Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

ނިއުކްލިއާ ހަތިޔާރުން ދުރުވުމާ ބެހޭ ގޮތުން އުތުރު ކޮރެއާ އަށް ޓައިމްލައިނެއް ހުށަހަޅާކަށް ނޫޅެން: އެމެރިކާގެ ޚާރިޖީ ވަޒީރު

26 ޖޫން 2018 | އަންގާރަ 12:23

ޕޮމްޕެއޯގެ ވާހަކަފުޅާ، ދާދިފަހުން އެމެރިކާގެ ޑިފެންސް އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވި ވާހަކަފުޅާ ފުށުއަރާ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 26 ޖޫން 2018 | އަންގާރަ 12:23
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ: ފެތުރެމުންދާ ވާހަކަތައް ދޮގުކުރެއްވި

އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ: ފެތުރެމުންދާ ވާހަކަތައް ދޮގުކުރެއްވި

އެމެރިކާ އިން އުތުރު ކޮރެއާ އަށް "ވަކި އެންގުންތަކެއް ނުވަތަ ބުނުންތަކެއް" ހިމެނޭ ގޮތަށް ޓައިމްލައިނެއް ވަރަށް އަވަހަށް ހުށަހަޅާނެ ކަމަށް އެމެރިކާގެ ޑިފެންސް އޮފިޝަލުން ދާދިފަހުން ވިދާޅުވެފައިވާއިރު، އެފަދަ ޓައިމްލައިނެއް އެކަށަނާޅާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖިމް މެޓިސް މިހަފްތާގައި އޭޝިއާ އަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ރިޕޯޓަރުންނާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ "އުތުރު ކޮރެއާ އިން ގުޑް ފެއިތުގައި ކަންކަން ކުރޭތޯ" ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށާއި އެގޮތުން ދާދި ފަހުން އެމެެރިކާ އާއި އުތުރު ކޮރެއާގެ ވެރިން ބޭއްވި ބައްދަލުވުމުން، އެމެރިކާގެ ވިސްނުމުގައި ކަންކަން ހާސިލު ކުރާނީ ކިހިނެއްތޯ އެ ޓައިމްލައިނުން އެނގިގެން ދާނެ ކަަމަށެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވި ޑިފެންސް މިނިސްޓްރީގެ އޮފިޝަލް މައުލޫމާތު ދެއްވީ ނަން ހާމަނުކޮށެވެ. ސިންގަޕޫރުގައި ޖޫން 12 ވަނަ ދުވަހު އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބޭއްވެވި ބައްދަލުވުމުގައި އުތުުރު ކޮރެއާގެ ލީޑަރު ވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު ގެންގުޅުމާއި އަދި ބޭނުންކުރުމުން ހުއްޓާލާނެ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލުންގެ ވާހަކަފުޅު މިހެން ހުރި ނަމަވެސް، ސީއެންއެން އަށް އާދީއްތަ ދުވަހު ދެއްވި ފޯނު އިންޓަވިއުއެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު ގެންގުޅުމާ ބެހޭ ގޮތުން އެމެރިކާގެ ވިސްނުމަކީ، ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލުމުގައި އުތުރު ކޮރެއާ އިން މެދުކެނޑުމެއް ނެތި ކުރިއެރުންތަކެއް ހޯދަމުން ދިއުން ކަމަށާއި އުތުރު ކޮރެއާ އިން މިކަންކަން ކުރުމުގައި ގެންގުޅޭ ސީރިއަސްކަން ދެނެގަންނާނެ ކަމަށެވެ.

ބައިނަލްއަގްވާމީ ދުނިޔެ އިން އުތުރު ކޮރެއާ އަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓްކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާ އިން އިޖާބަ ނުދޭތީ އުތުރު ކޮރެއާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

18 މެއި 2017

އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ

18 މެއި 2017
އިންޑިއާގެ ތިމާވެއްޓާ ބެހޭ ވަޒީރު އަވަހާރަވެއްޖެ
17 މެއި 2017

އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!

17 މެއި 2017
އިސްލާމީ އަގީދާގެ ބައެއް އުސޫލުތަކާބެހޭ ތަޤްރީރެއް ޓްރަމްޕް ދެއްވަނީ!
15 މެއި 2017

ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ

15 މެއި 2017
ނިއުކްލިއާ އާ ޓެސްޓް ކާމިޔާބު، ވޯހެޑް އުފުލޭނެ: އުތުރު ކޮރެއާ
02 މެއި 2017

އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ

02 މެއި 2017
އެމެރިކާ އިން އުޅެނީ ދެކޮރެއާ ސަރަހައްދު ނިއުކްލިއާ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލަން: އުތުރު ކޮރެއާ
30 މާރިޗު 2017

އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު

30 މާރިޗު 2017
އުތުރު ކޮރެއާގެ ތިބި މެލޭޝިއާގެ ރައްޔިތުންނާ ގުޅޭ ގޮތުން "ވަރަށް ނާޒުކު" މަޝްވަރާތަކެއް ކޮށްފައިވޭ: މެލޭޝިއާގެ ބޮޑު ވަޒީރު
28 މާރިޗު 2017

ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ

28 މާރިޗު 2017
 ދުނިޔޭގައި ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުން މަނާކުރުމަކީ "ހަގީތަކަށް" ވާނެ ކަމެއް ނޫން: ނިކީ ހޭލީ
08 މާރިޗު 2017

އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި

08 މާރިޗު 2017
އުތުރު ކޮރެއާ އިން މިސައިލް ޓެސްޓްކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން ހުއްޓާލަން ޗައިނާ އިން ހުށަހަޅައިފި
07 މާރިޗު 2017

އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި

07 މާރިޗު 2017
އަފްޣާނިސްތާނުން ޕާކިސްތާނަށް ވަދެވެން އޮންނަ ދެ މަގު ވަގުތީގޮތުން ހުޅުވާލައިފި
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް