާ ކެމްޕޭންތަކެއް ކުރަމުންދާއިރު، މިއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް ހިންގެވި މަގެވެ. ސަޕޯޓް ހޯއްދެވުމަށް އެމަނިކުފާނު ވެސް ޓްވިޓަރ އެކައުންޓްތަކާއި ފޭސްބުކް ޕޭޖްތައް ހައްދަވައިގެން އުޅުއްވިއިރު އެއީ ރައީސް ޔާމީން މާގަޔާވާ ކަމަކަށް އޭރު ނުވި ގޮތަށް، ރައީސް ޔާމީނަށް ސަޢީދު މިހާރު އެކުރައްވާ ކެމްޕޭން ކަމުދާނެ ކަމަށް ނުބެލެވެއެވެ. ސަޢީދަކީ މާބޮޑަށް މީހުންނާއި ގުޅިގެން މަސައްކަތްކުރެއްވި ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ނައިބު ރައީސްކަން ބޭނުންފުޅުވެގެން އެމަނިކުފާނު އުޅުއްވާކަމުގެ އަޑުތައް ފެތުރުނު ހިސާބުން ރައީސްގެ އަނބިކަނބަލުންގެ ހަރަކާތްތަކުން ސަޢީދު ކޮންމެ ވެސް ވަރަކަށް ފެނެއެވެ.

ކެބިނެޓްގެ ބޭފުޅުންގެ ތެރެއިން ދެން އެމަޤާމަށް ވަޑައިގެންފާނެ ބޭފުޅެއް ކަމަށް ބެލެވޭ އަނެއް ބޭފުޅަކީ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. ޝައިނީއަކީ ރައީސް ޔާމީން އިތުބާރު ކުރައްވާ ބޭފުޅެއް ކަމަށްވެއެވެ. ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ކުރިމަތިލުމުން ރާއްޖެއަށް ލިބުނު ނާކާމިޔާބީއާއިއެކު ވެސް ވިލާތުގެ އިއްތިހާދުގައި ލޮބީކުރަން ވެސް ޝައިނީ ފޮނުއްވުމުން އެކަން ހާމަވެއެވެ. އެހެން ނަމަވެސް ރައީސް ޔާމީން 100 ނުވަތަ 500 އިންސައްތަ އިތުބާރު ކުރައްވާ ބޭފުޅުންނަށްވާ ގޮތް އެންމެންނަށް ވެސް ފެނެއެވެ. އަނެއްކޮޅުން ޝައިނީ އަކީ މާބޮޑަށް ބޭރުތެރޭގައި އުޅުއްވާ ބޭފުޅެއް ނޫން ކަމުން އެމަނިކުފާނުގެ ފަރާތްޕުޅުން އިތުރުވާނީ ކިތައް ވޯޓުތޯ ރައީސް ޔާމީން ސުވާލު އުފައްދަވާނެކަން ކަށަވަރެވެ.

ސަރުކާރުގެ ކޯލިޝަން ޕާޓްނަރ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ ވެސް ރަނިންގ މޭޓެއްގެ ގޮތުގައި ރައީސް ޔާމީނާއިއެކު ފެނިދާނެ ބޭފުޅެކެވެ. މިހުރިހާ ދުވަހު ރައީސް ޔާމީނަށް މަދަދުވެރިވީ ސިޔާމެވެ. އެމަނިކުފާނަށް އެމަޤާމު ހައްޤުވާން ޖެހޭ ކަމަށް އެމްޑީއޭއިންނާއި ސިޔާމްގެ ސަޕޯޓަރުން ޤަބޫލުކުރެއެވެ. ސިޔާމަކީ މިއަދާއި ހަމަޔަށް ވެސް ރައީސް ޔާމީނަށް ވަފާތެރިކަންމަތީގައި ހުންނެވި ބޭފުޅެކެވެ. އެހެން ނަމަވެސް އެމަނިކުފާނު ހުންނަވަނީ އަބަދުވެސް ވެރިކަމަށް އަތް ފޯރުވޭ ވަރަށްވުރެ ތަންކޮޅެއް ދުރުގައެވެ. ނައިބުރައީސްކަން ފަދަ މަޤާމަކަށް ގެނައުމުން ދެން ވާނީ ކިހިނެއްކަން ރައީސް ޔާމީން ވިސްނަވާނެއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދަކީ ރައީސް ޔާމީންގެ ނައިބެއްގެ ގޮތުގައި ފެނިދާނެފަދަ ބޭފުޅެކެވެ. ވެރިކަމުގެ ބާރުތެރޭގައި ފައިތިލަ ސާބިތުކޮށްލެވޭހާ ސިޔާސީގޮތުން ހަރު ބޭފުޅެކެވެ. ފަހަރުގައި އިތުރު ވޯޓުކޮޅެއް ރައީސް ޔާމީނަށް ޝަހީމްގެ ފަރާތްޕުޅުން ލިބިދާނެކަމަށް ރައީސް ޔާމީނަށް ޤަބޫލުވެސް ކުރެވިދާނެއެވެ. އެހެންނަމަވެސް އާއްމުންނާއި ޝަހީމާއި ގުޅުން އޮތީ ކިހާ ވަރަކަށްތޯ ބަލާލަން ޖެހެއެވެ.

ރައީސް ޔާމީނަށް މިއަދު އެންމެ މުހިއްމުވާނީ އިތުރު ވޯޓެވެ. އެމަނިކުފާނަށް ޕީޕީއެމްއިން އެކަނި މަސައްކަތްކޮށްގެން ދެން އިތުރުވާނެ ވޯޓެއް އޮތް ކަމަށް ނުފެނެއެވެ. އެހެންކަމުން ރައީސް ޔާމީންގެ ކެމްޕޭން ވަރުގަދަކޮށް، އިތުރު ވޯޓެއް ހޯދުމަށް ރައީސް ޔާމީންގެ އެތެރެ ކޮއެލުން ބޭރުން ބޭފުޅަކު މިފަހަރު ނެގުމަކީވެސް ފަހަރުގައި ވެދާނެ ކަމަކެވެ. ރައީސް ޔާމީނަށް ވޯޓަކުން އިންތިޚާބު ކާމިޔާބުކުރެވެން އޮންނާނެ ހަމައެކަނި ގޮތަކީ އެޕާޓީގެ ސިޔާސަތުތައް ބަދަލުކުރުމެވެ. އެކަން ކުރެވޭނީ މިހާރު އަރިހުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކޮން ބޭފުޅަކު ދައްކައިގެންތޯ ރައީސް ޔާމީން ވިސްނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު