ކ. މާލެ
|
26 ޖޫން 2018 | އަންގާރަ 08:17
މަލޭ ސިޓީ ޕާކު
މަލޭ ސިޓީ ޕާކު
ފާތިމަތު ޝަނާ މުހައްމަދު
މާލޭ ސިޓީ ޕާކު
ތިން ވަނަ ފަހަރަށް މާލޭ ސިޓީ ޕާކު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ
ސިޓީ ޕާކުގައި ލެޑް ލައިޓް ބަގީޗާއެއް ތަރައްގީކުރެވުނު
އެތަން އެއްކޮށް ވަނީ ވީރާނާވެގެން ގޮސްފައި
މީގެ ކުރިން މެއި މަހު އަދި އޭޕްރީލް މަހު ވެސް އިއުލާނު ކުރި

މިއަހަރު ތެރޭ ތިން ވަނަ ފަހަރަށް މާލޭ ސިޓީ ޕާކު ތަރައްގީ ކޮށް ބަލަހައްޓާނެ ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

 ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 01 ވާ އާދިއްތަ ދުވަހުގެ މެންދރު 01:00 އަށް އެ މިނިސްޓްރީއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށް އެދޭ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖުލައި 01 ވަނަ ދުވަހުން ފެށިގެން ޖުލައި 08  ވަނަ ދުވަހުގެ ނިޔަލަށެވެ.

މީގެ ކުރިން ހައުސިންގ މިނިސްޓްރީން ސިޓީ ޕާކު ތަރައްގީ ކުރުމަށް އިއުލާނުކޮށްފައިވަނީ މިދިޔަ މެއި މަހު އެވެ. އެހެން ނަމަވެސް އަނެއްކާވެސް އިއުލާނު ކުރަންޖެހުނީ މިނިސްޓްރީން އޭރު ކުރި އިއުލާނުގައި ހުރި ބައެއް މައުލޫމާތުތަކަށް ބަދަލު ގެނައުމަށެވެ.

އަދި އޭގެ ކުރިން މިދިޔަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ވެސް ހައުސިންގ މިނިސްޓްރީން ވަނީ މާލޭ ސިޓީ ޕާކު ތަރައްގީ ކުރުމަށް ހުޅުވާލާފަ އެވެ. އެހެން ނަމަވެސް އެކަށީގެންވާ ވަރަށް ތަރުހީބު ނުލިބުމުގެ ސަބަބުން އެ އިއުލާނު ވަނީ ބާތިލްކޮށްފަ އެވެ.

މިފާއިތުވެދިޔަ އަހަރުތަކުގައި އެކި ގޮތްގޮތަށް ސިޓީ ޕާކު ތަރައްގީ ކުރެވުނު އިރު އެންމެ ފަހުން އެތަން ވަނީ ހުޅުދާން ބަގީޗާ ނުވަތަ ލެޑް ލައިޓް ގާރޑްންގެ ގޮތުގައި ތަރައްގީ ކޮށްފައެވެ.

މިނިވަން 50 އަށް ސަރުކާރުން މާލޭތެރެ ޒީނަތްތެރި ކުރުމަށް ކުރި ބޮޑު ހަރަދުގެ ތެރެއިން ސަލްޓަން ޕާކުގައި ލެޑް ލައިޓް ބަގީޗާ ތަރައްގީ ކުރުމަށް ހަވާލު ކުރީ މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއާއެވެ. އެ ޕާކުގައި ގާތްގަނޑަށް 72 ލެޑް ލައިޓް ގަސް ބެހެއްޓިއެވެ. އެހެން ނަމަވެސް އެހެން ކޮންސެޕްޓަކަށް ސަލްޓަން ޕާކު ތަރައްގީ ކުރުމަށްޓަކައި ލެޑް ލައިޓް ގަސްތައް އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކަށް ބަދަލު ކުރިއެވެ. އެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ނަމަވެސް އޭގެ ފަހުން ދެ އަހަރުވުމާ ގާތްވެފައި ވާއިރު ސިޓީ ޕާކުގައި ބެހެއްޓިފައި ހުރި ލެޑް ލައިޓް ގަސްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.

ސިޓީ ޕާކުގައި ޖަހާފައި ހުރި ލެޑް ލައިޓް ގަސްތަކާއި ޕްލާސްޓިކް ޖަނަވާރުތައް ހަލާކުވެ، އެތަން ވަނީ ތަރުތީބު ގެއްލިފައެވެ. މުޅި ސަރަހައްދުގައި ވަނީ ތަފާތު އެކި ބާވަތްތަކުގެ ކުންޏެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް