Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް

އައްޒަ އާއި މުއާ އުޅެނީ ރައްޓެހި ވެގެންތަ؟

އައްޒަ ބުނީ އެދެތަރިންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 26 ޖޫން 2018 | އަންގާރަ 22:25
އަބްދުﷲ މުއާޒް އަދި މަރިޔަމް އައްޒާ

އަބްދުﷲ މުއާޒް އަދި މަރިޔަމް އައްޒާ

ދިވެހި ފިލްމީ ދާއިރާގައި މި ދުވަސްވަރު އެންމެ ގަދައަށް އިވެމުންދާއެއްވާހަކައަކީ މަރިޔަމް އައްޒާ އައި އަބްދުﷲ މުއާޒް ރައްޓެހިވެގެން އުޅެ ވާހަކަ އެވެ.

މި ދެތަރިންގެ ގުޅުމާއި ބެހޭގޮތުން ރާއްޖެ އެމްވީން ސުވާލު ކުރުމުން އައްޒަ ބުނީ އެދެތަރިންގެ ދެމެދުގައި އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. ދެމީހުން އެކަކު އަނެކަކުގެ ވާހަކަތައް ޝެއާ ކުރަމުންދާ ކަމަށާއި ދެމީހުން އެކުގައި ބޭރަށް ކޮފީތަކަށް ގޮސް ހަދާ ކަމަށެވެ. އެހެން ނަމަވެސް ސީދާ ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަހެއް ނުވެއެވެ.

މީގެ އިތުރުން އައްޒަ ބުނެފައިވަނީ ކުރިން އެދެމީހުންގެ ގުޅުން ހީނަރުވެގެން ދިޔަ ނަމަވެސް "ލީނާ" ގެ ފިލްމްގެ މަސައްކަތުގެ ތެރެއިން ގުޅުން ބަދަހިވެގެން ދިޔަ ކަމަށެވެ.

މުއާވެސް މި ދެތަރިން ރައްޓެހިވެގެން އުޅޭ ކަމަށް އެއްބަހެއް ނުވެއެވެ.

މުއާ ބުނެފައިވަނީ މީޑިއާގައި ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށާއި ދެކޭވޭ ހުރިހާ ވާހަކައެއް ހަގީގަތަކަށް ނުވެ ހިނގައިދާނެ ކަމަށެވެ.

"ދެކެވޭ ހުރިހާ ވާހަކައެއް ނުވާނެ ހަގީގަތަކަށް. މި ވެރިކަންވެސް ވެއްޓެނީއޭ މިވެނި ދުވަހެއްގައި ވެއްޓޭނެއޭ މީހުން ކިޔާ.އެކަމު އެކަމެއްވެސް ނުއެއް ވޭދޯ" މުއާ ބުންނެވެ.

ރާއްޖެ އެމްވީން ސުވާލުކުރުމުން މުއާ ފުރަމަތަ އަހާފައިވަނީ މި ސުވާލުގެ ޖަވާބުގައި އައްޒަ ބުނީ ކީކޭ ތޯއެވެ.

އަދި ހަމަ އައްޒަވެސް އަހާފައިވަނީ މުއާ ދިނީ ކޮންޖަވާބެއް ތޯއެވެ.

މުއާ އާއި އައްޒަގެ ލޯބީގެ ގުޅުމުގެ ވާހަކަ ދެކެވެމުންދާއިރު މި ދެތަރިންވެސް ވަނީ މީގެ ކުރިން ކައިވެންޏެއް ކޮށްފައެވެ.

އަދި އެކައިވެންޏަށް މިދެމީހުންނަށް ވެސް ވަނީ ދަރިއަކު ލިބިފައެވެ.

މިދެތަރިން އެކުގައި މިހާތަނަށް އެއްވެސް ފިލްމެއްގައި ފެނިގެން ގޮސްފައެއް ނުވެއެވެ. ނަމަވެސް ދެން މުއާގެ އަންނަން އޮތް ފިލްމް "ލީނާ" ގެ ލީޑް ރޯލުން ފެނިގެންދާނީ އައްޒަ އެވެ.

މުއާ ކޯ ޕްރޮޑިއުސްކޮށް، އޭނާ ޑައިރެކްޓްކުރާ މިފިލްމުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް ފިލްމް ރިލީޒް ކުރާނެ ވަކި ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ފިލްމަކުން މިދެތަރިން އެކުގައި ފެނިފައި ނުވިނަމަވެސް މި ދެތަރިން އެކުގައި ވަނީ ދެ ވީޑިއޯ ލަވައިން ފެނިގެން ގޮސްފައެވެ.

އެއީ ބެލުންތެރިންގެ މަގްބޫލުކަން ހޯދާފައިވާ "ކިޔާދޭނަމޭ ހިތް އެދޭހާ" އަދި "ހިތުގަވޭ ތިރީތި އަސަރު" މި ދެލަވައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"
27 ފެބުރުއަރީ 2017

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް
21 ފެބުރުއަރީ 2017

ކަރިސްމާ ދެ ވަނަ ކައިވެންޏެއް ކުރަން އުޅެނީބާ

21 ފެބުރުއަރީ 2017
ކަރިސްމާ ދެ ވަނަ ކައިވެންޏެއް ކުރަން އުޅެނީބާ
18 ފެބުރުއަރީ 2017

އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!

18 ފެބުރުއަރީ 2017
އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!
14 ފެބުރުއަރީ 2017

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު