Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
މަންޑޭލާ ފައުންޑޭޝަން

މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ޖަލްސާއަށް އޮބާމާއަށް އެރުވި ދައުވަތު ގެންދިއުމަށް ގޮވާލައިިފި

ދައުވަތު އަނބުރާ ގެންދިއުމަކަށް ނުވިސްނާ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 26 ޖޫން 2018 | އަންގާރަ 08:54
ނެލްސަން މަންޑޭލާގެ ޖަނާޒާގައި ރައީސް ބަރަކް އޮބާމާ ތަގުރީރުކުރައްވަނީ

ނެލްސަން މަންޑޭލާގެ ޖަނާޒާގައި ރައީސް ބަރަކް އޮބާމާ ތަގުރީރުކުރައްވަނީ

އަންނަ މަހު ބާއްވާ ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ހަފްލާގައި ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ތަގުރީރުކުރެއްވުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ދައުވަތު އަރުވާފައިވާތީ އެކަމާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރަން ފަށައިފިއެވެ.

ކޭގް އެފްރިކާ އެޑްވޮކަސީ ގްރޫޕުން ބުނީ އޮބާމާގެ ވެރިކަމުގެ އަށް އަހަރުގެ ތެރޭގައި އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯން ހަމަލާ ތަކާ އެކު އެފްރިކާގައި ހިންގި އަސްކަރީ އޮޕަރޭޝަން ފުޅާކުރުމަކީ ރައީސް އަދި އަސްކަރިއްޔާގެ ވެރިޔާގެ ހައިސިއްޔަތުން ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަންކަން ކަމަށެވެ.

އެ ޖަމާއަތުން މި މަހުގެ ކުރީކޮޅު އާއްމުކޮށްފައިވާ ސިޓީގައި ވަނީ "މި މީހާއަށް" އެ ޕްލެޓްފޯމް ދިނުން ވެގެންދާނީ ނެލްސަން މަންޑޭލާ އެ ކަންކަމަކާ ދެކޮޅަށް ތެދުވެ ވަޑައިގެންނެވި ކަންކަމަށް އާބަސްބުން ކަމަށެވެ.

ނަސްލީ އިމްތިޔާޒްތަކާއި ދެކޮޅަށް މަސައްކަތްކުރެއްވި ޝަޚްސިއްޔަތުގެ އުފަން ގައުމުގައި ބާއްވާ، ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ އަހަރީ ލެކްޗަރ ތާވަލުކުރެވިފައި ވަނީ ޖުލައި މަހުގެ 17 އަށެވެ.

ގާތް ގަނޑަކަށް 9،000 އެއްހާ މީހުން ހާޒިރުވާ މި ބައްދަލުވުމުގައި ރައީސް އޮބާމާ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި އޮތީ މަންޑޭލާގެ ލެގަސީ އާކުރުމާއި ބަދަލުވަމުންދާ ދުނިޔޭގައި ހަރަކާތްތެރި ރައްވެހިކަން ކުރިއެރުވުމުގެ މައްޗަށެވެ.

ކޭޖް އެފްރިކާގެ ތަރުޖަމާނު ކަރެން ޖަޔެސް އަލްޖަޒީރާގައި ބުނެފައި ވަނީ ދައުވަތު އަނބުރާ ނުގެންގޮސްފިނަމަ އެ ޖަމާއަތަކީވެސް މަންޑޭލާގެ ލެގެސީ ބަދަލުކުރުމަށް އުޅޭ ޖަމާއަތެއް ކަމަށް ކުރާ ތުހުމަތަށް އިތުރު ބާރު ލިބިގެންދާނެކަމަށެވެ.

ކޭޖް އެފްރިކާގެ ކަންބޮޑުވުންތަކާ ގުޅިގެން ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ ދައުވަތު އަނބުރާ ގެންދަން ނިންމާފައިވާ ކަމެއް ނުވަތަ ނޫންކަން އެ ޖަމާއަތުން ހާމަކޮށްފައި ނުވި ނަމަވެސް އެ ޖަމާއަތުން ބުނެފައި ވަނީ އެ ކަންބޮޑުވުންތަކާ މެދު އެ ޖަމައާތުން ސީރިއަސް ގޮތެއްގައި ވިސްނަމުންދާ ކަމަށެވެ.

ނެލްސަން މަންޑޭލާ ފައުންޑޭޝަންގެ ތަރުޖަމާނު ލުންގާ ނެނޭ ވިދާޅުވީ އެ ހަފްލާގައި ތަގުރީރު ކުރެއްވުމަށް އޮބާމާ ހޮވުނީ މަންޑޭލާ އުފަންވެ ވަޑައިގެންނެވިތާ 100 އަހަރު ފުރުން 2018 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްސަ ކަމެއްގެ ގޮތުގައި ކަމަށެވެ.

ނެނޭ ވިދާޅުވީ އޮބާމާއަކީ ކުރީގެ ރައީސް އަދި ދެކުނު އެފްރިކާގައި ނަސްލީ އިމްތިޔާޒާއި ދެކޮޅަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލައްވާފައިވާ މަންޑޭލާ ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެއްކަމަށެވެ.

އެމެރިކާގެ ރައީސްކަމުގެ މަގާމަށް 2009 ވަނަ އަހަރު އޮބާމާ ވަޑައިގެންނެވިއިރު އެ މަނިކުފާނަކީ އެމެރިކާގެ ރައީސްކަމަށް ވަޑައިގެންނެވި ކަޅު ނަސްލުގެ ފުރަތަމަ ރައީސްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
މަންޑޭލާ ވެރިކަން ކުރެއްވި އޭއެންސީ އަށް 30 އަހަރު ފަހުން އިންތިޚާބުގައި މެޖޯރިޓީ ގެއްލިއްޖެ

މަންޑޭލާ ވެރިކަން ކުރެއްވި އޭއެންސީ އަށް 30 އަހަރު ފަހުން އިންތިޚާބުގައި މެޖޯރިޓީ ގެއްލިއްޖެ

03 ޖޫން 2024
އުތުރު ކޮރެެއާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕުޓިން ކިމްއަށް ތަހުނިޔާ ވިދާޅުވެއްޖެ

އުތުރު ކޮރެެއާގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕުޓިން ކިމްއަށް ތަހުނިޔާ ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2023
މަންޑޭލާގެ ދަރިކަނބަލުން ޒިންޒީ އަވަހާރަވެއްޖެ

މަންޑޭލާގެ ދަރިކަނބަލުން ޒިންޒީ އަވަހާރަވެއްޖެ

14 ޖުލައި 2020
މާދަމާ އަކީ ނެލްސަން މަންޑޭލާގެ ދުވަސް

މާދަމާ އަކީ ނެލްސަން މަންޑޭލާގެ ދުވަސް

17 ޖުލައި 2018

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު